Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮދިން ކުރެހުމުގެ މަސައްކަތް

ޝައުގުވެރިކަން ހުންނަނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެކަން އަބުޑީ ދައްކާލައިފި

އަބުޑީ އަބަދުވެސް އަތްތެރި ކަވި މަސައްކަތްތަކަށް ޝައުގު ހުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2021 | އާދީއްތަ 19:28
އައިމިނަތު ޝިހާނާ އަބޫބަކުރު (އަބުޑީ)

އައިމިނަތު ޝިހާނާ އަބޫބަކުރު (އަބުޑީ)

ލިބޭ ހުސް ވަގުތުތަކުގައި ފޫހި ފިލުވައިލުމަށާއި އާންމު ދިރިއުޅުމުގައި އުޅޭއިރުވެސް އެކި މީހުން ކޮށް އުޅެނީ އެކި މަސައްކަތްތަކެވެ. އެއްބަޔަކު ފިލްމު ބަލައި ނުވަތަ ލަވައެއް އަޑުއަހާލައިގެން ފޫހި ފިލުވައިލައެވެ. އަނެއްބަޔަކު ކަވި މަސައްކަތެއް ކޮށްލައިގެންނެވެ. މިގޮތުން އައިމިނަތު ޝިހާނާ އަބޫބަކުރު އާންމު ނަމުންނަމަ އަބުޑީއަކީ ސްކޫލް ދައުރުން ފެށިގެން މިގޮތަށް ކަވި މަސައްކަތްތައް ކޮށް އުޅުނު މީހެކެވެ. އޭރު އަބުޑީ ކޮށްއުޅުނު މަސައްކަތަކީ ފޮތްތަކުގައި ގަނޑުލާއިރު، އެ ގަނޑުތައް ޖަރީކުރުމާއި، އެކި އެއްޗެހި ބޭނުންކޮށްގެން ތަފާތު އެއްޗެއް އުފެއްދުން ފަދަ ކަންކަމެވެ. އަބުޑީ ބުނި ގޮތުގައި އޭނާ ސްކޫލްގައި އުޅުނު އިރު ސްކޫލުންވެސް މިފަދަ އެކި މަސައްކަތްތައް ދަސްކޮށްދީފައިވެއެވެ.

މިހާރު އޭނާގެ އުމުރުން 46 އަހަރެވެ. އަދިވެސް އުޅެނީ މިފަދަ މަސައްކަތްތަކުގައެވެ. އަބުޑީ ކިޔައިދިން ގޮތުގައި ސްކޫލް ނިމި އާއިލާއެއް ފެށުނު ހިސާބުން އާއިލާއަށް ވަގުތު ދޭން އެ މަސައްކަތްތައް ދުވަސްކޮޅަކަށް މެދުކަނޑާލީއެވެ. ދަރިފުޅަށް 22 އަހަރު ވަންދެން މިފަދަ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، މިހާރު އަނެއްކާވެސް މަސައްކަތް ފަށާފައިވާކަމަށް އަބުޑީ ބުންޏެވެ. "އަބުޑީ މޯލްޑިވްސް" ގެ ނަމުން ނަން ދީ ބްރޭންޑެއްގެ ގޮތުގައި މި މަސައްކަތް ފެށިތާ ހަތަރު އަހަރު މިހާރު ވެފައިވާކަމަށް އަބުޑީ ކިޔައިދިނެވެ.

އަބުޑީ ބުނީ ރަސްމީކޮށް މި މަސައްކަތް ފަށައިގަތް އިރު އެންމެ ފުރަތަމަ ކުރީ ކަރުދާސް ބޭނުންކޮށްގެން ކުރާ އެކި މަސައްކަތްތައް ކަމަށެވެ. އެގޮތުން ގިފްޓް ބޮކްސް ފަދަ ތަކެތި އޭރު ހަދާފައިވާކަމަށް އަބުޑީ ބުންޏެވެ. އެ މަސައްކަތް ކުރުމަށްފަހު 2019 ވަނަ އަހަރުގެ ފަންނު އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވައިލުމުން ކަރުދާސް ބޭނުންކޮށްގެން ހަދާ އެއްޗެހި ނޫން އެހެން އެއްޗެއް ހަދަން ވިސްނުމަށް އައީ ކަމަށް އަބުޑީ ބުންޏެވެ. އެހެން ހިތާ ރޮދިން ކުރާ އެކި ކަންކަން ކުރަން ފެށީ ކަމަށް އަބުޑީ ކިޔައިދިނެވެ. އަބުޑީ ބުނީ އެ އަހަރުގެ ފަންނު އެކްސްޕޯއަށް ހުށަހެޅި ހުށަހެޅުންތަކަށް 2 ވަނައެއްވެސް ލިބިފައިވާ ކަމަށެވެ. މި ވަނަތަކުގެ ސަބަބުން އިތުރަށް ހިތްވަރު ލިބިގެން މި މަސައްކަތް ކުރާތާ މިހާރު ދެ އަހަރު ވެފައިވާކަމަށް އަބުޑީ ވަނީ ބުނެފައެވެ. އަދި އަބުޑީއަށް އެނގޭ އެއްޗެއް އެހެން މީހުންނަށް އުނގަންނައިދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.

އަބުޑީ ބުނީ ރޮދި ބޭނުންކޮށްގެން މާ ޖެހުމަކީ މީގެ ކުރިންވެސް ދިވެހިންގެ ތެރޭގައި ކޮށް އުޅުނު މަސައްކަތެކެވެ. އެހެންނަމަވެސް އޭނާ ކުރާ މަސައްކަތަކީ ހަމައެކަނި މާ ޖެހުމުގެ ބަދަލުގައި ރޮދިން އެކި އެއްޗެހި ކުރެހުމުގެ މަސައްކަތެވެ.

އަބުޑީ ބުނީ މި މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ މި ކަމަށް ބޭނުންވާ ތަކެތި ހަމައަށް ނުލިބުމެވެ. އެހެންކަމުން މި ފަންނު އުނގަންނައިދިނުމުގައިވެސް ދަތިތަކެއް ހުރިކަން އަބުޑީ ފާހަގަކުރިއެވެ. އެގޮތުން ކިޔަވައިދޭން ސިލަބަސް ހަދާފައި ބޭނުންވާ ތަކެތި ހޯދަން މަސައްކަތްކުރާއިރު ބޭނުންވާ ތަކެތި ރާއްޖެއިން ނުލިބޭ ކަމަށް އަބުޑީ ބުންޏެވެ. މިކަމަށް ބޭނުންވާ ބައެއް ތަކެއްޗަކީ ރާއްޖެއިން ބޭރުން ގެންނަ ތަކެއްޗަށް ވާއިރު ޕެންޑަމިކާއެކު މިކަމުގައިވެސް ދަތިތަކެއް ހުރިކަމަށް އަބުޑީ ކިޔައިދިނެވެ. މީގެ އިތުރުން މަސައްކަތްތައްކުރާނެ ޖާގަ ނެތުމަކީވެސް ދިމާވާ މައްސަލައެކެވެ. އެހެންނަމަވެސް ނޭޝަނަލް ސެންޓަރ ފޮރ އާޓްސްއިން މަސައްކަތްކުރަން ބޭނުންވާ ޖާގަ މިހާރު ފޯރުކޮށްދޭކަމަށް އަބުޑީ ވަނީ ކިޔައިދީފައެވެ.

އަބުޑީ ބުނީ މި މަސައްކަތަކީ އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތްކުރާ މީހުންނަށް މިކަން ކުރެވިދާނެ ކަމަށް ބުންޏެވެ. އެހެންނަމަވެސް އޭނާ މި މަސައްކަތް ކުރަނީ ލިބޭ އާމްދަނީއަށް ވިސްނައިގެން ނޫން ކަމަށް ބުނެފައިވެއެވެ. ޝައުގުވެރިވާކަމެއް ވިޔަފާރިއެއްގެ ގޮތުގައި ކުރުމަކީ އަދި ވަރަށް ރަނގަޅު ކަމެއް ކަމަށް އަބުޑީ ބުންޏެވެ. އެކަމެއް އެންމެ ރަނގަޅަށް ކުރެވޭނީ ޝައުގުވެރިކަން ހުރެގެން ކަމަށް ވެސް ބުންޏެވެ. އަބުޑީ ބުނީ އޭނާގެ ފަރާތުން މި ފަންނު އުނގެނިގެން ތިބި ކުދިންވެސް އިތުރު އާމްދަނީ ހޯދުމަށް މި މަސައްކަތް ކުރާ ކަމަށެވެ.

އަބުޑީ ކިޔައިދިން ގޮތުގައި އޭނާ މިވަގުތު މަސައްކަތް ކުރަމުންދަނީ ވަރަށް ޖާގަ ކުޑަ ތަނެއްގައެވެ. ކިޔަވައިދިނުމުގެ މަސައްކަތްވެސް ކުރަނީ ކުޑަ ތަންކޮޅެއްގައިކަން ފާހަގަކޮށް އަބުޑީ ބުނީ ކުޑަ ތަނެއްގައި ކިޔައިވައިދިނަސް އެއްވެސް އެއްޗެއް ނުފޮރުވައި، އޭނާއަށް ދަސްވެފައި ހުރި ހުރިހާ އެއްޗެއް އުނގަންނައިދެމުންދާ ކަމަށެވެ.

އަބުޑީ ބުނީ މި މަސައްކަތް އިތުރަށް ކުރިއަރުވަން މަސައްކަތްކުރުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ތަކެތި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމާއި، މި ފަންނު ގިނަ ބަޔަކަށް އުނގަންނައިދިނުމުގެ ހުވަފެން ދެކޭ ކަމަށެވެ. މިކަމަށް ޚާއްސަ ފިހާރައެއް ނުހުޅުވިނަމަވެސް އަބުޑީގެ ފަރާތުން މި ތަކެތި ފޯރުކޮށްދިނުމަކީ އުންމީދެއް ކަމަށް ވަނީ ބުނެފައެވެ. އަދި އެންސީއޭއާއި ގުޅިގެން އަންނަ އަހަރު އަތޮޅުތެރޭގައި މީގެ ޕްރޮގްރާމުތަކެއް ކުރިއަށްގެންދަންވެސް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

އަބުޑީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބައިސްކަލާއި ސައިކަލު ހެދުމަށް ނަން މަޝްހޫރު ހަސަންފުޅު ނިޔާވެއްޖެ

ބައިސްކަލާއި ސައިކަލު ހެދުމަށް ނަން މަޝްހޫރު ހަސަންފުޅު ނިޔާވެއްޖެ

09 އޮކްޓޯބަރު 2021
ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

04 ޖުލައި 2018
ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

28 ފެބުރުއަރީ 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު