Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޖުރަކުރާ ދޫނި ހިފާ މައްސަލަ

ހިޖުރަކުރާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

9 އޮކްޓޯބަރު 2021 | ހޮނިހިރު 07:07

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 07:07
ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފާނަމަ ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭ އަށް ލިބިގެންވޭ

ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފާނަމަ ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭ އަށް ލިބިގެންވޭ

މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި، ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފައި އެ ދޫނިތަކަށް ގޯނާކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އެންވަޔަރަމެންޓް ޕްރޮޓެކްޝަނަލް އެޖެންސީ (އީޕީއޭ) އިން ދީފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު" ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރު ވަރަށް ގިނަ ފަރާތްތަކުން އެފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެކަމާމެދު ކަންބޮޑުވާ ކަމަށް އީޕީއޭއިން ބުންޏެވެ.

Advertisement - newsAdvertisement

އީޕީއޭ އިން ބުނީ، ފުޓްބޯޅަ ދަނޑުތަކާއި ހާމައަށް ހުންނަ ބިންތަކާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް, ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އެ އެޖެންސީން ވަނީ ނަސޭހަތްތެރިވެފައެވެ.

ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އަންގާ އެންގުންތަކާއި، އެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އީޕީއޭ އިން ވަނީ އެދިފައެެެވެ.

މި މޫސުމުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ދޮންދޫންޏާއި ދޮންދޫނި ލޯފިނދާއި މިބާވަތުގެ ހުރިހާ ދޫނިސޫފާސޫތްޕަކީ ވެސް މަދިރި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއް ކަމަށް އީޕީއޭ އިން ބުންޏެވެ. އެހެންކަމުން މި ދަނޑިވަޅުގައި މި ބާވަތްތަކުގެ ހުރިހާ ސޫތްޕެއް ހިފުމާއި އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ވަނީ އެދިފައެވެ.

އީޕީއޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް