Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާއަށް އަނިޔާވުން

އަނިޔާގެ ސަބަބުން ނޭމާއަށް ލައިޕްޒީގާ ދެކޮޅަށް ނުކުޅެވޭނެ

19 އޮކްޓޯބަރު 2021 | އަންގާރަ 14:50

މާސޭއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓުވާނެކަމުގެ އުއްމީދު އެބައޮތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޮކްޓޯބަރު 2021 | އަންގާރަ 14:50
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ނޭމާ

އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ލައިޕްޒީގާ ދެކޮޅަށް ކުޅޭ މެޗުގައި ބްރެޒިލުގެ ތަރި ނޭމާއަށް ނުކުޅެވޭނެ ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ނޭމާގެ އުކުޅުވަޅަށް އަނިޔާވީ ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ހުކުރު ދުވަހުގެ ފަތިހު އުރުގުއޭ އަތުން 4-1 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވި މެޗުގައެވެ. އޭގެ ފަހުން ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ އެންޖާސް އަތުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވި މެޗުގައި ނޭމާ ކުޅެފައެއް ނުވެއެވެ. އެކަމަކު އޭނާ އަންނަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޗެމްޕިއަންސް ލީގުގައި ލައިޕްޒީގާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮޗެޓީނޯ ބުނީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުގައި އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނޭމާއަށް ނުކުޅެވޭނެ ކަމަށެވެ. އެކަމަކު ނޭމާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އެގޮތުން އަންނަ އާދީއްތަ ދުވަހުގެރޭ ލީގުގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓުވާނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ބުންޏެވެ.

ނޭމާއަށް އަނިޔާވިއިރު، މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން ހަތް މެޗުން ނޭމާ ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އެކަމަކު އޭނާ އަންނަނީ ބްރެޒިލާއެކު ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިން މެޗުތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އެ ޓީމުގެ އެއްބަސްވުން އާކޮށްފައެވެ. އެގޮތުން ޕީއެސްޖީގެ އެއްބަސްވުން އިތުރު ތިން އަހަރަށް ނޭމާ އާކުރުމާއެކު، އޭނާގެ އެއްބަސްވުން ދެން ހަމަވާނީ 2025 ވަަނަ އަހަރުގެ ޖޫން މަހުއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ޕީއެސްޖީ ހިމެނޭއިރު، މި މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުން ވަނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕީއެސްޖީއާއި ދެވަނައިގައި އޮތް ބްރޫޖަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ތާވަލުގެ ފުލުގައި ލައިޕްޒީގް އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބިއެވެ.

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން ލައިޕްޒީގާ ދެކޮޅަށް ނުކުންނައިރު، މި މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް