Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

މިއަހަރު ފަތުރުވެރިން ގެނައުމަށް އަމާޒުހިފި އަދަދުގެ 90 އިންސައްތަ ހާސިލްކުރެވިއްޖެ

18 އޮކްޓޯބަރު 2021 | ހޯމަ 03:35

ފަތުރުވެރިކަމުގެ ސިނާއަތުގެ 93 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 އޮކްޓޯބަރު 2021 | ހޯމަ 03:35
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު

ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓު

މިއަހަރު ނިމުމުގެ ކުރިން ފަތުރުވެރިން ގެނައުމަށް އަމާޒުހިފި އަދަދުގެ 90 އިންސައްތަ ހާސިލްކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 923،000ން މައްޗަށް ގޮސްފައިވާކަމަށެވެ. މިއާއެކު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނަންނަ އަމާޒު ހިފާފައިވާ އެއް މިލިއަން ފަތުރުވެރިންގެ ތެރެއިން 90 އިންސައްތަ ހާސިލްކުރެވިފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެ ހިމެނިފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި އެންމެ ފުރަތަމަ ފަތުރުވެރިކަން ފަށައިގަތް ގައުމުތަކުގެ ތެރޭގައެވެ. ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 93 އިންސައްތަ މުވައްޒަފުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްފައެވެ. އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން މިހާރު ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި ގައުމެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ. އެގޮތުން އިޓަލީ އަދި ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ވަނީ އުނިކޮށްފައެވެ. ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 19 ގައެވެ. އަދި އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރީ ސެޕްޓެމްބަރު މަހުގެ 29 ގައެވެ.

މިއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޓޫރިޒަމް އަޕްޑޭޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 923،146ށް އަރާފައެވެ. މީގެ ތެރެއިން އިންޑިއާ މާކެޓުން 211،062 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ރަޝިއާއިން 177،321 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޖަރުމަނުން 60،463 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ.

އޯގަސްޓު މަސް ވެފައިވަނީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަށެވެ. އެއީ 143،599 ފަތުރުވެރިންނެވެ. މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. އެއީ 114،896 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާޗް މަހުއެވެ. މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 101،818 ފަތުރުވެރިންނެވެ.

މިއަހަރު ނިމުމުގެ ކުރިން އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައިވާއިރު، 2020 ވަނަ އަހަރު ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަނެ، އެ އަހަރު 555،494 ފަތުރުވެރިން ރާއްޖެ ގެނެސްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ޚިދުމަތަށް އިތުރު އެނދުތައް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި ހޯމް ސްޓޭ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށާއި، މީގެ ސަބަބުން އަތޮޅުތެރެއަށް އިތުރު ކުރިއެރުންތަކާއި، ފައިދާތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް

07 ނޮވެމްބަރު 2017
މިއަހަރުގެ މާލީ އެސެޓް ފަސް ބިލިއަން ރުފިޔާ ދަށަށް
02 އޮކްޓޯބަރު 2017

ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!

02 އޮކްޓޯބަރު 2017
ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!
24 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

24 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް