Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަސަންފުޅު ނިޔާވުން

ބައިސްކަލާއި ސައިކަލު ހެދުމަށް ނަން މަޝްހޫރު ހަސަންފުޅު ނިޔާވެއްޖެ

އޭނާ ބައިސްކަލާއި ސައިކަލު މަރަމާތު ކުރުމުގެ މަސައްކަތް ކުރާތާ 40 އަށްވުރެ ގިނަ އަހަރު ވެއްޖެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2021 | ހޮނިހިރު 06:05
ބައިސްކަލާއި ސައިކަލު ހެދުމަށް ނަން މަޝްހޫރު ހަސަން ގާސިމް (ހަސަންފުޅު)

ބައިސްކަލާއި ސައިކަލު ހެދުމަށް ނަން މަޝްހޫރު ހަސަން ގާސިމް (ހަސަންފުޅު)

މާލޭގައި އެންމެ ފުރަތަމަ ބައިސްކަލު ހެދުމުގެ މަސައްކަތް ފެށި ހަސަން ގާސިމް (ހަސަންފުޅު) ނިޔާވެއްޖެއެވެ.

ކ. މާލެ / ވޮންޑަރލޭންޑް ހަސަންފުޅު ނިޔާވީ ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވި އިރު އުމުރަކީ 76 އަހަރެވެ. އޭނާގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

Advertisement - newsAdvertisement

މުޅި މާލެއަށް ނަން މަޝްހޫރު ހަސަންފުޅަކީ މާލޭގައި ބައިސްކަލު މަރާމާތުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށި މީހާއެވެ. އެއީ މީގެ 40 ވަރަކަށް އަހަރު ކުރިންނެވެ. އެއަށްފަހު ސައިކަލު މަރާމާތުކުރުމުގެ މަސައްކަތްވެސް ހަސަންފުޅު ފެށިއެވެ. މިއަދާ ހަމައަށް އައިއިރު ހަސަންފުޅުގެ އަމިއްލަ ގަރާޖެއް މާލެގައި އެބަހުއްޓެވެ.

ހަސަންފުޅު ގަރާޖަށް ޚިދުމަތް ހޯދަންދާ ގިނަ މީހުންނަށް ގިނަ ކަންކަން އޭނާ ކޮށްދެނީ އެމީހުންގެ އަތުން އެއްވެސް އަގެއް ނުނަގައެވެ. އެގޮތުން ފުރޮޅަށް ވައި ޖަހައިދިނުމާއި، ލޯގަނޑު ބަދަލުކޮށްދިނުން ފަދަ ކުދިކުދި ކަންކަމަށް އޭނާ އެއްވެސް އަގެއް ނުނަގައެވެ. އަދި ގަރާޖުން ޚިދުމަތް ދޭއިރު އޭނާ ބަހައްޓާ ގާތްކަމުގެ ސަބަބުން، ހަސަންފުޅު ގަރާޖުން ޚިދުމަތް ހޯދާ ގިނަ މީހުން އިތުރު އެހެން ތަނަކަށް ޚިދުމަތް ހޯދާކަށް ނުދެއެވެ.

ހަސަންފުޅު ނިޔާވި ޚަބަރާއެކު ގިނަ ބަޔަކަށް ވަނީ ފުން ހިތާމައެއް ގެނުވާފައެވެ. ވަކިން ޚާއްސަކޮށް ހަސަންފުޅު ގަރާޖުން ސައިކަލު މަރާމާތު ކުރުމުގެ ޚިދުމަތް ހޯދަމުންދާ ގިނަ ބަޔަކު ވަނީ ހިތާމައެއްގެ ތެރޭގައެވެ.

އަބުޑީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައުގުވެރިކަން ހުންނަނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެކަން އަބުޑީ ދައްކާލައިފި

ޝައުގުވެރިކަން ހުންނަނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެކަން އަބުޑީ ދައްކާލައިފި

10 އޮކްޓޯބަރު 2021
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު