Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަރިއާނާ ގްރާންޑޭ

މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި

23 މެއި 2017 | އަންގާރަ 10:08

އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 23 މެއި 2017 | އަންގާރަ 10:08
 އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ

އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ މެންޗެސްޓަރގައި ދެމުންދިޔަ ޝޯވގައި ބޮން ގޮއްވާފައިވަނީ ހޯމަ ދުވަހުގެ ރޭ

އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ، އާރިއާނާ ގްރާންޑޭގެ "ޑޭންޖަރަސް ވުމަން ޓުއަރ"ގެ ތެރެއިން މެންޗެސްޓަރގައި ދެމުންދިޔަ ޝޯވއެއްގައި ބޮމެއް ގޮއްވާލުމާ ގުޅިގެން ހިތްހަލާކުވެއްޖެ ކަމަށް އޭނާ ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ އިނގިރޭސިވިލާތިގެ މެންޗެސްޓަރ އެރީނާގައި އާރިއާނާ ޕަރފޯމް ކުރަމުންދަނިކޮށް ދިން މި ހަމަލާގައި 19 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. މި ހަމަލާ ދިން ވަގުތު 21،000 މީހުންނަށް ވަދެވޭ މެންޗެސްޓަރ އެރީނާ އޮތީ ފުރިފައެވެ.

މި ހަމަލާގައި އާރިއާނާއަށް އަނިޔާއެއް ވެފައެއް ނުވާއިރު، އެކަމާ ގުޅިގެން "ހިތުގައި ޖެހިއްޖެ"ކަމަށް އޭނާ ބުނެފައި ވެއެވެ.

"ހިތުގައި ޖެހިއްޖެ. އަހަރެން ހިތުގެ އެންމެ އަޑިން، އިންތިހާއަށް މައާފަށް އެދެން. ނޭނގުނު ބުނާނެ އެއްޗެސް ވެސް"، އާރިއާނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ހަމަލާގައި 19 މީހުން މަރުވެފައިވާކަން މެންޗެސްޓަރގެ ފުލުހުން ހާމަކޮށްފައިވާއިރު، ނޯތުވެސްޓް އެމްބިއުލަންސް ސަރވިސުން ބުނި ގޮތުގައި 59 މީހުން ވަނީ އިތުރު ފަރުވާއަށް އެކި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އަދި ގިނަ ފަރާތްތަކަށް އެރީނާ ކައިރިން ފަރުވާ ދެވިފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ގަޑިން 10:30 ހާއިރު ހިނގި މި ހާދިސާއަށް ފަހު ގިނަ ފުލުހުންނާއި، ބޮމްބް ޑިސްޕޯސަލް ޔުނިޓްތަކާއި 60 އެމްބިއުލަންސް އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައިވެއެވެ.

އިނގިރޭސި އޮފިޝަލުންނަށް ހަވާލާދީ އެމެރިކާއިން ބުނީ، ހަމަލާ ދިންކަމަށް ބެލެވޭ ފިރިހެނަކު އައިޑެންޓިފައި ކުރެވިފައި ވާކަމަށެވެ.

ރޭގެ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރޭޓަރ މެންޗެސްޓަރ ޕޮލިސް ޗީފް ކޮންސްޓަބްލް އިއަން ހޮޕްކިންސް ވަނީ މި މައްސަލަ ޓެރަރިސްޓް ހަމަލާއެއް ގޮތަށް ބަލަމުންދާ ކަމަށް ޔަގީންކޮށްދެއްވާފައެވެ.

ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ ބޮން ގޮއްވާފައިވަނީ އާރިއާނާ ފަހު ލަވަ ނިންމާލާ "ޝުކުރިއްޔާ މެންޗެސްޓަރ"އޭ ބުނެ ސްޓޭޖުން ފޭބި ވަގުތެވެ. މެންޗެސްޓަރ އެރީނާއިން ބުނި ގޮތުގައި ބޮން ގޮއްވާފައިވަނީ ޝޯވ ބަލަން ދިޔަ މީހުން ނިކުންނަނިކޮށް، އެރީނާގެ ބޭރުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް