Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮތީތަ؟

މައްސަލަ މަޖިލިހަށް ވެއްދުމުގެ ގޮތުން ސޮއި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2020 | ބުދަ 15:09
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރެމުންދާ ކޮވިޑް-19 މިވަނީ މުޅި ދުނިޔެވެސް "ހުއްޓުމަކަށް" ގެނެސްފައެވެ. މި ވައިރަސްގެ އަސަރު ހަމައެކަނި ކުރަނީ ވައިރަސް ޖެހޭ މީހާ ނުވަތަ ވައިރަސް ފެންނަ ޤައުމަކަށް އެކަންޏެއް ނޫނެވެ. ކޮވިޑް-19 ގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ދުނިޔޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުންދާއިރު، އޭގެ ތެރެއިން އެއް ކަމަކީ އިޤްތިސާދީ ގޮތުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރެވެ. އެގޮތުން ކޮވިޑް-19 އަކީ 1930 ގައި ދުނިޔެ ދުއް އިޤްތިސާދީ "ބޮޑު ޑިޕްރެޝަން" އަށް ފަހު އަންނަ އެންމެ ބޮޑު އިޤްތިސާދީ ކާރިސާއަށް ވެދާނެ ކަމަށް މިހާރު މިވަނީ ބެލެވިފައެވެ. މިފަދަ ދަނޑިވަޅެއްގައި ދިވެހި ރާއްޖެވެސް މިވަނީ އިޤްތިސާދީ ގޮތުން ބޮޑު އަނދަވަޅެއްގެ ތެރޭގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ރައްޔިތުންވެސް ދަނީ ގާތުން ބަލައި ފާރަވެރި ވަމުންނެވެ. ބިނާކުރަނިވި ގޮތުގައި ފާޑުކިޔަމުންނެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ނުހިނގާކަމަށް ބުނެ، ބައެއް މުއައްސަސާތަކުގެ ވެރިން މަޤާމުންވެސް ދުރުކޮށްފައިވެއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން މިއަދު އިވިގެން ދިޔަ އެއް ޚަބަރަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ގޮތުން ސޮއި ހޯދުމުގެ މަސައްކަތް ފެށި ޚަބަރެވެ. އެ ހިސާބުން މުޅި މީސްމީޑިއާގައި މިވަނީ އެ ވާހަކަ ގުގުމާލާފައެވެ. މިނިސްޓަރ ފައްޔާޒުގެ ދިފާއުގައި ތެދުވި މެމްބަރުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުންވެސް ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ގިނަ މެމްބަރުން ބުނާ ގޮތުގައި މިނިސްޓަރ ފައްޔާޒުގެ ހިންގެވުމުގެ ދަށުން މި ވޭތުވެދިޔަ ދޮޅު އަހަރަކީ އިޤްތިސާދީ ގޮތުން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަކަށް އަލިއަޅުވާލެވުނު އަހަރެކެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުން ފާއިތުވި ހުރިހާ ސަރުކާރެއްގައިވެސް އަޅާނުލެވި ދޫކޮށްލެވިފައިވާ މައްސަލައެއް ކަމަށްވާ ބިދޭސީންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްލެވެއެވެ. އެގޮތުން ބިދޭސީންނަށް ޚާއްސަކޮށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށައި، ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމް ހުޅުވާލިއިރު ގަލޮޅު ދަނޑު ފުރިގެން ދިޔަ މަންޒަރު ފެނުމުން އޭރު ބިދޭސީންގެ މައްސަލަ ޤައުމުގައި ބޮޑުވެފައި އޮތް މިންވަރު ހާމަވެގެން ދިޔަކަމަށް ގިނަ ބަޔަކު ބުނެއެވެ. އެތައް ދުވަހެއްވީ އެ މައްސަލައަށް ޙައްލު ހޯދުމުގެ އަމަލީ މަސައްކަތުގެ ފެށުމަކީ އެއީކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ.

އޭގެ އިތުރުން، މިހާރުވެސް 4000ށް ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާއިރު، ޤައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކާއި ގުޅިގެން އެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި މި އަހަރު ނިމެންވާއިރަށް، ލިޔެކިޔުމެއްނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ފޮނުވާލުމުގެ އަމާޒުގައި މަސައްކަތްތައް ވަނީ މެކުހަށް ޖަހާލާފައެވެ. ވީއިރު މިފަދަ ދަނޑިވަޅެއްގައި މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވިޔަފާރިވެރިންނަށް ހުރި ދަތިތައް ނައްތާލައި، މިނިވަންކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ޤާއިމްކުރުމަށްވެސް މިނިސްޓަރ ފައްޔާޒުގެ ހިންގެވުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން މީސްމީޑިއާގައި ޙިޔާލު ފާޅު ކުރަމުންދާ ފަރާތްތައް ދަނީ ބުނަމުންނެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އެސްއެމްއީ ބޭންކެއް ހަދާ، އެ ބޭންކު މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ލިބޭނެ ފުރުޞަތުތައް ފަހިކޮށްދިނުން އެއީ މިހާރުވެސް ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ އަހަރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، އޭގެ ސަބަބުން އެތައް ބަޔަކަށް ވިޔަފާރީގެ މައިދާނަށް ނުކުތުމުގެ ބިންގާ އެޅިގެން ދިޔައެވެ. އޭގެ ތެރޭގައިވެސް ނޫކަށިފުރައިގެ ޒުވާނުން ގިނަކަން ފާހަގަކޮށްލެވެއެވެ. ވީއިރު ވިޔަފާރިތައް ކޮޅަށް ޖެހުމުގައި މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކަށްވެސް ތައުރީފު ކުރާ މީހުން މަދެއް ނޫނެވެ. އެންމެންވެސް މި ދަނޑިވަޅުގައި ސާފު ކުރަން ބޭނުންވާ ކަމަކީ މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުން ދަނީ ސީދާ ކޮން މައްސަލައަކަށް އަމާޒުކޮށްގެންބާއެވެ؟

އޭގެ އިތުރުންވެސް ގުޅީފަޅު ޕްރޮޖެކްޓާއި، ވިޔަފާރިވެރިންގެ މައި ބަނދަރުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް މިނިސްޓަރ ފައްޔާޒުގެ މޭސްތިރިކަމުގެ ދަށުން މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ހަރަދުގެ ނިސްބަތުން ބަލާއިރު، ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ޤާބިލިއްޔަތުކަން ހުރިކަމަށް ރާއްޖޭގެ އިޤްތިސާދުގެ ހާލަތު ދިރާސާކުރާ ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ފެނިފައިވަނީ މިނިސްޓްރީގެ މަސައްކަތްތައް ބަލައިގަނެފައިވާ ކަމެވެ.

ދެން އޮތީ ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙަށް މިނިސްޓަރ ފައްޔާޒުގެ މައްޗަށް އިތުބާރު އޮތްތޯ ނުވަތަ ނޫންތޯ ބެލުމެވެ. އެގޮތުން ބަލާއިރު، މިނިސްޓަރ ފައްޔާޒަކީ މި ސަރުކާރު ގެނައުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ފާއިތުވި ސަރުކާރުން ހިންގާފައިވާ ޖަރީމާތަކަށް އެންމެ ކުރިން ފަށައިގެންވެސް ފާޑު ވިދާޅުވަމުން އައި ބޭފުޅެކެވެ. މިއަދާ ހަމައަށްވެސް އެ ގޮތުގައި ދެމި ހުންނެވިއިރު، ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ، ނޫ އިޤްތިސާދުގެ ސިޔާސަތު ތަންފީޒު ކުރައްވާނެ ކަމުގެ ޔަޤީންކަމާއެކު ގެންދަވަނީ މަސައްކަތްތައް ކުރައްވަމުންނެވެ.

ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލިހަށް ވައްދަން ބޭނުންވަނީ 10 މެމްބަރުންގެ ސޮޔެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވަނީ މަޖިލިހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުން ނުވަތަ 43 ވޯޓެވެ. އެހެންކަމުން މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ފާސްކުރެވޭނީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓާ އެކުއެވެ.

ދެން އުފެދިގެންދާ ސުވާލަކީ ހަޤީޤަތުގައި މި ދިމާވެގެން އުޅޭ މައްސަލައަކީ ކޮބައިބާއެވެ؟ މިނިސްޓަރަށް އިތުބާރު ނެތްކަމުގެ މައްސަލަ ކުއްލިއަކަށް ފެންމަތިވި ސަބަބަކީ ކޮބައިތޯއެވެ؟ މިކަމުގެ ފަހަތުގައި ސަރުކާރާއި މަޖިލީހުގެ ސިޔާސީ ކޯޅުމެއް ނުވަތަ ދެބަސްވުމެއް އޮތީބާއެވެ؟ ރައްޔިތުން ތިބީ ޖަވާބެއްގެ އިންތިޒާރުގައި މަންޒަރު ބަލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު