Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިންސީ ގޯނާގެ ހާދިސާއެއް

ބައްޕަގެ ގާތް އެކުވެރިޔާ ކުރީ ޖިންސީ އަނިޔާ، އަދިވެސް އެވޭނުގައި!

މިހާދިސާ ހިނގީ 2018 ވަނަ އަހަރުގެ ތެރޭގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2021 | އަންގާރަ 14:46
އިއްޔެވީ ކަމެއްހެން އަދިވެސް އެހަނދާންތައް އެބަހުރި ކަމަށް ޝީބާ ބުނެފައިވޭ

އިއްޔެވީ ކަމެއްހެން އަދިވެސް އެހަނދާންތައް އެބަހުރި ކަމަށް ޝީބާ ބުނެފައިވޭ

އޭލަވެލް އިމްތިހާން ނިންމުމާއެކު ބޯހަމަޖައްސާލަން މާލެއިން ބޭރަށް ދާން ބޭނުންވިއެވެ. ޗުއްޓީއަށް ކޮންމެވެސް ރަށަކަށް ދާ ވާހަކަ މަންމަމެން އޭރު ވެސް ދިޔައީ ދައްކަމުންނެވެ. ނަމަވެސް ޝީބާ (އަސްލު ނަމެއް) ދާން ބޭނުންވީ ބައްޕަ މަސައްކަތް ކުރަން ހުއްނަ ރިސޯޓަށެވެ. އެއީ ބައްޕައާ ދުރުގައި ދިރިއުޅެން ޖެހުމާއެކު ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވީ ބައްޕައާއެކު ކަމަށްވާތީއެވެ. އެގޮތުން ބައްޕައާ މަޝްވަރާ ކުރުމަށްފަހު 2018 ވަނަ އަހަރުގެ ތެރޭގައި އެރިސޯޓަށް ޝީބާ ދިޔައެވެ.

ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔައިރު އެތަނުގެ މުއައްޒަފުން ވެސް ޝީބާއަށް ވަރަށް ރަނގަޅެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެރިސޯޓުގެ ފްރޮންޓް އޮފީހުގައި މަސައްކަތް ކުރަން ބޭނުންވިއެވެ. އެގޮތުން އެރިސޯޓުގައި މަސައްކަތް ކުރާ ދެ އަންހެން މުއައްޒަފުންނާއެކު ޝީބާ ވެސް ފްރޮންޓް އޮފީހުގައި މަސައްކަތް ފެށިއެވެ.

އެހިސާބުން ރިސޯޓުގެ ގިނަ މުއައްޒަފުންނަކީ ޝީބާގެ ގާތް ބަޔަކަށް ވެއްޖެއެވެ. ފްލަރޓް ކުރުމުގެ ގޮތުން ބުނާ ބަސްތައް ޝީބާ މާބޮޑު ކަމަކަށް ނުހަދައެވެ. އެއްރެއެއްގެ ވަގުތެވެ. އޮފް ވަގުތެއް ނަމަވެސް ރިސޯޓަށް ފަތުރުވެރިންތަކެއް އަންނާތީ ކޮޓަރިތަކުގެ ފައިނަލް ޗެކަޕް ހެދުމަށް ޝީބާއަށް ދާން ޖެހުނެއެވެ. އެމަސައްކަތުގައި ޝީބާ އުޅެނިކޮށް ކުއްލިއަކަށް ޝީބާގެ ބައްޕަގެ ގާތް އެކުވެރިއެއް ކަމަށްވާ އަފްރާޙް ދޮރުލައްޕައި, ތަންޑު އެޅުވިއެވެ. އެވަގުތު ވާން މިއުޅެނީ ކީއްކަމެއް ޝީބާ އަކަށް ނޭނގެއެވެ. ހުއްޓުން އަރާފައި އޭނާ ލއަށް ހުރެވުނީއެވެ. އެވަގުތުގެ ނާޖާއިޒު ފައިދާ ނަގަން އަފްރާޙް މަސައްކަތް ކުރިއެވެ. ޝީބާގެ ހަށިގަނޑަށް އަތްގަދަ ކުރަން މަސައްކަތްކުރި ނަމަވެސް ޝިކަރާ ނުކުރެވެނީސް އެވަކިތަކުން ޝީބާ ސަލާމަތްވިއެވެ. އަތުގައި ދަތް އެޅުމަށްފަހު ކޮޓަރީގެ ފަހަތުގައި ހުރި ކުޑަދޮރަކުން ފުންމާލައިގެން ޝީބާ ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ޝީބާ ކިޔައިދިން ގޮތުގައި އެރޭގެ ހާދިސާ ހަނދާން ނައްތާލަން މަސައްކަތް ކުރިއެވެ. އެއީ ނުވާ ކަމަކަށް ހެދުމަށްފަހުއެވެ. ފަހުން އަފްރާޙް ވެސް އެކަމާ މަޢާފަށް އެދުމުން އެވާހަކަތައް ބައްޕަ ގާތު ނުބުނަން އޭނާ ނިންމިއެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހުރިހާ ހަނދާނެއް އައުވަމުން ދިޔައެވެ. އަފްރާޙް ފެނުނަސް އޭނާ އުނދަގޫތައް ވަމުންދިޔައެވެ. އެންމެފަހުން ޝީބާ ނީންމީ ރިސޯޓުގެ މަސައްކަތް ދޫކޮށްލާފައި މަންމަމެން ގާތަށް މާލެ އަންނާށެވެ.

ރިސޯޓުގެ ވަޒީފާ ދޫކޮށްލުމަށްފަހު ޝީބާ މާލެއަށް އައެވެ. ފުރަތަމަ ދުވަސްކޮޅު އެއްވެސް އުނދަގުލަކާ ނުލައި ދިރިއުޅުނު ނަމަވެސް އެރޭގެ ބިރުވެރިކަން އޭނާގެ ހިތަކުން ނުފިލައެވެ. އެއްދުވަހަކު ޝީބާއަށް ފެނިގެންދިޔައީ އޭނާގެ ކޮއްކޮ ޝީމާއާއެކު އަފްރާޙް ހުއްޓައެވެ. އެހެންކަމުން އިތުރަށް ޝީބާއަށް އުނދަގޫވާން ފެށިއެވެ. ބައްޕަގެ ގާތް އެކުވެރިއަކަށްވުމުން ގެއަށްވެސް އައިސް ހަދަނީއެވެ. މިހިސާބަށް ކަންތައްތައް ދިޔައިރުގައި ޝީބާ ހުރީ މިކަންކަން ސިއްރުކޮށްގެންނެވެ.

އުދަނގޫތައް ބޮޑުވަމުން ގޮސް ޝީބާއަށް ނިދަން އުދަނގޫވިއެވެ. އާންމު ދިރިއުޅުމުގައި ވެސް އަފްރާޙްއާ ވައްތަރު މީހެއް ފެނުނަސް އޭނާ ހުއްޓުން އަރައެވެ. ހަޅޭއްލަވައި, ގައިގައި ވަކިއެޅި ހެދެއެވެ. މިއުނދަގުތަކާއެކު މިއީ ޖިންނި ޝައިތޯނުންގެ ކަމެއް ކަމަށް ޝީބާގެ މައިންބަފައިން ނިންމިއެވެ. އެގޮތުން ރުޤްޔާ ކުރާ 3 މީހަކު ގެއަށް ގެނައެވެ. އެމީހުން ޝީބާއަށް ފަރުވާ ދޭން ފެށީ ކޮޓަރީގައި ބަންދުކޮށްގެންނެވެ. ރޭގަނޑު ނުނިދި ގަޔަށް ފެންއަޅައަޅާ ޝީބާއަށް ހުންނަން ޖެހުނެވެ. ކަންތައް ދިމާވި ގޮތުން އެއީ އިސްލާމީ ރުޤްޔާކުރާ ބައެއް ނޫންކަން ޝީބާގެ މަންމަމެންނަށް އެނގި އެކަން ހުއްޓުވިއެވެ. ނަމަވެސް އެއީ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

މިހިސާބަށް ކަންތައް ދިޔައިރު ޝީބާ ހުރީ ވަރަށް ބޮޑަށް ނަފްސާނީގޮތުން ބަލިކަށި ވެފައެވެ. ބޭރަށް ދާން ބިރުގަނެއެވެ. ފެން ފެނުނީމައި ބިރުގަނެވެ. މީހުންނާއި ކުރިމަތިލައި ވާހަކަ ދައްކަން ބިރުގަނެވެ. ނަމަވެސް ޝީބާގެ މައިންބަފައިން އުންމީދު ކަނޑައެއްނުލައެވެ. ނަފްސާނީ ޑޮކްޓަރަށް ދައްކައި ބޭސް ދޭން ފެށިއެވެ. މަޑުމަޑުން ބޭރު ތެރެއަށް ވެސް ނުކުންނަން ފެށިއެވެ. ގަވާއިދުން ތެރަޕީ ވެސް ނަގަން ފެށިއެވެ.

ގާތްގަނޑަކަށް އަހަރު ދުވަސް ފަހުން މިހާރު ޝީބާ ވަޒީފާއަށް ދާން ފަށައިފިއެވެ. މީހުންނާއި ކުރިމަތިލައި ވާހަކަ ދައްކަން ފަށައިފިއެވެ. ހުނަރުވެރި މޮޅު ޒުވާނެއް ނަމަވެސް އަދިވެސް އެ އުނދަގޫތައް މަދުން ނަމަވެސް ކުރިމަތިވެއެވެ. ޑިއުޓީ ގަޑީގައި އުދަނގޫވެ މީހާ ހުއްޓުން އަރައިގެން އަދިވެސް ގެއަށް ދާން ޖެހޭ ފަހަރު ނުވަތަ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ދާން ޖެހޭ ފަހަރު އާދެއެވެ.

ޝީބާއަށް ފަރުވާ ދިން ސައިކޮލޮޖިސްޓް ރާއްޖެއެމްވީއަށް ވިދާޅުވީ ނަފްސާނީ ގޮތުން ޝީބާއަށް އެހައި ބޮޑަށް އަސަރުކޮށްފައިވަނީ އެވާހަކަތައް އެއްވެސް މީހަކާ ހިއްސާނުކޮށް ސިއްރުކުރުމުގެ ސަބަބުން ކަމަށެވެ. މިފަދަ ކަމެއް ހިނގާނަމަ ނުވަތަ ހިނގައިފިނަމަ ކޮންމެވެސް މީހަކާ ހިއްސާކުރުމަށް އޭނާ ވަނީ އެދިފައެވެ.

މިއީ އެންމެ ޒުވާނަކަށް ދިމާވި ހާދިސާއެކެވެ. މިފަދަ އެތައް ހާދިސާއެއް މިކުޑަ މުޖުތަމައުގެ ތެރޭގައި ހިނގަމުންދާއިރު، މިފަދަ ކަންކަން ސިއްރު ކުރުމަކީ ވެސް އަމިއްލަ ހަށިގަނޑަކަށް ދެވޭ އަނިޔާއެކެވެ. އެހެންކަމުން އަނިޔާގެ ވާހަކަ ދައްކަން އެބަޖެހެއެވެ. އަނިޔާގެ ވާހަކަ ދައްކައިގެން ވެސް އަނިޔާ ދިން މީހާއަށް އެކަމުގެ އަދަބު ދޭން ޖެހެއެވެ.

ޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024
ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

22 ޖުލައި 2024
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

16 މެއި 2024
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

12 ޑިސެމްބަރު 2022
ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

07 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު