Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަރީ ފަރަށް އުރުނު ބޯޓު

ބޯޓު ފަރަށް އެރި މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފި

9 އޮކްޓޯބަރު 2021 | ހޮނިހިރު 08:42

ފަރަށް ލިބުނު ގެއްލުމުގެ ސަރވޭއެއް ހަދާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 08:42
ފަރަށް އެރި ޕެނަމާގެ ބޯޓު

ފަރަށް އެރި ޕެނަމާގެ ބޯޓު

ޕެނަމާގެ ބޯޓު ފަރަށް އެރި ހާދިސާ އާއި ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުދީފިއެވެ.

ޕެނަމާއަށް ނިސްބަތްވާ އެމްވީ ނޭވިއަސް އަމަރިލިސް ނަމަކަށް ކިޔާ އާގުބޯޓު ކ. ރަސްފަރީ ހުޅަނގު ފަރާތު ފަރަށް އަރާފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އޮގަސްޓު 29 ވަނަ ދުވަހު ބޯޓު ވަނީ ފުންކުރެވިފައެވެ. އެހެންނަމަވެސް އެ ބޯޓު އަދިވެސް އޮތީ ރާއްޖޭގައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ހާދިސާ ހިނގި ގޮތާއި ގުޅޭގޮތުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ބޯޓު ޖޫރިމަނާކޮށްފައިނުވާކަމަށް ނައީމް ވިދާޅުވިއެވެ.

އޮގަސްޓު 29 ވަނަ ދުވަހު ބޯޓު ފުންކުރެވުނު ހިސާބުން އީޕީއޭއިން ފެށީ ފަރަށް ލިބުނު ގެއްލުން ބެލުމަށް ހަދާ ސަރވޭގެ މަސައްކަތެވެ. އަދި މި ސަރވޭގެ މަސައްކަތް ނިންމާލާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ސަރވޭ ނިމުމާއި ގުޅިގެން އޭރު ނައީމް ވަނީ ސަރވޭ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. ރިޕޯޓު ތައްޔާރުކޮށް ނިމުމުން އެ ބޯޓު ޖޫރިމަނާކުރާނެ އަދަދެއް ކަލްކިއުލޭޓް ކުރާނެ ކަމަށް ނައީމް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް މި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

ނައީމް ވިދާޅުވީ ބޯޓު އުރުމުގެ ތެރެއިންނާއި، ފުން ކުރުމުގެ ތެރެއިން ރަސްފަރި ފަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ސަރވޭއަށް ފާހަގަކުރެވުނު ކަމަށެވެ. ފަރުގެ 1 ހެކްޓަރާ ގާތްކުރާ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް ނައީމް ވިދާޅުވިއެވެ. ބޯޓު ޖޫރިމަނާކުރާނެ އަދަދެއް ކަނޑައަަޅާނީ ފަރަށް ލިބުނު ގެއްލުން ބަލައި، ގަވައިދުގައި އިންނަ ފޯމިއުލާއާ އެއްގޮތަށް ކަމަށް ނައީމް ވިދާޅުވިއެވެ. ބޮޑު އަދަދަކުން ބޯޓު ޖޫރިމަނާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ނައީމް ވިދާޅުވިއެވެ.

ހާދިސާއައި ގުޅިގެން ފަރަށް ލިބުނު ގެއްލުން ބަލައި ނިމިފައިވާތީ ބޯޓު ފުރަން އެދޭނަމަ ފުރޭނެ ކަމަށް ނައީމް ވިދާޅުވިއެވެ. އެހެންނަމަވެސް ޖޫރިމަނާ ކަނޑަނޭޅެނީސް ބޯޓު ފުރަން އެދޭނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮޒިޓެއް ދައްކަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މި ހާދިސާ ހިނގުމުގައި ބޯޓުގެ ކެޕްޓަންގެ ވަރަށް ބޮޑު އިހުމާލެއް އޮތްކަން ފާހަގަކުރެވުނު ކަމަށް މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ޓީމުން ބުނެފައިވެއެވެ. މި ބޯޓަކީ އިންޑިޔާގެ ސޫތުކުޅިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ. އުޅަނދު ފަރަށް އެރުމުން ސަލާމަތްކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަމަށާއި، މިފަދަ މައްސަލައެއް ދިމާވިކަން އަންގާފައިނުވާކަމާއި، އަދި ކެޕްޓަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާފައިވެއެވެ.

އީޕީއޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް