Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ނުރައްކާތެރި ކުށްތަކުގެ ފަހަތުގައި ބިދޭސީ ގޭންގުތައް!؟

ބޮޑެތި ކުށްތަކުގެ ފަހަތުގައި ބިދޭސީން ގިނަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2020 | ހޮނިހިރު 14:06
ރެގިއުލަޒައިލޭޝަން ޕްރޮގްރާމްގައި ރަޖިސްޓަރީ ވުމަށް ގަލޮޅު ދަނޑަށްގޮސްތިބި ބިދޭސީން

ރެގިއުލަޒައިލޭޝަން ޕްރޮގްރާމްގައި ރަޖިސްޓަރީ ވުމަށް ގަލޮޅު ދަނޑަށްގޮސްތިބި ބިދޭސީން

ދިވެހިން މިހާރު ކުރިމަތިލާންޖެހިފައިވަނީ ގާބޫލުކުރަން ދަތި އަދި ހަޖަމް ކުރަންވެސް ދަތި ހަގީގަތްތަކާއެވެ. އޭގެ ތެރެއިން އެއް ހަގީގަތަކީ މިގައުމުގައި ގަވައިދާ ޙިލާފަށް އުޅޭ ބިދޭސީންގެ ވާހަކައެވެ. އެކި ދުވަސްވަރު ރާއްޖޭގައި ވެރިކަންކުރި ސަރުކާރުތަކާއި ކަމާއި ބެހޭ އިދާރާތަކުން އިހުމާލުވެފައިވާ މިންވަރު ހާމަވަނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު އެ އިދާރާތަކަށްވެސް އޮޅޭތީއެވެ. އެއްބަޔަކު އެއީ 60000 މީހުންނޭ ބުނާއިރު އަނެއްބަޔަކު ބުނަނީ އެ އަދަދު ލައްކައަކަށް ވުރެ އިތުރު ކަމަށެވެ. މީގެ ތެރޭގައިވެސް ގިނައީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންކަން ހިތާމަޔާއެކު ފާޅުކުރަމެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަ އަދަދު އިނގިއްޖެނަމަ އެކަމާއި މެދު ހައިރާންވާނޭ ބުނާހާވެސް ގިނައެވެ. މި ހަގީގަތަކީ ދިވެހިން މިއަދު ގަބޫލުކުރާ ކަމެކެވެ. ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ ޢަދަދު މިނެކިރަންވެސް ނޭނގި ތިއްބާ، އެވެރިން ވަނީ ގައުމަށް އެތެރެވެ ގައުމުގައި ހަމަޖެހިލާފައެވެ.

ބިދޭސީންގެ ވާހަކަ އަޅުގަނޑު ދައްކަން މިޖެހުނީ ކުރީ ދުވަހެއްގައި އޮފީސް ކައިރީ ހުއްޓިލައިގެން ހުއްޓާ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ދެ ބިދޭސީއެއް ދޭތެރޭ ހިނގި ހަމަނުޖެހުމެއްގައި ކުއްލިއަކަށް ފެނުނީ ވަޅިއެއް ހަރާލި މަންޒަރެވެ. މިއީ ރޯމާ ދުވާލެ އެތައް ބަޔެއްގެ ކުރިމަތީގައި ހިނގި ކަމެކެވެ.

އޮންނަ އުސޫލުން އެކަމެއް ބެލުމަށްފަހު އެ މީހާވެސް ޑީޕޯޓް ކުރެވިދާނެއެވެ. ޖެހިލުމެއްނެތި މިފަދަ ކުށްތަކުގައި ބިދޭސީން ޝާމިލްވާ މިންވަރު އިންތިހާއަށް އިތުރުވަމުންދާއިރު މީގެއިން މަންޒަރެއް ޅަ ދަރީންނަށް ފެނިއްޖެ ހާލަތެއްގައި އެ ކުއްޖަކަށް ކުރާނެ އަސަރެއް ތަސައްވުރުކޮށްދޭންވެސް ދައްޗެވެ.

އަދުގެ ހަގީގަތަކީ، ރާއްޖޭގައި ހިނގާ ހުރިހާ ޒާތެއްގެ ކުށްތަކުގައިވެސް ބިދޭސީންގެ އަތެއްވާ ކަމެވެ. ވައްކަމެއްގައި ވިޔަސް، މަސްތުވާތަކެތި ވިއްކި ކަމުގައި ވިޔަސް، ވިޔަފާރި އުސޫލުން ހިންގާ މަސްތުވާތަކެތީގެ އައްޑާތަކަށް ބެލިޔަސް، ހަށިވިއްކުމުގެ ވިޔަފާރީގައިވެސް އިސްކޮށް އުޅޭ ފަރާތްތަކުގެ ތެރޭގައި ބިދޭސީން ހިމެނެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކާއި ކްރިމިނަލް ކޯޓުގެ ރެކޯޑްތައް ބަލާލުމުން އެނގެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ހިނގި ހާދިސާއަކަށް އަލިއަޅުވާލާނަމެވެ. ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ. އެތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިންހާސް ދުއިސައްތަ) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނާއިރު، މިއީ އެންމެ ހާދިސާއެއްގެ ވާހަކައެވެ. މިކަހަލަ އެތައް މައްސަލައެއްގައި ބިދޭސީން ޝާމިލްވާ މިންވަރު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުންވެސް ބިދޭސީ ގޭންގްތަކުގެ މެދުގައި ހިނގާ ހަމަނުޖެހުމުގައި ދަނގަޑުބުރި ފަދަތަކެތި ބޭނުންކުރާ މަންޒަރުވެސް ފެނެއެވެ. ނޫސްތަކުގެ ފަލަސުރުހީތަކަށް. ބިދޭސީންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިގެން ޒަހަމްވެގެން އުޅޭ ހަބަރު ދޭތެރެ ދޭތެރެއިން އަރައެވެ. ކިތަންމެ ވަރަކަށް މި ވާހަކަ ދެއްކިއަސް އަމަލީ ގޮތުން ކަމާއި ބެހޭ އިދާރާތަކުން މިފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތް ނުކުރާހާ ހިނދަކު ކުރެވޭނެކަމެއް ނޯންނާނެއެވެ. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ތިބޭ ފަރާތްތަކުން މި މައްސަލަތައް ހުއްޓުވަން ނޫޅޭހާ ހިނދަކު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތެވެ.

ހިތާމައާއިއެކު ފާހަގަކޮށްލަން އޮތީ ރައްޔިތުންނަށް މަގުތަކުގައި އުޅުމުގައި މިހާރު ރައްކާތެރިކަމެއް ނެތްކަމެވެ. މިކަމުގައި ޒިންމާ ނަގާނެ ފަރާތަކީ ކޮބައިކަން އަޅުގަނޑަށްވެސް ބުނާކަށް ނޭނގެއެވެ. ފުލުހުންގެ މިވެރިން ހައްޔަރު ކޮށްފައި އެންމެ ބޮޑު އަދަބަކަށް ޑީޕޯޓް ކޮށްލަނީއެވެ. އެވެރިންނަށްވެސް އެކަން އެނގެއެވެ. ބިރަކާ ނުލާ އުޅިނީވެސް އެހެންވެގެން ކަމުގައި ވެދާނެއެވެ. މިއީ ހައްލު ނުކުރެވިއްޖެނަމަ އިންތިހާއަށް ބޮއްސުން ލައިގެން ދާނެ ކަމެއް ކަމުގައި ޝައްކެއްވެސް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަގުމައްޗަށް ކުޅު ޖަހަނީ ބިދޭސީން އެކަނިތަ؟

މަގުމައްޗަށް ކުޅު ޖަހަނީ ބިދޭސީން އެކަނިތަ؟

17 މެއި 2019
ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

11 މެއި 2019
ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަންފާ ބިދޭސީންނަށް!!

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މަންފާ ބިދޭސީންނަށް!!

09 ޖެނުއަރީ 2019
ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟

ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟

22 ޑިސެމްބަރު 2018
ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ

ބިދޭސީންނާ މެދު އަމަލުކުރާ ގޮތް، މުއައްސަސާތަކުން ޒިންމާ ނަގަން ޖެހޭ

04 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު