Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދުނިޔޭގެ މުބާރާތަށް ދީމާ ކޮލިފައިވުން

ދުނިޔޭގެ ޔޫތު މުބާރާތުން ޖާގަ ހޯދައި ދީމާ ތާރީޚުގެ ތެރެއަށް

15 އަހަރުން ދަށުގެ ބައިގެ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 12:56
ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕުން ފުރުސަތު ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިއަކަށް ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ވެއްޖެއެވެ.

މި އަހަރުގެ ވޯލްޑް ޔޫތު ޗެމްޕިއަންޝިޕް އޮންނާނީ ޑިސެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ޕޯޗުގަލުގައެވެ. އެ މުބާރާތުން ކުޅުންތެރިންނަށް ފުރުސަތު ލިބެނީ ދުނިޔޭގެ ރޭންކިންއަށް ބެލުމަށްފަހުއެވެ. އެގޮތުން އެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީއަށް ކޮލިފައިވި 24 ކުޅުންތެރިންގެ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަނައިގައެވެ.

އުމުރުން 13 އަހަރުގެ ދީމާގެ މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހޮނިހިރު ދުވަހު ދީމާއަށް މަރުހަބާ ކިޔާފައެވެ. އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީމާ ތާރީޚުގެ ތެރެއިން ދީމާ ފުރުސަތު ހޯދިއިރު، ރާއްޖެ ފަޚުރުވެރިވާ ކާމިޔާބެއް ދީމާ ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދުނިޔޭގެ ޔޫތު މުބާރާތުން ދީމާ ފުރުސަތު ހޯދިއިރު، ދާދި ފަހުން އޭނާ ވަނީ އައިޓީޓީއެފްއިން އިންތިޒާމުކޮށްގެން އޮމާނުގެ ވެރިރަށް މަސްކެޓުގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ރަނގަޅު ތަޖުރިބާއެއް ހޯދައިފިއެވެ. އެގޮތުން އެ މުބާރާތުގައި ދީމާ ވަނީ ދެ އުމުރުފުރާއެއްގައި ވާދަކޮށްފައެވެ. އެއީ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ބައިގައެވެ.

އޭގެ ތެރެއިން 15 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. ކުއާޓާއިން ދީމާ ފުރުސަތު ހޯދީ ހުކުރު ދުވަހު ކުޅުނު މެޗުތަކުން ޕާކިސްތާންގެ ހޫރު ފަވާދާއި އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ ބަލިކުރުމަށްފަހުއެވެ. އެގޮތުން ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-8، 11-4 އަދި 11-9 އިންނެވެ. އަދި ދެވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-8 އަދި 11-5 އިންނެވެ.

އެކަމަކު ހުކުރު ދުވަހު ކުޅުނު ކުއާޓާގެ މެޗުން އީރާނުގެ ޔެކްތާ އަބީދިއާންއާ ވާދަކޮށް ދީމާ ވަނީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ޔެކްތާ ގެންދިޔައީ 11-8، 11-7 އިންނެވެ. އެކަމަކު 11-13 އިން ދީމާ ތިންވަނަ ސެޓު ގެންދިޔަ ނަމަވެސް، ފަހު ސެޓު ޔެކްތާ ކާމިޔާބުކުރީ 11-4 އިންނެވެ.

މީގެ އިތުރުން މި މުބާރާތުގެ 17 އަހަރުން ދަށުގެ ބައިގައިވެސް ދީމާ ވާދަކުރިއިރު، އެ އުމުރުފުރާގައި ކުޅުނު ތިން މެޗުންވެސް ދީމާ ވަނީ ބަލިވެފައެވެ. 17 އަހަރުން ދަށުގެ ބައިގައި ދީމާ ވާދަކޮށްފައިވަނީ އީރާނުގެ ޔެކްތާގެ އިތުރުން އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ އަނަރްޔަގަޔާ މަންޖުނަތާއި ސަޔާލީ ރާޖޭޝް ވާނީއާއެވެ.

ވޯލްޑް ރޭންކިންގެ ކުރީގައި ހިފަހައްޓަން މަސައްކަތްކުރުމުގެ ގޮތުން ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސް މުބާރާތްތަކުގައި ދީމާ ވާދަކުރިއިރު، މި މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ދުނިޔޭގެ ރޭންކިންގައި ދީމާ އޮތީ 15 އަހަރުން ދަށުގެ ރޭންކިން ތާވަލުގެ 20 ވަނައިގައެވެ. އެކަމަކު މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އަދި ދުނިޔޭގެ ރޭންކިންގެ 17 އަހަރުން ދަށުގެ ބައިގައި މި ވަގުތު 77 ވަނައިގައި ދީމާ އޮތްއިރު، އޭޕްރީލް މަހު ދީމާ ވަނީ އެ އުމުރުފުރާގެ ރޭންކިންގެ 41 ވަނަ މަގާމު ހޯދާފައެވެ.

އޮމާނުގައި ކުރިއަށްދިޔަ މުބާރާތުގައި ދީމާ ވާދަކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ދީމާ ވަނީ ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އަދި އޭގެ ފަހުން ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރަން އޮތް ނަމަވެސް، ވިސާގެ ކަންކަން ހަމަނުޖެހުމުން އެ މުބާރާތުގައި ދީމާ ވާދަކޮށްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު