Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަބްދުﷲ ޝާހިދު ރާއްޖެއަށް ވަޑައިގަތުން

ވަޑައިގެން އުޅުއްވަނީ ޔޫއެންޖީއޭގެ ރައީސެވެ. ރާއްޖޭގެ ޚާރިޖީވަޒީރެއް ނޫނެވެ.

6 އޮކްޓޯބަރު 2021 | ބުދަ 18:08

އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވާނީ އެބޭފުޅަކު ނިސްބަތްވާ ގައުމަށް

| 6 އޮކްޓޯބަރު 2021 | ބުދަ 18:08
ޔޫއެންޖީއޭގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު

ޔޫއެންޖީއޭގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަބްދުﷲ ޝާހިދު އެމަނިކުފާނުގެ އައު މަގާމުގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީމާ އެކަން ހަޖުލަކަށް ހަދައިގެން ވާހަކަ ދައްކާ މީހުން އެބަފެނެއެވެ. އާއްމު މަޖިލީހުގެ ރައީސްގެ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ޚާރިޖީވަޒީރާ ބައްދަލުކުރައްވަނީ ކޮން އިރަކުހޭ އަހައި މީސްމީޑިއާގައި ސުވާލުކުރާ މީހުންވެސް އެބަފެނެއެވެ. އެހެންވެދާނެއެވެ. މިކަމަކީ ކޮން ގޮތަކަށް އޮންނަ ކަމެއްކަމާއި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތަކީ ކޮބައިކަމާއި އެމަގާމަށް އެކަށައެޅިފައި އޮންނަ ޕްރޮޓޮކޯލްތަކާއި ގަވާއިދުތަކަކީ ކޮބައިކަން ބަލައި މޭރުން ކުރުމެއް ނެތީވިއްޔާ އެކަހަލަ ސުވާލުތަކެއް ކުރެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ.

ކަންކަން ހިނގާ އުސޫލާއި ތަރުތީބު ބެލުމަކީ މިޒަމާނުގައި އުނދަގޫ ކަމެއް ނޫނެވެ. ހޯދައި ބަލަން ބޭނުންވާ އެންމެނަށް އެ މައުލޫމާތު ހުންނަނީ ލިބޭގޮތަށެވެ. އެހެންވީމާ ހަޖޫކިޔައި ކުދިކިއުމުގެ ކުރިން އެންމެ ހެޔޮކަން ބޮޑީ ބަލައި ހޯދައި ދެނެގަތުމެވެ. އދ.ގެ އާއްމު މަޖިލީހުގެ ރިއާސަތަށް ބޭފުޅަކު އިންތިޚާބު ކުރެވެނީ ފުލްޓައިމް އުސޫލުން އެއް އަހަރު ދުވަހަށެވެ. އެގޮތަށް އިންތިޚާބު ކުރެވޭ ހަމަ ކޮންމެ ބޭފުޅަކީ އެހައިތަނަށް އެބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ކޮންމެވެސް ބޮޑު މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ. އާއްމު މަޖިލީހުގެ ރިޔާސަތަށް ބޭފުޅަކު ހޮވަނީ ވަޒީފާއެއް ނެތި ހުސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރެޔަކުން ނޫނެވެ. ގިނަ ފަހަރަށް އެބޭފުޅުންނަކީ ގައުމުތަކުގެ ޚާރިޖީ ދާއިރާގެ ބޮޑެތި ބޮޑެތި މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ. ނުވަތަ ކޮންމެވެސް ވުޒާރާއެއްގެ ވަޒީރެކެވެ.

ގައުމެއްގެ ވަޒީރަކަސް އަދި އެނޫން ސީނިއަރ ޑިޕްލޮމޭޓަކަށް ވިޔަސް އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބު ކުރެވި މަގާމާ ހަވާލުވެވަޑައިގަންނަވާ ވަގުތުން ފެށިގެން އެއްއަހަރު ދުވަހަށް އެއީ ޔޫއެންޖީއޭގެ ރައީސެވެ. ދުނިޔޭގެ ދަރުބާރުގެ ޒައީމެވެ. އެބޭފުޅަކު އަމަލު ކުރައްވާނީ އެ މަގާމަށް އެކަށައެޅިފައި އޮންނަ ގަވާއިދުތަކާއި ޕްރޮޓޮކޯލާއި އެއްގޮތަކަށެވެ. އެބޭފުޅެއްގެ ވަކި ކެބިނެޓެއް އޮވެއެވެ. ޗީފް އޮފް ސްޓާފަކު ހުންނަވައެވެ. އެބޭފުޅަކު ކޮންމެ ތާކަށް ވަޑައިގެންނެވިއަސް ކަންކަން ކުރެއްވޭނީ އދ.ގެ އުސޫލުތަކުގެ ތެރެއިން އދ.ގެ ވިއުގައިގެ ތެރެއިން އެމަގާމަށް އެކަށައެޅިފައި އޮންނަ އުސޫލުތަކަށް ފެތޭގޮތަކަށެވެ. އެއީ ވަކި ގައުމެއްގެ ވަކި ބޭފުޅަކަށް ވެގެން އިސްތިސްނާ ހާލަތެއް ގެނެވެން ޖާގަ އޮންނަ ކަމެއް ނޫނެވެ.

ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ ނުވަތަ ކުރުކޮށް ކިޔާގޮތަށް ޔޫއެންޖީއޭ އަކީ ރަމްޒީ ތަނެއް ނޫނެވެ. ޔޫއެންޖީއޭގެ ރައީސްކަމަކީ ރަމްޒީ މަގާމެއް ނޫނެވެ. އދ.ގެ އާދަކާދަ ނިޔާކުރާގޮތުން ޔޫއެންޖީއޭގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ވުމަށްފަހު މަގާމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް އެބޭފުޅަކު ދަތުރުފުޅެއް ކުރައްވާނީ އެބޭފުޅަކު ނިސްބަތްވާ ގައުމަށެވެ. އެކަމުގެ ދައުވަތު ދެއްވާނީ އެ ދައުރެއް ނުވަތަ ސެޝަނެއް ފެށުމުގެ ގޮތުން ޔޫއެންޖީއޭއަށް ވަޑައިގަންނަވާ އެގައުމެއްގެ އެންމެ އިސްވެރިޔާއެވެ. ޔޫއެންޖީއޭގެ ރިޔާސަތަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ނިސްބަތްވެ ވަޑައިގަންނަވާ ގައުމުގެ އެންމެ އިސްވެރިޔާ އެ ސެޝަނުގައި ބައިވެރިވެ ވަޑައިގަތުމަކީ އާދަކާދަ ނިޔާކުރާ ގޮތުން ލާޒިމު ކަމެކެވެ.

އަބްދުﷲ ޝާހިދު ޔޫއެންޖީއޭގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަގާމުގައި ހުންނެވީ ތުރުކީވިލާތުގެ ބޭފުޅެއްކަމުގައިވާ ވޮލްކަން ބޮޒްކިރެވެ. އެއީ މަގާމަށް ވަޑައިގެންނެވިއިރު އެގައުމުގެ ވަޒީރެކެވެ. ބޮޒްކިރުގެ ރިޔާސަތު ފެށުމުގެ ސެޝަނުގައި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން ބައިވެރިވެވަޑައިގެންނެވިއެވެ. ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ބޮޒްކިރަށް ދައުވަތު ދެއްވިއެވެ. އެ ދައުވަތު ގަބޫލު ކުރައްވައި ރަސްމީ ދަތުރުފުޅެއް ތުރުކީއަށް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް އުރުދުގާނާއި ބައްދަލު ކުރެެއްވީ ތުރުކީގެ ކެބިނެޓު މިނިސްޓަރެއް ނޫނެވެ. ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ރަސްމީ ތަގުރީރެއް ކުރެއްވީ ވަޒީރު ބޮޒްކިރެއް ނޫނެވެ. އެކަންކަން ކުރެއްވީ ޔޫއެންޖީއޭގެ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރެވެ.

ވޮލްކަން ބޮޒްކިރުގެ ކުރިން ޔޫއެންޖީއޭގެ 74 ވަނަ ދައުރުގެ ރައީސްކަން ކުރެއްވީ ނައިޖީރިޔާގެ ޑިޕްލޮމޭޓެއް ކަމަށްވާ ޓިޖާނީ މުހައްމަދު ބަންޑޭ އެވެ. އެ ސެޝަން ހުޅުވުމުގެ ބުރުގައި ނައިޖީރިޔާގެ ރައީސް މުހައްމަދު ބުޚާރީ ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވިއެވެ. އަދި ރަސްމީ ހައިސިއްޔަތުން ނައިޖީރިއާއަށް ވަޑައިގަތުމަށް ބަންޑޭއަށް ދައުވަތު ދެއްވިއެވެ. ލަސްނުކުރައްވައި އެންމެ ފުރަތަމަވެސް ބަންޑޭ ވަޑައިގެންނެވީ ނައިޖީރިއާއަށެވެ. ފައިބާވަޑައިގަތީ ރަތްދޫލައިގެ މައްޗަށެވެ. އެގައުމުގެ އެކިބާރުތަކުގެ ވެރިންނާއި ވަކިވަކިން ބައްދަލު ކުރައްވައި މަޝްވަރާކުރެއްވީ ސަފީރު ބަންޑޭއެއް ނޫނެވެ. އެކަން ކުރެއްވީ ޔޫއެންޖީއޭގެ ރައީސެވެ. ނައިޖީރިޔާގެ ދައުލަތުން އަރުވާ ޝަރަފުގެ މެޑެއްޔާއި ހަވާލުވެވަޑައިގަތީ ރައީސް ބުޚާރީ އައްޔަން ކުރައްވައިފައި ހުންނެވި ސަފީރެއް ނޫނެވެ. ޔޫއެންޖީއޭގެ ރައީސެވެ.

މިއީ މިހާތަނަށްވެސް ތަފާތެއް ނެތި އަމަލުކުރަމުންދާ އުސޫލެވެ. ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު ކަމުގައި މިހާތަނަށްވެސް ހުންނެވި އަބްދުﷲ ޝާހިދު އެމަގުން ދަތުރުކުރެއްވީމާ އައު ކަމަކަށްވެގެން ދިވެހީން ހަޖޫކިޔާންޖެހޭ ސަބަބެއް ނެތެވެ. އެޒާތުގެ މަގާމުތަކަށް އާދަކާދަތަކެއް އެކަށައެޅިފައިވާކަމާއި އެއީ ވަކި ގައުމެއްގެ ވަކި މީހަކު އިސްތިސްނާވެގެން ނުވާ ކަމެއް ކަމާއި މިކަހަލަ ކަންކަމުގައި ޝަރަފުގެ ބައި ވަރަށް ބޮޑުކަމީ ގަބޫލުކުރާންޖެހޭ ކަންކަމެވެ. ކަންދިމާކުރިގޮތުން ޔޫއެންޖީއޭގެ ރިޔާސަތުގައި އެހުންނެވީ ދިވެހިރާއްޖޭގެ ޚާރިޖީވަޒީރެވެ. އެއް އަހަރުވަންދެން އެ މަނިކުފާނުގެ ޣައިރުހާޒިރުގައި ދިވެހި ޚާރިޖިއްޔާ ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ އެކަމަށް ވުޒާރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވެރިއެކެވެ. މިވަގުތު އެޒިންމާ އޮތީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދަށެވެ.

ޢަބްދުﷲ ޝާހިދުއދ.ގެ އާންމު މަޖިލިސްޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް