Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯލިޝަން

ރައީސް ޞާލިޙްގެ ފަރާތްޕުޅުން، ކޯލިޝަން ރޫޅާލެއްވުމަށް މަސައްކަތްކުރައްވާ ތަނެއް ނުފެނޭ: އެމްއާރްއެމް

މި ސަރުކާރުގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނުނު ނަމަވެސް، މަޝްވަރާކޮށްގެން ހައްލު ކުރުމުގެ މަސައްކަތްކުރަމުން ދާނެކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2021 | ބުދަ 14:43
ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް

ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން, ކޯލިޝަން ރޫޅާލެއްވުމަށް މަސައްކަތް ކުރައްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ އެމްއާރްއެމް އިން ކޯލިޝަން ސަރުކާރާއެކު ދެމިތިބޭނެ ކަމަށެވެ. އަދި ޕާޓީއަށް ނިސްބަތްވާ ވަޒީރުން ވެސް ދެމިތިއްބެވީ ރައީސް ޞާލިޙާއެކުގައި ކަމަށެވެ. މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެމްއާރްއެމްއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި, ކޯލިޝަންގެ ކަންކަމުގައި ޕާޓީން ސީދާ މަޝްވަރާ ކުރަނީ ރައީސްއާ ކަަމަށް ފާރިސް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނުނަމަވެސް އެކަމެއް މަޝްވަރާކޮށްގެން، ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްއާރްއެމްއިން އަލަށް އިންތިޚާބުވި ލީޑަރޝިޕުން ވެސް ރައީސް ޞާލިޙާއެކު ސާބިތުކަމާއެކު ދެމިތިއްބަވާނެކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ, އައު ލީޑަރޝިޕުން ވަރަށް އަވަހަށް ރައީސްއާ ބައްދަލުކުރައްވާނެ ކަމަށެވެ. ފާރިސް މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫން ވިދާޅުވީ އެމްއެމްއާރްއެމްއިން ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކޯލިޝަން ރޫޅާނުލައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ދާނީ ރަނގަޅަށް ކަމަށާއި ރައީސް ޞާލިޙާއެކު އެމަނިކުފާނަށް ސަޕޯޓް ދެއްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު މިނިސްޓަރ ޢިމްރާން ވިދާޅުވީ އޭރު ޕާޓީތައް ކޯލިޝަން ހެދުމުން ރައްޔިތުންގެ އުންމީދު ވަރަށް ބޮޑު ވެގެން ދިޔަކަމަށެވެ. އަދި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް އެކުވެގެން މަސައްކަތް ކުރެވޭނެ މާހައުލެއް އޮތް ހިނދެއްގައި ސަރުކާރާއެކު ދެމިތިބޭނެ ކަމަށެވެ. އަދި މި ސަރުކާރު ކުރިއަށްދާނީ ކޯލިޝަނާއެކު ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއެކު ރައީސް ޞާލިޙު ކުރިއަށް ވަޑައިގަންނަވާތަން ނުފެންނަ ކަމަށެވެ. ކޯލިޝަންގައި ހިމެނޭ ދެ ލީޑަރުން މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވިދާޅުވީ ރައީސް ޞާލިޙާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކޯލިޝަންމޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ރައީސް ސޯލިހު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
ސިޔާސަތުތަކާއި އަމާޒުތަކާއި ކަންތައް ކުރާ ވައްޓަފާޅިއަށް ގެނެވުނު ބަދަލާއެކީގައި ތާއީދު އިތުރުވެއްޖެ - ރައީސް

ސިޔާސަތުތަކާއި އަމާޒުތަކާއި ކަންތައް ކުރާ ވައްޓަފާޅިއަށް ގެނެވުނު ބަދަލާއެކީގައި ތާއީދު އިތުރުވެއްޖެ - ރައީސް

18 ޖުލައި 2023

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު