Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީގެ ޔޫތު ސީރީސް މުބާރާތް

އޮމާން މުބާރާތުން ދީމާއަށް ރަނގަޅު ތަޖުރިބާއެއް

16 އޮކްޓޯބަރު 2021 | ހޮނިހިރު 07:34

17 އަހަރުން ދަށުގެ ބައިގައި ކުޅުނު ތިން މެޗުން ދީމާ ބަލިވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އޮކްޓޯބަރު 2021 | ހޮނިހިރު 07:34
ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުން ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ރަނގަޅު ތަޖުރިބާއެއް ހޯދައިފިއެވެ.

އުމުރުން 13 އަހަރުގެ ދީމާ ވަނީ މި މުބާރާތުގެ ދެ އުމުރުފުރާއެއްގައި ވާދަކޮށްފައެވެ. އެއީ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ބައިގައެވެ.

އޭގެ ތެރެއިން 15 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. ކުއާޓާއިން ދީމާ ފުރުސަތު ހޯދީ ހުކުރު ދުވަހު ކުޅުނު މެޗުތަކުން ޕާކިސްތާންގެ ހޫރު ފަވާދާއި އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ ބަލިކުރުމަށްފަހުއެވެ. އެގޮތުން ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-8، 11-4 އަދި 11-9 އިންނެވެ. އަދި ދެވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-8 އަދި 11-5 އިންނެވެ.

އެކަމަކު ހުކުރު ދުވަހު ކުޅުނު ކުއާޓާގެ މެޗުން އީރާނުގެ ޔެކްތާ އަބީދިއާންއާ ވާދަކޮށް ދީމާ ވަނީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ޔެކްތާ ގެންދިޔައީ 11-8، 11-7 އިންނެވެ. އެކަމަކު 11-13 އިން ދީމާ ތިންވަނަ ސެޓު ގެންދިޔަ ނަމަވެސް، ފަހު ސެޓު ޔެކްތާ ކާމިޔާބުކުރީ 11-4 އިންނެވެ.

މީގެ އިތުރުން މި މުބާރާތުގެ 17 އަހަރުން ދަށުގެ ބައިގައިވެސް ދީމާ ވާދަކުރިއިރު، އެ އުމުރުފުރާގައި ކުޅުނު ތިން މެޗުންވެސް ދީމާ ވަނީ ބަލިވެފައެވެ. 17 އަހަރުން ދަށުގެ ބައިގައި ދީމާ ވާދަކޮށްފައިވަނީ އީރާނުގެ ޔެކްތާގެ އިތުރުން އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ އަނަރްޔަގަޔާ މަންޖުނަތާއި ސަޔާލީ ރާޖޭޝް ވާނީއާއެވެ.

ވޯލްޑް ރޭންކިންގެ ކުރީގައި ހިފަހައްޓަން މަސައްކަތްކުރުމުގެ ގޮތުން ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސް މުބާރާތްތަކުގައި ދީމާ ވާދަކުރަމުން އަންނައިރު، ދުނިޔޭގެ ރޭންކިންގައި މި ވަގުތުގެ ދީމާ އޮތީ 15 އަހަރުން ދަށުގެ ރޭންކިން ތާވަލުގެ 20 ވަނައިގައެވެ. އެކަމަކު މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އަދި ދުނިޔޭގެ ރޭންކިންގެ 17 އަހަރުން ދަށުގެ ބައިގައި މި ވަގުތު 77 ވަނައިގައި ދީމާ އޮތްއިރު، އޭޕްރީލް މަހު ދީމާ ވަނީ އެ އުމުރުފުރާގެ ރޭންކިންގެ 41 ވަނަ މަގާމު ހޯދާފައެވެ.

އޮމާނުގައި ކުރިއަށްދިޔަ މުބާރާތުގައި ދީމާ ވާދަކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ދީމާ ވަނީ ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އަދި އޭގެ ފަހުން ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރަން އޮތް ނަމަވެސް، ވިސާގެ ކަންކަން ހަމަނުޖެހުމުން އެ މުބާރާތުގައި ދީމާ ވާދަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް