Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަދާ ސައުދުﷲ އަހުމަދު

ސަދާގެ ފަހު ބަސް "އޯކޭ ބައްޕާ، ކޮއްކޮ ކުރުނބާ ބޯނަން"

މުޅި އާއިލާއަށް ވަނީ ފުން ހިތާމައަކާއި ކުރިމަތިލާން ޖެހިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2021 | ހޯމަ 14:05
ނިޔާވި އުމުރުން 6 އަހަރުގެ ސަދާ ސައުދުﷲ އަހުމަދު

ނިޔާވި އުމުރުން 6 އަހަރުގެ ސަދާ ސައުދުﷲ އަހުމަދު

ފުވައްމުލަކުގެ ފުނާޑު އަވަށަށް އުފަން ނޫރީފެހިގޭ އުމުރު 6 އަހަރުގެ ސަދާ ސައުދުﷲ އަހުމަދަކީ ވަރަށް ސަކަ މިޖާޒެއް ހުންނަ އެންމެންނާއި ވެސް ގުޅޭ ކުއްޖެކެވެ. މީހުންނާއި ގުޅިގެން އުޅުނު ކުއްޖެކެވެ. ސަދާގެ މަރާ ގުޅިގެން ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖެއަށް ވެސް ވަނީ "ބޮޑު ޝޮކެއްގެ" ތެރޭގައެވެ. ކުއްލި ގޮތަކަށް ސަދާ ނިޔާވުމާއި ގުޅިގެން އެންމެން ދަނީ އެ ކުޑަ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރަމުންނެވެ. ހޯމަ ދުވަހުގެ ފަތިސް ނަމާދަށްފަހު ސަދާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފައެވެ.

ދެމަފިރިންނަށް ލިބިފައި ހުރި ހަމައެކަނި އަންހެން ދަރިފުޅު ކުއްލިގޮތަށް ވަކިވުމާއި ގުޅިގެން މުޅި އާއިލާއަށް ވަނީ ފުން ހިތާމައަކާއި ކުރިމަތިލާން ޖެހިފައެވެ. ދެ ތިން ދުވަހު ބަލިވެ އުޅުމަށްފަހު ސަދާ ނިޔާވުމުން މުޅި އާއިލާއަށް ވެސް އެކަން ގަބޫލުކުރަން ވަނީ ދަތިވެފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ސަދާގެ ބައްޕަ ސައުދުﷲ އަހްމަދު ބުނީ ހުކުރު ދުވަހުން ފެށިގެން ސަދާ އުޅުނީ ބަލިވެ ކަމަށެވެ. ހުން އައިސްގެންނާއި ހޮޑު ލެވޭތީ އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކި ކަމަށް ވެސް ބުންޏެވެ. އާދިއްތަ ދުވަހު ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން ކަމަށް ވަނީ ބުނެފައެވެ. ސައުދުﷲ ބުނީ ސަދާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އުޅުނު ކަމަށެވެ. އަދި ހޮޑުލެވޭތީ އެއްވެސް ކާއެއްޗެއްވެސް ރަނގަޅަށް ނުކެވޭ ކަމަށެވެ. އެހެންކަމުން ދަރިފުޅަށް ދިޔާ އެއްޗެހި ބޯން ދޭންވެގެން ކުރުނބާ ގަތް ކަމަށެވެ. އަދި ދަރިފުޅުގެ ގާތުގައި ކުރުނބާ ބޯން ބުނުމުން "އޯކޭ ބައްޕާ، ކުރުނބާ ބޯނަން" މިހެން ބުނެލި ކަމަށް ބުންޏެވެ.

ދަރިފުޅާއެކު ދެކެވުނު މިވާހަކަތަކަކީ އެއްވެސް ހާލެއްގައި ދަރިފުޅު މިދުނިޔެއާ ވަކިވުމުގެ ކުރިން އިވޭނެ އެންމެ ފަހު ބަސްކަމުގައި އޭނާ ހީނުކުރެއެވެ. ސަދާ އަކީ ކުޑައިރުއްސުރެ އެއްވެސް ގޮތަކަށް ބޮޑު ބައްޔަކަށް ބޭސް ކުރަން ޖެހުނު ކުއްޖެއް ނޫނެވެ.

އާދިއްތަ ދުވަހު ސަދާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުން ހޮސްޕިޓަލުން އިންޖެކްޝަން ޖެހި ކަމަށް ސައުދުﷲ ބުންޏެވެ. އަދި އެއަށްފަހު ދަރިފުޅު ހޭނާރާ ކަމަށް ވެސް ވަނީ ބުނެފައެވެ. އިންޖެކްޝަން ޖެހިފަހުން ކުއްޖާގެ ހާލަތު ގޯސްވެ، ހަރަކާތް ހުއްޓުނު ކަމަށް ތުހުމަތުކޮށް ހޮސްޕިޓަލުން އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސައުދުﷲ ގެ މިތުހުމަތުތަކާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ޟިރާރު ވިދާޅުވީ އާއިލާއިން އެފަދަ ތުހުމަތެއް ކުރާނަމަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސް އެމައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. އިހުމާލެއްވާނަމަ އަދި އެކަން ހިނގާފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހިތާމައިގައި ބައިވެރިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުއްޖާ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ހިސާބުން ފަރުވާ ފަށާފައިވާ ކަމަށެވެ. އަދި ނުބައި އިންޖަކްޝަނެއް ޖަހާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

ސަދާ ނިޔާވި ވަގުތު އޭނާގެ ބޭބެ ސާދު ސައުދުﷲ (އުމުރުން 7 އަހަރު) ކައިރީގައި ހުއްޓެވެ. ދަރިފުޅުގެ ކުއްލި ވަކިވުމާއެކު ސަދާ މި ދުނިޔޭގައި ނެތްކަން އޭނަގެ ބޭބެ ކައިރީގައި ބުނަން މައިންބަފައިންނަށް ދަތިވިއެވެ. ހޯމަ ދުވަހުގެ ހެނދުނު ވެސް ބައްޕަ ކައިރީގައި ކޮއްކޮ ކޮބާހޭ ސާދު ވަނީ އަހާފައެވެ. މައިންބަފައިންނަށް އެންމެ ފަހުން ޖެހުނީ ސާދު ކައިރީގައި ލޯބިވާ ކޮއްކޮ ދުނިޔެ ދޫކޮށްފައިވާކަމުގެ ހިތާމަވެރި ޚަބަރު ދޭށެވެ.

ސާދުއާ ސަދާއަކީ ވަރަށް އެކުގައި އުޅުނު އެއްބަނޑު އެއްބަފާ ދެ ކުދިންނެވެ. އަހަރުގެ ދެކޮޅުގައި ވިހާފައިވާ ދެކުދިން އުޅުނީ ޓްވިންސް ކުދިން އުޅޭފަދައިން ކަމަށް ބައްޕަ ވަނީ ބުނެފައެވެ. ކޮއްކޮގެ ވަކިވުމާއެކު ބޭބެ ހުރީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށާއި ވަރަށް ދެރަވެފައި ކަމަށް ވެސް ސައުދުﷲ ބުންޏެވެ. އަދި އެއްވެސް ގޮތަކަށް ސާދު ވާހަކަ ނުދައްކާ ކަމަށް ވަނީ ބުނެފައެވެ.

ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ނޫރެވެ. މުޅި ފުރާނައެވެ. ދަރިންނަށްޓަކައި މައިންބަފައިން ވާ ގުރުބާނީގެ އަގު ދުވަހަކު ވެސް ވަޒަނެއް ނުކުރެވޭނެއެވެ. މިފަދައިން ސަދާގެ މަންމަ ސަފިއްޔާ އިބްރާހިމް ހަސަންގެ ލޮލުގެ ނުރަކީ ވެސް ސަދާއެވެ. މުޅި ފުރާނައަކީ ވެސް ދެކުދިންނެވެ. ސަދާގެ ކުއްލި މަރާއެކު ސަފިއްޔާ ވަނީ ވަރަށް ފުން ހިތާމައެއްގެ ތެރޭގައެވެ. ބައެއް ފަހަރު މަންމަމެން ދަތުރަކު އެއް ދުވަހަށް ދާން ޖެހުނަސް ދަރިން އެހެން މީހަކާ ހަވާލުކުރުމަށްފަހު ދެއެވެ. އެހެންނަމަވެސް ސަފިއްޔާ އަކީ އެގޮތަށް ވެސް ދަރިން ދުރުގައި ބަހައްޓަން ބޭނުންވާ މީހެއް ނޫނެވެ. ކޮންމެތާކަށް ދާން ޖެހުނަސް ދަނީ ދަރިން ގޮވައިގެންނެވެ. ދަރިންގެ އެއްވެސް ޒިންމާއެއް މީހަކާ ހަވާލުނުކޮށް ކުރީ އަމިއްލައަށެވެ.

ދަރިފުޅު މި ދުނިޔެ ދޫކުރިކަން އަދިވެސް ގަބޫލުކުރަން އެ މަންމައަށް ދައްޗެވެ. އިއްޔެ ހީ ސަމާސާކޮށްފައި އުޅުނު ލޮލުގެ ނޫރު މިއަދު ވަކިވެ ދިޔައީއެވެ. އުނގުތެރޭގައި ބޯއަޅައިގެން އޮވެ މަންމާއޭ ކިޔާ ގޮވާލާ އަޑުވެސް ދެން އެ މަންމައަކަށް ނީވޭނެއެވެ. ނަފްސާނީގޮތުން އެ މަންމަ މިއަދު ވަނީ ބަލިކަށިވެފައެވެ. ދަރިފުޅުގެ ހަށިގަނޑު މި ދުނިޔެއާ ވަކިވިޔަސް އެ ދަރިފުޅުގެ ޚިޔާލުތަކާ ދުރަށްދާކަށް މަންމަ ބޭނުމެއް ނުވެއެވެ. ދަރިފުޅުގެ ހެދުންތަކާއި އެއްޗެހި ރައްކާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ހެދުންތައް އަބަދަށްވެސް ބަހައްޓާނެ ކަމަށް ބުންޏެވެ.

ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީ ވެސް އިމްތިހާނެކެވެ. އުފާވެރިކަމެއް ދިމާވިޔަސް ހިތާމަވެރިކަމެއް ދިމާވިޔަސް އަޅުތަކުންނަށް އޮތީ ﷲއަށް ވަކީލުކޮށް އެކަމަށް ކެތްތެރިވުމެވެ. އަޅުގަނޑުމެންގެ ދުއާ އަކީ ވެސް ސަދާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. ސަދާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ.

ފުވައްމުލައް ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު