Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުތީ 41 އިންސައްތަ މީހުން

މިއީ އިރާގުގައި އޮތް ސަރުކާރު އެމެރިކާ ސިފައިން އަރާ 2003 ވަނަ އަހަރު ވައްޓާލިފަހުން އެގައުމުގައި ކުރިޔަށްގެންދިޔަ ފަސް ވަނަ އާންމު އިންތިޚާބު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އޮކްޓޯބަރު 2021 | ހޯމަ 10:06
އިރާގުގައި ކުރިޔަށް ގެންދިޔަ އިންތިޚާބުގައި މީހަކު ވޯޓުލާފައި އިނގިލީގައި ޖަހާފައިވާ ނިޝާން ދައްކާލަނީ

އިރާގުގައި ކުރިޔަށް ގެންދިޔަ އިންތިޚާބުގައި މީހަކު ވޯޓުލާފައި އިނގިލީގައި ޖަހާފައިވާ ނިޝާން ދައްކާލަނީ

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުތީ 41 އިންސައްތަ މީހުންކަމަށް އިރާގުގެ އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މިއީ އިރާގުގައި އޮތް ސަރުކާރު އެމެރިކާ ސިފައިން އަރައި 2003 ވަނަ އަހަރު ވައްޓާލިފަހުން އެގައުމުގައި ކުރިޔަށްގެންދިޔަ ފަސް ވަނަ އާންމު އިންތިޚާބެވެ. އަދި ފާއިތުވި އަހަރުތަކުގައި ކުރިޔަށް ގެންދިޔަ ގާނޫނު ހަދާ މަޖިލީސްތަކުގެ އިންތިޚާބުގައި ވޯޓުލާން އެންމެ މަދުން މީހުން ނިކުތީ ވެސް މިއިންތިޚާބުގައެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.5 އިންސައްތަ މީހުން ވޯޓުލާން ނިކުމެފައިވެއެވެ.

ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހުއެވެ. 11 ގަޑިއިރު ވަންދެން ވޯޓުލުން ކުރިޔަށް ގެންގޮސްފައިވެއެވެ. ނަތީޖާ ހާމަކުރެވޭވަރުވާނީ 48 ގަޑިއިރު ތެރޭގައި ކަމަށް އިންތިޚާބު ކުރިޔަށްދިޔަ ގޮތް މޮނިޓަރ ކުރި މިނިވަން ފަރާތަކުން ވަނީ ބުނެފައެވެ. ނަތީޖާ ހާމަކުރިނަމަވެސް ބޮޑުވަޒީރެއް ކަނޑައެޅުމުގައި ގިނަ ދުވަސްތަކެއް ނަގާނެކަމަށް ބެލެވެއެވެ. ފަހަރުގައި މަސްތަކެއް ވެސް ނަގާފާނެކަމަށް ވަނީ ބެލިވެފައެވެ.

މިހާރުވެސް ވެރިކަންކުރަމުންދާ ޝީއީންނަށް ބޮޑު ތަނުން ކާމިޔާބުލިބޭނެކަމަށް ވަނީ ބެލިފައެވެ. ޝީޢީންގެ ޝެއިޚެއްކަމުގައިވާ މުސްތާގު އަލް ޞަދްރްގެ މޭސްތިރިކަމުގެ ދަށުން ގިނަ ގޮނޑިތަކެއް އެޖަމާއަތުން ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ. ނަމަވެސް މިނަތީޖާއާއެކު އިރާގުގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެން ނުދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މަދު ބަޔަކު ވޯޓުލާން ނިކުތުމާއެކު ދެން އެކުލަވާލާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑިއަށް 167 ޕާޓީއަކުން 3200 ކެންޑިޑޭޓުން ވާދަކުރިއެވެ. މި އިންތިޚާބުގައި އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ޚާދިމީ ވާދައެއް ނުކުރައްވައެވެ.

އިރާގު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު