Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީގެ ޔޫތު ސީރީސް މުބާރާތް

ދީމާ އޮމާން މުބާރާތުގެ ކުއާޓާއަށް

15 އޮކްޓޯބަރު 2021 | ހުކުރު 11:20

ދުނިޔޭގެ ރޭންކިންގައި ދީމާ އޮތީ 15 އަހަރުން ދަށުގެ 20 ވަނައިގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އޮކްޓޯބަރު 2021 | ހުކުރު 11:20
ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެ ބައިގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ފުރުސަތު ހޯދައިފިއެވެ.

ކުއާޓާއިން ދީމާ ފުރުސަތު ހޯދީ ހުކުރު ދުވަހު ކުޅުނު މެޗުތަކުން ޕާކިސްތާންގެ ހޫރު ފަވާދާއި އުޒްބެކިސްތާންގެ ދިޔޯރާ ޓޮޝްޕުލާޓޯ ބަލިކުރުމަށްފަހުއެވެ. އެގޮތުން ފުރަތަމަ މެޗުގައި ހޫރުގެ މައްޗަށް ދީމާ ކުރިހޯދީ 11-8، 11-4 އަދި 11-9 އިންނެވެ. އަދި ދެވަނަ މެޗުގައި ދިޔޯރާ އަތުން ދިމާ މޮޅުވީ 12-10، 11-8 އަދި 11-5 އިންނެވެ.

އެއާއެކު ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލުގައި ދީމާ ވާދަކުރަން ޖެހޭނީ ގަދަ 16 ގައި އީރާނުގެ ޔެކްތާ އަބީދިއާން އާއި އުޒްބެކިސްތާންގެ އާސެލް އަރެކްބައޭވާ ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށެވެ.

ވޯލްޑް ރޭންކިންގެ ކުރީގައި ހިފަހައްޓަން މަސައްކަތްކުރުމުގެ ގޮތުން ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސް މުބާރާތްތަކުގައި ދީމާ ވާދަކުރަމުން އަންނައިރު، ދުނިޔޭގެ ރޭންކިންގައި މި ވަގުތުގެ ދީމާ އޮތީ 15 އަހަރުން ދަށުގެ ރޭންކިން ތާވަލުގެ 20 ވަނައިގައެވެ. އެކަމަކު މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އޮމާނުގައި ކުރިއަށްދާ މުބާރާތުގައި ދީމާ ވާދަކުރަމުން އަންނައިރު، މިދިޔަ ސެޕްޓެމްބަރު މަހު ދީމާ ވަނީ ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައިވެސް ވާދަކޮށްފައެވެ. އަދި އޭގެ ފަހުން ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރަން އޮތް ނަމަވެސް، ވިސާގެ ކަންކަން ހަމަނުޖެހުމުން އެ މުބާރާތުގައި ދީމާ ވާދަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
12 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

12 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް