Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި ޚިޔާނާތުގެ މައްސަލަ

ފުއްގިރި ޚިޔާނާތް - ޕީޖީން އެދިގެން އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލް

ޔާމީނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2021 | އަންގާރަ 12:08
ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކުރާ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކުރާ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި ބޭއްވުމަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބައްވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަނީ ޝަރީއަތާ ހިއްސާކޮށްފައެވެ. އެގޮތުން ދައުލަތުން ވަނީ އެއް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ދައުލަތުން ހުށަހެޅި ރިޕޯޓުގައިވާ ސީޑީއެއްގައި ހިމެނޭ މައުލޫމާތުތަކެއް ރައްކާތެރި ކުރުމުގެ އަމުރަކަށް ވަނީ އެދިވަޑައިގަންނަވާފައެވެ. 

އޭގެ އިތުރުން، ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވަނީ 4 ހުށަހެޅުމެކެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ފޯމުގައިވާ އުނިކަމެއް ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ތިންވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ލިބޭ ފަރާތްތަކުގެ މެދުގައި ޤާނޫނީ ކޮންފްލިކްޓްތަކެއް ހުރުމުން އިންސާފަށް ވާސިލުވުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކޮށް، ދައުވާލިބޭ ފަރާތްތަކުގެ ބައިތައް ވަކި ކޮށްގެން ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ހަތަރުވަނަ ކަމެއްގެ ގޮތުން, ހެކި ހާމަކޮށްދިނުމަށް އެދި ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ހެކި ހާމަކުރުމާބެހޭ 5 ކަމެއް ވަނީ ދިފާއުން ތަފްސީލާއެކު ހުށަހަޅާފައެވެ. މި އަޑުއެހުމަކީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމަކީ އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. ރައީސް ޔާމީނުގެ އިތުރުން މި މައްސަލައިގައި އެމަނިކުފާނާއެކު މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ދައުވާލިބޭ ކްރިކް ރިޒާއާއި، ސަން އިންވެސްޓްމަންޓުގެ އިތުރުން، ސަން ކޮންސްޓްރަކްޝަން ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް އެގަޑީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެ ފަރާތްތަކުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައި އަދި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި އަޑުއެހުން ފައްޓަވަމުން އިސް ގާޒީ އަޙުމަދު ޝަކީލް ވިދާޅުވީ، މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ.

ފުއްގިރިކުރީގެ ރައީސް ޢަބްދުﷲ ޔާމީންކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު