Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2023

ސިޔާސަތުތަކާއި އަމާޒުތަކާއި ކަންތައް ކުރާ ވައްޓަފާޅިއަށް ގެނެވުނު ބަދަލާއެކީގައި ތާއީދު އިތުރުވެއްޖެ - ރައީސް

އެއިރު އޮތް ކޯލިޝަނާއި، މިހާރު އޮތް ކޯލިޝަނާއި ތަފާތު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖުލައި 2023 | އަންގާރަ 05:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ސިޔާސަތުތަކާއި އަމާޒުތަކާއި ކަންތައްކުރާ ވައްޓަފާޅިއަށް ގެނެވުނު ބަދަލާއެކީގައި ކުރީގައި ތާއިދުނުކުރާ އެތައްބަޔަކު ތާއިދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި "އުފާވެރި އަމާންރާއްޖެ' ކެމްޕޭން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް މީހަކު ދުރަށް ދިއުމަކީ އެއިން ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ އެންމެންވެސް ކުރީގައި ތިބި ގޮތަށް އެއްވިސްނުމެއްގައި ކުރިއަށްވަޑައިގަތުމަށް ކަމަށާއި، އެއްވެސް މީހަކު ޕާޓީން ދުރަށްދިއުމަކީ ގެއްލޭ ވޯޓެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ގެއްލޭ ވޯޓު އެހެން ގޮތްގޮތުން ހޯއްދަވަން ކަމަށާއި، އެމަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެއިރު އޮތް ކޯލިޝަނާއި، މިހާރު އޮތް ކޯލިޝަނާއިވެސް ތަފާތު ކަމަށެވެ. އަދި ސިޔާސަތުތަކާއި، އަމާޒުތަކާއި، ކަންތައް މިކުރާ ވައްޓަފާޅިއަށް ގެނެވުނު ބަދަލާއެކީގައި ކުރީގައި ތާއިދުނުކުރާ އެތައްބަޔަކު ތާއިދުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ފާހަގަކުރެއްވުނު އެންމެ ބޮޑު އެއްކަމަކީ 2018 ވަނަ އަހަރާ ހިލާފަށް މ. އަތޮޅުގެ ތާއިދު ކުރިއަށްވުރެ އިތުރުވެފައިވާކަމެވެ. އަދި 2018 ގައި ކުލަ ނުޖެއްސުނު 2 އަތޮޅަކީ މ. އަތޮޅާއި، ފ. އަތޮޅު ކަމަށާއި، އެހެންނަމަވެސް މިހާރު ފެންނަނީ މ. އަތޮޅުވެސް ފ. އަތޮޅުވެސް ތަފާތު ބޮޑުކޮށް ކާމިޔާބުކުރެވޭނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވ. އަތޮޅަކީ 2018 ގައި މެޖޯރިޓީ ލިބުނު އަތޮޅެއް ކަމަށެވެ. އެއަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި، ކެމްޕޭންގެ މިސްރާބު ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މަސައްކަތް ކުރެވެމުންދަނީ ޕްލޭނާ އެއްގޮތަށް ކަމުގައިވާތީ، އުއްމީދު ކުރިއަށްވުރެ މާބޮޑުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

2023 ރިޔާސީ އިންތިޚާބުއުފާވެރި އަމާން ރާއްޖެރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކޯލިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު