Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންގެ އިނާޔަތް

ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރުކުރި މަސްވަރިންނަށް 39.3 މިލިއަން ރުފިޔާ ދީފި

ބޮޑު ކަންނެލި ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 އޮކްޓޯބަރު 2021 | ހުކުރު 13:32
މަސްވެރިންނަަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

މަސްވެރިންނަަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި މަސްވެރިންނަށް 39.3 މިލިއަން ރުފިޔާ ސަރުކާރުން ދީފިއެވެ.

ފައިސާ ދީފައިވަނީ ސަރުކާރުން އެކުލަވާލި އިންކަމް ސަޕޯޓް އެލަވަންސް ސްކީމްގެ ދަށުން އެހީއަށް އެދިފައިވާ 1،854 މަސްވެރިއަކަށެވެ. އެގޮތުން ކަޅުބިލަމަސް އަދި ކަންނެލީގެ މަސްވެރިކަން ކުރާ 98 މީހަކަށް 1.2 މިލިއަން ރުފިޔާ ދީފައިވެއެވެ. ފަރުމަހުގެ މަސްވެރިކަން ކުރާ 1،394 މީހަކަށް 30 މިލިއަން ރުފިޔާ އަދި ސީ ކިއުކަމްބަރ އާއި އިހީގެ މަސްވެރިކަންކުރާ 369 މީހަކަށް 8 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

މީގެ އިތުރުން ބޮޑު ކަންނެލި މަސް ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ފާނަ އަލާކޮށް ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތްތަކެއް އދ. މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މިގޮތުން އދ. މަހިބަދޫގައި، 1000 ކުދިފާނަ، ފާނަ ކޮށްޓާއި ފާނަ ބޮޑުކުރުމަށް ބޭނުންވާ ތަމްރީނު ދީގެން 4240 ފާނަ މާކެޓް ސައިޒަށް ބޮޑުކޮށް 2020 ވަނަ އަހަރު ނީލަން ކިޔާފައިވެއެވެ.

މަސްވެރިކަމުގައި ބޭނުންކުރާ ތެލުގެ ޑިއުޓީ ކަނޑާލައި މަސްވެރިންނަށް ޑިއުޓީގެ އިނާޔަތް ދިނުމަށްޓަކައި، "ފަހިހަކަތަ" ޕްރޮގްރާމް ފަށައި ޑިއުޓީ އުނިކޮށްފައިވާ ތެޔޮ ވިއްކުމަށްވެސް ވަނީ ފަށާފައެވެ.

މަސްވެރިންނަށް ކުރީ ސަރުކާރުން ނުދީ އޮތް 39 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ މިހާރު ވަނީ ޚަލާސްކޮށްފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިން ކިރާ މަހަށް ދޭން ޖެހޭ 39 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށާއި، އެ ފައިސާ މިހާރު މަސްވެރިނަށް ދައްކައި ޚަލާސް ކޮށް، މިހާރު މަސްވެރިން ކިރާ މަހަށް ދޭން ޖެހޭ ފައިސާ ކޮންމެ ހަފުތާއަކު އެއްފަހަރު ދެމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން 2020 ސެޕްޓެމްބަރުން ފެށިގެން މިގޮތަށް އަމަލު ކުރަމުން އަންނަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިންމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
04 ޑިސެމްބަރު 2024

"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"

04 ޑިސެމްބަރު 2024
"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"
04 ޑިސެމްބަރު 2024

މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ

04 ޑިސެމްބަރު 2024
މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ
23 ނޮވެމްބަރު 2024

މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން

23 ނޮވެމްބަރު 2024
މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު