Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެއްކާބެހޭ ބިލް

މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް އޮތް، ހެއްކާ ބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ބިލަށް އެއްވެސް ޚިޔާލެއް ހުށަހަޅުމަށް އޮތްނަމަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޮކްޓޯބަރު 2021 | އާދީއްތަ 16:46
ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން

ނޫސްވެރިން ކުރިޔަށް ގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން

މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މިބިލް ދިރާސާކުރަމުން ގެންދަނީ ޖުޑީޝަރީ ކޮމިޓީންނެވެ. ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލިކަން ހާމަކުރަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ, ބިލަށް އެއްވެސް ޚިޔާލެއް ހުށަހަޅުމަށް އޮތްނަމަ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެއިދާރާއަށް ހުށަހެޅުމަށެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް އަދި ލިޔުމުންވެސް ޚިޔާލު ހުށަހެޅޭނެކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މި ބިލު ގާނޫނަކަށް ވެގެން އަންނައިރު, ކޯޓުުތަކާއި ޓްރައިބިއުނަލްތައް އަދި ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ތަންތަނަށް ހެކީގެ ބާވަތްތައް ކަނޑައެޅުމުގައި ފަސޭހަތަކެއް ވެގެންދާނެއެވެ. އިންސާފުން ޝަރީއަތް ކޮށްދިނުމުގެ މައިގަނޑު އަސާސް ކަމުގައިވާ (ހެކި ހުށަހެޅުމަށްޓަކައި) ހެއްކާ ބެހޭ ގާނޫނީ އޮނިގަނޑެއްް އެކުލަވާލުމަކީ މި ބިލުގެ މަގްސަދެކެވެ.

މިހާރު ރާއްޖެއިން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ އުސޫލުތަކާއި، މިހާރު ތަންފީޒު ކުރަމުންދާ ގާނޫނުތައް މި ބިލާއެކު އުވިގެންދާނެއެވެ.

ބިލުގައިވާ ގޮތުން ހެކި ހުށަހެޅުމަށްޓަކައި، މައިގަނޑު ތިން ބައެއް އޮވެއެވެ. އެގޮތުން ހެކީގެ ވަސީލަތަށް ބަލައި ހެކި ބައިކުރެވިދާނެއެވެ. ދަރަޖައަށް ބަލައި ހެކި ބައިކުރުމާއި، ހެކީގެ ގުޅުމަށް ބަލައި ހެކި ބައިކުރެވިދާނެ ގޮތުގެ ތަފްސީލް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލު ހުށަހެޅުމާއެކު އެންމެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ ބިލުގައި އޮތް މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާއަށެވެ. ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ، މައްސަލައެއްގެ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައިއޮތް އާންމު މަސްލަހަތު ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށެވެ.

މިއީ ނޫސްވެރިކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި މޯލްޑިވްސް މީޑިޔާ ކައުންސިލުންވެސް ވަނީ ފާހަގަކޮށްފައެވެ. މަސްދަރު ހާމަކުރަން ޖެހޭ މައްސަލައާ ގުޅިގެން, އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖައާކޮށް، އެ ބިލަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިންނާއެކު ކުރެވޭ މުއާމަލާތަށް ލިބިދޭ އިމްތިޔާޒުގެ ދާއިރާ ކަނޑައަޅާފައިވާއިރު، މައުލޫމާތެއްގެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލެއް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމާއެކު، މިނިވަން ދީމިގުރާތީ މުޖުތަމައުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ.

އެހެންނަމަވެސް، ހެއްކާބެހޭ ބިލުގައި ހިމެނޭ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖައާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުހަލާގައި ކުރިއަށްގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު