Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހާމީގެ ކިޑްނީ ފެއިލްވުން

ދެވަނަ ފަހަރަށް ކިޑްނީ ފެއިލް، ކުލުނުން ފުރިގެންވާ އަނތްބެއްގެ އަސަރުގަދަ ވާހަކަ!

ދެ ފަރާތުގެ އާއިލާގެ އެއްބާރުލުން ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2021 | އަންގާރަ 04:03
ފިރިމީހާގެ ހައްގުގައި އަނބިމީހާ

ފިރިމީހާގެ ހައްގުގައި އަނބިމީހާ

ލޯތްބަކީ ތަފާތު އިހުސާސެކެވެ. ލޯބި އެންމެން ވެސް ބޭނުންވާއިރު، ހަގީގީ ލޯބި ލިބެނީ މަދު ނަސީބު ވެރިންނަށް ކަމަށް ދުނިޔެ ހެކިދެއެވެ. ބައެއް ހާލަތްތަކުގައި ލޯބިވާވަރު ހާމަވެގެންދަނީ ބަލި އެނދުގައި އޮށޯތުމުން ނުވަތަ ބޮޑު ކަމެއް ދިމާވާ ހިނދު ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. އެދިމާވާ ކަމަކުން ބައެއް ފަހަރު ބައިވެރިޔާ ދޫކޮށް ދަނީ މަދު ފަހަރަކު ނޫނެއެވެ. ނަަމަވެސް އައިޝަތު ޝުޒާ މުހައްމަދު ރުޝްދީއަކީ ފިރިމީހާއަށްޓަކައި ގުރުބާން ވަމުންދާ އަނތްބެކެވެ.

2016 ވަނަ އަހަރުގެ ތެރޭގައި ޝުޒާ، މުހައްމަދު ހާމީއާ ކައިވެނި ކުރީ ވަރަަށް ލޯބިންނެވެ. ދެ އާއިލާގެ ދެމެދުގައި އުފެދިފައިވާ އެކުވެރިކަމެއްގެ ސަބަބުން ހާމީއާ ދިމާވެ މާ ގިނަ ދުވަހެއް ނުވެ ކައިވެނީގެ ގޮށުން ގޮށްޖަހާލީ މުޅި އުމުރު ދުވަހު އެކީގައި އުޅެން ވައުދުވުމަށްފަހުއެވެ. ޝުޒާ، ހާމީއާ ކައިވެނި ކުރީ ވެސް ސިއްހީ ހާލަތު ރަނގަޅަށް އެނގިހުރެ އެކީގައި އުޅެން ބޭނުންވާތީއެވެ.

ހާމީގެ މަންމައާ ހަވާލާދީ ޝުޒާ ރާއްޖެއެމްވީއަށް ބުނީ ހާމީގެ ދެ ކިޑްނީ ފެއިލްވެ ޓްރާންސްޕްލާންޓް ފުރަތަމަ ހެދީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. މި ޓްރާންސްޕްލާންޓްގައި ދެ ފަހަރު ރިޖެކްޝަން ގޮސް، ހަމަސް ދުވަސް ހޭދަކުރީ އައިސީޔޫގައެވެ. އައިސީޔޫއިން ދޫކޮށްލިރު ހާމީއަށް ވަނީ މެންޓަލީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ހިނގަން ވެސް ނޭނގެއެވެ.

ހާމީގެ ބައްޕަ ދިން ކިޑްނީއާއެކު 13 އަހަރު ވަރަށް އުފަލުގައި އުޅުމަށްފަހު ދެވަނަ ފަހަރަށް ކިޑްނީ ފެއިލްވެ، 19 އޭޕްރީލް 2019 ގައި ދެވަނަ ފަހަރަށް ޑައަލިސިސް ހަދަން ފެށިއެވެ.

ކޮންމެ ދުވަހަކީ ވެސް ހާމީއަށް ވަރަށް ޗެލެންޖިން ދުވަހެކެވެ. ކިޑްނީގެ އެހެން ޕޭޝަންޓުންނާއި ޚިލާފަށް ހާމީގެ ކޮންޑިޝަން ތަފާތުވީމައެވެ. ގިނަ ކޮންޕްލިކޭޝަންތައް ދިމާވާތީއެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19ށް ޕޮޒިޓިވުމާ ގުޅިގެން ހާމީގެ ޕެންކްރިއަސް މިހާރު ހުރީ ދުޅަވެފައެވެ.

އެހެންކަމުން އޮޕަރޭޝަނެއް ކޮށް، އެ ދުޅަވެފައިވާ ބައި ނަގަން ޖެހެއެވެ. އެ އޮޕަރޭޝަންކުރުމަށް އިންޑިއާއަށް ގޮސް ހެދި ޓެސްޓުތަކުން ހާމީގެ ހިތުގެ ހިނގުން ވަރަށް ބޮޑަށް ދަށަށްދާ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ހިތުގެ އެއްފަޅި ވަރަށް ބޮޑުވެފައިވާއިރު، މިހާރު މަސައްކަތް ކުރަނީ އެންމެ 45 އިންސައްތައެވެ. އެހެންކަމުން އެ އޮޕަރޭޝަން ކުރެވޭކަށް ނެތެވެ. ދެވަނަ އޮޕްޝަންއަށް ގޮސް ހިލަ ގޮއްވޭތޯ ބެލިއެވެ. ނަމަވެސް މަތީގައި އުފެދިފައިވާ ހިލަ ބޮޑުކަމުން އެކަން ވެސް ވަނީ ނާކާމިޔާބުވެފައެވެ. ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށްފަހު 8 މަސް ދުވަސް ފަހުން އައުމަށް ފޮނުވާލިއެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އިންޑިއާ އަދި ރާއްޖެ ލޮކްޑައުންއަކަށް ދިއުމާ ގުޅިގެން އެ އޮޕަރޭޝަން މިއަދާ ހަމައަށް އަދިވަނީ ކުރެވޭ ގޮތް ނުވެފައެވެ.

ޑޮކްޓަރުން ދެއްވި އިރުޝާދާއެކު ހިތުގެ ހިނގުން އިތުރަށް ދަށްނުވާނެ ގޮތަށް ހައިޕްލެކްސް ޑައަލިސިސްއަށް ބަދަލުކުރިއެވެ. އެގޮތުން އައިޖީއެމްއެޗްއިން ޑައަލިސިސް ހެދުން ހުއްޓާލައި ފަރުވާ ޓްރީޓޮޕަށް ބަދަލުކުރިއެވެ. އަދި މިހާރު ކޮންމެ ހަފްތާއަކު ތިން ދުވަހު ޓްރީޓޮޕްއަށް ހާމީ ގޮވައިގެން ޝުޒާ ދެއެވެ.

ޕެންކްރިއަސް މައްސަލަ ޖެހުނު ފަހުން ކުއްލިއަކަށް ހަކުރު ދަށްވެ، ހާމީގެ ޚަބަރު ހުސްވާ ފަހަރު އާދެއެވެ. އެހެންކަމުން މިހާރު ޝުޒާ ހުންނަނީ އަބަދުވެސް ހާމީއަށް ބަލަބަލައެވެ. ރޭގަނޑުގެ ވަގުތު ހަމަ ނިދި ޝުޒާއަށް ނުލިބެއެވެ. އެންމެ ދެރަވި ދުވަސް ހިއްސާކުރަމުން ޝުޒާ ބުނީ ރޯދަ މަހުގެ ތެރޭގައި ހަކުރު ދަށްވެ ހާމީގެ ޚަބަރު ހުސްވި ކަމަށެވެ. އެދުވަހު ހާމީ ކޮނޑަށް ލައިގެން ހޮސްޕިޓަލަށް ގޮސް އީއާރުގައި ފަރުވާ ދީފައިވާއިރު، އެދުވަހުގެ އިހުސާސްތައް ބުނެދޭން ދަތިކަމަށް ޝުޒާ ބުންޏެވެ.

މީގެ އިތުރުން ޝުޒާ ކިޔާދިން ގޮތުގައި ފުރަތަމަ ހެދި ކިޑްނީގެ ޓްރާންސްޕްލާންޓާއެކު އިތުރަށް ކިޑްނީ ސްޓޭބަލްކުރުމަށް ސިންގަޕޫރުން ސްޓްރޮއިޑް ގެ ހައި ޑޯޒެއް ދިނެއެވެ. ދިމާވި ސިއްހީ މައްސަލައަކުން ވާތު ލޮލުގެ ފެނުން އެއްކޮށް ގެއްލުނީއެވެ. އަދި އަވަހަށް ފަރުވާ ދެވި، މިހާރު ހާމީއަށް ފެންނަ ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން މިހާރު ހާމީއަށް ސްޓްރޮއިޑެއް ބޭނުމެއް ނުކުރެވެއެވެ. ނަމަވެސް ހާމީ ހަދަން ޖެހެނީ ސްޓްރޮއިޑް ފްރީ ޓްރާންސްޕްލާންޓެކެވެ. ރިސްކް ބޮޑުކަމުން ލަންކާއިން ހާމީގެ ފުރަތަމަ ޓްރާންސްޕްލާންޓް ހެދި ޑޮކްޓަރުން އެކަމަށް ދެކޮޅު ހަދައެވެ. މިހާރު ހާމީއަށް ޑޯނާއެއް ގޮތުގައި ލިބިފައި ހުރީ އާއިލާ މީހަކަށް ނުވާތީ މިސަރަހައްދުގެ އެއްވެސް ގައުމަކުން ކިޑްނީ ޓްރާސްޕްލާންޓް ހަދައިދިނުމަށް އެއްބަހެއް ނުވެއެވެ. އެއްވެސް ގޮތެއް ނުވެއްޖެނަމަ ޝުޒާ މިހާރު ހުރީ ކިޑްނީ ދިނުމަށް ތައްޔާރަށެވެ.

ވަރަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާކަން ޝުޒާ ފާހަގަކޮށްފައިވާއިރު، ހާމީގެ ހާލަތު ހުރި ގޮތުން ކުރީގައި މަސައްކަތް ކުރި ގޮތަށް މިއަދު މަސައްކަތެއް ނުކުރެވެއެވެ. އެހެންކަމުން އާމްދަނީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިއަދު ހާމީ ބަލަމުން ގޭތެރޭގައި ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ޝުޒާއެވެ. އޮފީހެއްގައި މަސައްކަތް ކުރަމުން އިތުރަށް ވެސް ބައެއް ޕްރޮޖެކްޓްތައް ނަގައިގެން މަސައްކަތް ކުރާ ކަމަށް ޝުޒާ ބުންޏެވެ.

ޝުޒާ ކިޔައިދިން ގޮތުގައި ޑައަލިސިސްއަށް އާސަންދައިން ކަވަރު ކުރަނީ އެންމެ 400 ރުފިޔާއެވެ. ޑައަލިސިސް ހަދާ ކޮންމެ ފަހަރަކު 1000 ރުފިޔާ ދައްކަން ޖެހޭއިރު، ކޮންމެ ހަފްތާއަކު 3000 ރުފިޔާ އަތުންދެއެވެ.

ހާމީގެ ޓްރާންސްޕްލާންޓް މި ސަރަހައްދުގެ އެއްވެސް ގައުމަކުން ހެދެން ނެތުމުން ފޮރިން މިނިސްޓްރީއާ ލިޔެކިއުންތައް ހިއްސާކޮށްފައިވެއެވެ. މިނިސްޓްރީގެ ލިއުމަކާއެކު ނަމަވެސް އެކަން ކުރެވޭނެ ގޮތަކަށް މަގުފަހިކޮށް ދިނުމަށް ހާމީގެ އާއިލާއިން އެދިފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ހާމީއަކީ ކުރިން ރިސޯޓުތަކުގައި މިއުޒިކް ކުޅުނު ހުނަރުވެރި ޒުވާނެކެވެ. ގިނަ ފޭނުންތަކެއް ވެސް އޮތެވެ. ރައްޓެހިން ވެސް ބައިވަރެވެ. ނަމަވެސް ހާމީ ބަލިވި ހިސާބުން ހުރިހާ ރައްޓެހިން ގެއްލުނީއެވެ. މިއަދު ހާލު ބަލާލަން ވެސް ގުޅާލީ ދެތިން ރައްޓެހިން ކަމަށް ޝުޒާ ބުނެއެވެ. ފުރަތަމަ ދުވަސްކޮޅު އެކަމާ ދެރަވެގެން ހާމީ އެވާހަކަ ދައްކާ އުޅުނު ނަމަވެސް މިއަދު ހާމީއަށް އާއިލާގެ ފަރާތުން ލިބޭ ލޯތްބަކީ އެހުރިހާ ކަމަކުން އޭނާ ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ޝުޒާ ސިފަކުރިއެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރަމުންދާއިރު، ބައެއް މީހުން ބުނެލާ ބަސްތަކުން އެއްކޮށް މީހާ ޑީމޯޓިވޭޓްވެއެވެ. ޑައަލިސިސް ހަދާ މީހަކަށް ވާތީ މަސައްކަތް ހަވާލު ނުކުރުމާއި، ތަފާތު ކުރުންތައް ވަރަށް ބޮޑަށް ގެންގުޅޭ ކަމަށް ޝުޒާ ބުންޏެވެ. އެގޮތަށް އެކަން ނުކުރުމަށާއި، ތަފާތު ކުރުމެއްނެތި މިއަދު އެހީތެރިވުމަށް ޝުޒާ ވަނީ އާދޭހާއެކު އެދިފައެވެ.

ހާމީ ކިޔައިދިން ގޮތުގައި ޝުޒާ އަކީ އޭނާގެ ނަސީބެއެވެ. މިއަދު އެހެން ހުރުމުގެ ނަސީބު ހާމީއަށް ލިބިފައިވަނީ ޝުޒާގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމުގެ ސަބަބުން ކަމަށް ހާމީ ބުނެއެވެ. ހުރިހާ ކަމެއްގައި ވެސް ވަރަށް ސަޕޯޓިވް ކަމަށް ހާމީ ބުނެއެވެ.

މިއަދުވެސް ހާމީއަކީ ގަދައަޅާ މަސައްކަތް ކުރާ މީހެކެވެ. އާޓިޓެކްޗަރަލް، އިންޓީރިއާ ޑިޒައިން، ތްރީޑީ އަދި މިއުޒިކްގެ މަސައްކަތްތައް މިއަދު ވެސް ހާމީ ދަނީ ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ބަލިން ރަނގަޅުވެ ހާމީ ހުރީ ކުރިއަށްދާން ތައްޔާރަށެވެ.

ހާމީކިޑްނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

ފުރަތަމަ ފަހަރަށް ދުނިޔޭގައި އޫރުގެ ކިޑްނީ ލެއްވި މީހާ މަރުވެއްޖެ

13 މެއި 2024
"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ

"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ

04 އެޕްރީލު 2024
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި

20 ސެޕްޓެމްބަރު 2022
ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

22 އެޕްރީލު 2022
ދެ ކިޑްނީ ފެއިލްވި މަންމައަކަށް އެހީވާން ދޮރުން ދޮރަށް!

ދެ ކިޑްނީ ފެއިލްވި މަންމައަކަށް އެހީވާން ދޮރުން ދޮރަށް!

08 އެޕްރީލު 2018

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު