Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ޕޯޓެއް ތަރައްގީކުރުން

ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫ ޕޯޓު އަޕްގްރޭޑުކުރުމަށް 200 މިލިއަން ޚަރަދުވާނެ: ޝާހިދު

18 އޮކްޓޯބަރު 2021 | ހޯމަ 08:40

ދެ ޕޯޓުގެ ވެސް ޑިޒައިން މަސައްކަތް ވަނީ ނިމިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 އޮކްޓޯބަރު 2021 | ހޯމަ 08:40
އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީ

އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީ

ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ ޕޯޓު ތަރައްގީކުރުމަށް 200 މިލިއަން ރުފިޔާ ވަރު ޚަރަދުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެމްޑީ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ޕޯޓާއި، އައްޑު ސިޓީ ހިތަދޫ ޕޯޓުގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުޅުދުއްފުށީ ޕޯޓުގެ ބަނދަރަކީ ޖާގައިގެ ގޮތުން ދަތި ތަނެއް ކަމަށާއި، އެތަނަށް ވަދެވެނީ ވަރަށް ކުދި ބޯޓުތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ބަނދަރަށް އަންނަ ބޮޑެތި ބޯޓުތަކުން މުދާ އުފުލަން ޖެހެނީ ތަންކޮޅެއް ބޭރުގައި ބާއްވައިގެން ދޯންޏަކަށް ނޫނީ ބާޖަަކަށް ބާލައިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ކުޅުދުއްފުށި ޕޯޓު ތަރައްގީކުރުމަށް މިހާރު ރަވާފައިވަނީ ތަންކޮޅެއް ފުން ކީވޯލެއް ލިބޭ ގޮތަށް، ކީވޯލް ބޭރަށް ދިގުކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ހިތަދޫ ޕޯޓު މިހާރު ހެދިފައި އިން ގޮތުން އެ ޕޯޓުގެ ކީވޯލް އިންނަނީ ގަމު ކަނޑާއި ވިލިނގިލި ކަނޑާ ދިމާ މެދަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހަލުވާ ކަމަށާއި، ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިތަދޫ ޕޯޓުގެ މާސްޓަރ ޕްލޭން ވެސް މިކަމުގެ މާހިރުންނާއެކު މަޝްވަރާކޮށްގެން ޑިޒައިން ކޮށްފައިވާ ކަމަށާއި، މި ޕޯޓު ޑިޒައިންކޮށްފައިވަނީ ޕޯޓުގެ އެތެރެއަށް ވަދެވޭގޮތަށް ރައްކާތެރި ބަނދަރެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ. މިކަމުގެ ޑީޓެއިލް ޑިޒައިން ވެސް އެމްޓީސީސީއާއެކު ހަދަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ދެ ޕޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓުގެ އަޕްގްރޭޑިން މަސައްކަތަށް ކޮންމެ ޕޯޓަކަށް 100 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މުޅިއެކު މި ދެޕޯޓަށް 200 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށި ޕޯޓާއި، އައްޑޫ ހިތަދޫ ޕޯޓަކީ ބޭރުގެ ބައެއް ބޯޓުތަކުން ވެސް މުދަލާއެކު ޖައްސާ ޕޯޓުތަކެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް