Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއާސިއާން ސަމިޓް

މިޔަންމާގެ މިލިޓަރީ ސަރުކާރުގެ ލީޑަރަށް އާސިއާން ސަމިޓަށް ދައުވަތެއް ނުދިން

މިޔަންމާގެ ހަމަނުޖެހުން ހުއްޓުވުމަށް 5 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް ހަދާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޮކްޓޯބަރު 2021 | އާދީއްތަ 04:57
32 ވަނަ އާސިއާން ސަމިޓް - މި ސަމިޓަށް މިޔަންމާއިން ދައުވަތު ދިނީ ސިޔާސީ ނޫން މަންދޫބަކަށް

32 ވަނަ އާސިއާން ސަމިޓް - މި ސަމިޓަށް މިޔަންމާއިން ދައުވަތު ދިނީ ސިޔާސީ ނޫން މަންދޫބަކަށް

މި މަހު އޮންނަ އާސިއާންގެ ގައުމުތަކުގެ ސަމިޓަށް މިޔަންމާގެ އަސްކަރީ ސަރުކާރުގެ ލީޑަރަށް ދައުވަތު ނުދޭން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުގައި ބުނެފައިވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލައި މިޔަންމާގެ ކޮންޓްރޯލް ނަގާފައިވާ އަސްކަރީ ސަރުކާރުގެ ލީޑަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުން އެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ މިޔަންމާގެ ސިޔާސީ ނޫން ފަރާތަކަށް ކަމަށެވެ. މިޔަންމާގެ ވެރިކަން އަސްކަރިއްޔާއިން ފުރޮޅާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އާސިއާންގެ ގައުމުތަކުގެ ހާރިޖީ ވަޒީރުން މިގޮތަށް ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓަރ ހޮނިހިރު ދުވަހު ވިދާޅުވީ ސަމިޓުން މިޔަންމާގެ އަސްކަރީ ސަރުކާރުގެ ޗީފް ސީނިއަރ ޖެނެރަލް މިން އައުންގ ލެއިން ބޭރުކުރުމަކީ އުނދަގޫ ނަމަވެސް އާސިއާންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ފޮރިން މިނިސްޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސް ނުކުތާގެ މައްޗަށް އެކުލަވާލާފައިވާ ޕްލޭން އެންމެ ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށާއި، ބަޣާވާތާ ގުޅިގެން މިޔަންމާގައި އުފެދިފައިވާ ހަމަނުޖެހުން ނިމުމަށް ގެނައުމަށް މިއީ މުހިންމު މަސައްކަތެއް ކަމަށެވެ.

އާސިއާންގެ މިހާރުގެ ޗެއަރ ބުރުނާއީން ބުނެފައިވަނީ މިޔަންމާއިން ސިޔާސީ ނޫން މަންދޫބެއް ވަޑައިގެންނެވުމަށް ދައުވަތުއެރުއްވޭނެ ކަމަށެވެ. ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26ން 28 އަށެވެ. ނަމަވެސް މިޔަންމާއިން ގެންނާނީ ކޮން މަންދޫބެއް ކަމެއް އާސިއާނަކުން ހާމައެއް ނުކުރެއެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
25 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

25 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން ސީރިޔާ ސަރުކާރުގެ އެޖެންސީއަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު