Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝައުކަތުގެ ބޮލަށް ވަޒަން އެރި ހާދިސާ

ބައްޕަގެ އޮތީ އެންމެ އެދުމެއް، ދަރިފުޅުގެ ބޮލަށް ވަޒަންއެރި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްދީ!

ނިއްކުރިއަށް އެރި ވަޒަން ހުރީ ފަހަތުން ނުކުމެފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2021 | ހޮނިހިރު 17:55
ޝައުކަތުގެ ބޮލަށް ވަޒަން އަރައި ނިޔާވި ހާދިސާއަށް 10 އަހަރު ވަނީ

ޝައުކަތުގެ ބޮލަށް ވަޒަން އަރައި ނިޔާވި ހާދިސާއަށް 10 އަހަރު ވަނީ

ދިވެހި ސިފައިންގެ ތެރެއިން ޒުވާނެއްގެ ބޮލަށް ވަޒަން އަރައި ނިޔާވި ޚަބަރާއެކު ގައުމު ސިއްސުވާލީ 2011 އޮގަސްޓް 28ވަނަ ދުވަހުގެ ހެނދުނު 11:15 ހާއިރުއެވެ. އެ ދުވަސްވަރަކީ, އެއަހަރުގެ ނޮވެމްބަރުގައި ރާއްޖޭގައި ސާރކް ސަމިޓް ބޭއްވުމަށް ތަމްރީނުތައް ހަދަމުން ދިޔަ ދުވަސްވަރެވެ. މުޅި ގައުމު އެކަމަށް ތައްޔާރުވަމުން ދިޔައިރު, ސިފައިންނާއި ފުލުހުންގެ ތަމްރީނުތައްވެސް އެކި ކަންކޮޅުތަކުގައި ދިޔައީ ކުރިއަށެވެ.

ލ ކައްދޫގައި ތަމްރީނުތައް ފުރިހަމަ ކުރަމުން ދިޔަ ސިފައިންގެ ތެރޭގައި ރ. އަލިފުށީ ޝަބާނާ، އިބްރާހިމް ޝައުކަތުވެސް ހިމެނުނެވެ. ޝައުކަތު އެވަގުތު ދިޔައީ, ކައްދޫގައި ބޮޑީގާޑް ޓްރެއިނިން ހަދަމުންނެވެ. އާދައިގެ މަތިން ތަމްރީނުތައް ފުރިހަމަ ކުރަމުން ދިޔަ ދުވަހެކެވެ. އެދުވަހުގެ ތަމްރީނުތަކުގައި ހިމެނުނު ލައިވް ފަޔަރިން ނިންމުމަށްފަހު ޕްރެކްޓިސް ސެޝަނަށް ހުރިހާ އެންމެ ތައްޔާރުވީ, ބަޑީގައި ހުރި ވަޒަންތައް ނެގުމަށްފަހުއެވެ. ޕްރެކްޓިސް ސެޝަނަށް މައިދާނަށް ނުކުތް އިރުވެސް އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ދުވަހެއްކަމަށް އެއްވެސް އޮފިސަރެއްގެ ހިތަށްވެސް ގެނެވިފައި ނެތެވެ.

އެ ސެޝަނަކީ ވަޒަނަކާ ނުލައި ކުރިއަށްގެންދާ ޕާރޓްނަރ ސެޝަނެކެވެ. އެކަކު އަނެކެއްގެ ކުރިމަތީގައި ހުރެގެން ޕްރެކްޓިސް ފެށިއިރު, ޝައުކަތުގެ ކުރިމަތީގައި ހުރި އޮފިސަރުގެ ބަޑީގައި ވަޒަނެއް އޮތްކަން ޚުދު އެ އޮފިސަރަކަށްވެސް ނޭމގެއެވެ. ސެޝަން ފެށި ޝައުކަތުގެ ބޮލަށް ވަޒަން އެރުމާއެކު މުޅި މައިދާން ހަމަހިމޭންވިއެވެ. ޝައުކަތުގެ މުޅި ހަށިގަނޑު ލެއިން ފޯވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލަ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ނިތްކުރިއަށް އެރި ވަޒަން ހުރީ ފަހަތުން ނުކުމެފައެވެ. އެހެންކަމުން ޝައުކަތުގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

ޝައުކަތުގެ ހަށިގަނޑު މާލެ ގެނައި "ރެހެންދި" ހެލިކޮޕްޓަރުގައެވެ. އެއަށްފަހު އޭނާގެ އުފަން ރަށަށް ގެންގޮސް ރަސްމީ އިއްޒަތުގައި އަލިފުށީގައި ވަޅުލިއެވެ.

ހާދިސަ ހިނގަން މެދުވެރި ސަބަބު މިހާތަނަށް އެނގިފައި ނެތްނަމަވެސް ހާދިސާ ހިނގުމާއެކު ޚާއްސަ ތަހުގީގު ޓީމެއް ވަގުތުން ކައްދޫއަށް ގޮސް ތަހުގީގުތައް ފެށިއެވެ. އެހެންނަމަވެސް މިހާތަނަށް އެހާދިސާގެ ތަހުގީގު ރިޕޯޓު އާއިލާއާވެސް ހިއްސާ ކޮށްފައި ނެތެވެ.

ޝައުކަތު ނިޔާވުމާއެކު އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު, ޝައުކަތުގެ ބައްޕަ, އަހުމަދު ވަހީދަށް ގުޅުއްވިއެވެ. އަދި އާއިލާއިން ބޭނުވަނީ ކޮންކަމެއްތޯ ސުވާލު ކުރެއްވިއެވެ. ޘައުކަތުގެ ބައްޕަ ވިދާޅުވީ, ބޭނުންވަނީ, އެ ހާދިސާ ހިނގައި ދިޔަ ގޮތް ރަނގަޅަށް ތަހުގީގު ކުރުމަށްފަހު ތަހުގީގުު ރިޕޯޓު ކަމަށާއި, ޝައުކަތުގެ ހަށިގަނޑު އޭނާގެ އުފަން ރަށް ކަމަށްވާ އަލިފުއްޓަށް ގެންގޮސް ދެއްވުމަށް ކަމަަށެވެ.

\އެކަން ކޮށްދެއްވާނެކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވައުދުވެވަޑައިގެންނެވި ކަމަށް ޝައުކަތުގެ ބައްޕަ ވިދާޅުވިއެވެ. އެހެންނަމަވެސް ޝައުކަތުގެ ބައްފަ ވިދާޅުވީ, މިއަދާ ހަމައަށްވެސް އެ ރިޕޯޓު ލިބިފައި ނެތް ކަމަށެވެ. އެހެންނަވެސް އޭރު އެދިވަޑައިގެންނެވި ގޮތަށް ޝައުކަތުގެ ހަށިގަނޑު އަލިފުއްޓަށް ގެންގޮސް ދެއްވި ކަމަށެވެ.

އެ ބައްޕަގެ މިހާރުވެސް އޮތީ އެންމެ އެދުމެކެވެ. އެއީ, އެ ރިޕޯޓު ލިބުމެވެ. ދަރިފުޅު މި ދުނިޔެއާ ވަކިވެގެން ދިޔަ ގޮތް ސާފުކޮށް އެނގުން އެއީ ބައްޕަގެ އެދުމެވެ. ޝައުކަތު ނިޔާވިއިރު 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހުއްޓެވެ. ޝައުކަތުގެ ބައްޕަ ވިދާޅުވީ, އެ ދަރިފުޅުގެ ބައްޕަ ނިޔާވިގޮތާ ބެހޭ ގޮތުން ސުވާލުކުރާ ދުވަހަކު އެ ރިޕޯޓު އޮތުމުން ސުވާލުތަކަށްވެސް ޖަވާބު ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"

ރޮހިންޖާ ކުޑަ ފިރިހެއް ކުއްޖެއްގެ ވާހަަކަ:" އެންމެ ދެރަވަނީ ބައްޕަގެ ހަބަރެއް ނުވާތީ"

10 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު