Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑީސީޖޭ ސްޕޯޓްސް އެކެޑަމީ

ދިއްގަރުގެ ޑީސީޖޭ ސްޕޯޓްސް އެކެޑަމީ އަލުން ފެށިގެން ކުރިއަށް

4 އޮކްޓޯބަރު 2021 | ހޯމަ 10:49

މި ފަހަރު އެކެޑަމީގެ ހަރަކާތްތަކުގައި ޖުމްލަ 97 ކުދިން ބައިވެރިވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އޮކްޓޯބަރު 2021 | ހޯމަ 10:49
ޑީސީޖޭ ސްޕޯޓްސް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ޑީސީޖޭ ސްޕޯޓްސް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު މ. ދިއްގަރުގައި ކުރިއަށްގެންދާ ޑީސީޖޭ ސްޕޯޓްސް އެކެޑަމީގެ ހަރަކާތްތައް އަލުން ފަށައިފިއެވެ.

ދިއްގަރަށް ނިސްބަތްވާ ޑީސީޖޭ ސްޕޯޓްސް ކުލަބުން އެ ރަށުގައި އެންމެ ފުރަތަމަ އެކެޑަމީ ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހެވެ. އެ ފަހަރު އެކެޑަމީ ފެށުމަށް ދިއްގަރުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމެވެ.

އެކަމަކު ކޮވިޑާ ގުޅިގެން މާ ގިނަ ދުވަސްތަކެއް ނުވެ އެކެޑަމީގެ ހަރަކާތްތައް މެދުކަނޑާލަން ޖެހުނެވެ. އެއަށްފަހު އަލުން އެ އެކެޑަމީގެ ހަރަކާތްތައް ފަށާފައިވަނީ އާދީއްތަ ދުވަހެވެ. "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ޑީސީޖޭ ސްޕޯޓްސް ކުލަބުގެ ޗެއާމަން އިސްމާޢީލް މާހިދު ވިދާޅުވީ މި ފަހަރު އެކެޑަމީގެ ހަރަކާތްތަކުގައި ޖުމްލަ 97 ކުދިން ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި އެކެޑަމީގެ ހަރަކާތްތައް ކުރިއަށްދަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ދިއްގަރުގައި ކުރިއަށްދާ ޑީސީޖޭ ސްޕޯޓްސް އެކެޑަމީގައި އަދި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފިރިހެން ކުދިންނަށް ފުޓްބޯޅައިގެ ހަރަކާތްތަކެވެ. މި އެކެޑަމީގައި ޖުމްލަ ފަސް ކޯޗުން ހަރަކާތްތެރިވަމުން އަންނައިރު، ކުދިން ތަމްރީނުކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑީ ލައިސަންސް ސެޓްފިކެޓް ހާސިލުކޮށްފައިވާ ތިން ކޯޗުން ހަރަކާތްތެރިވަމުން އަންނަ ކަމަށް މާހިދު ވިދާޅުވިއެވެ.

ޑީސީޖޭ ސްޕޯޓްސް ކްލަބުން މައުލޫމާތުދޭ ގޮތުގައި ދިއްގަރުގައި ސްޕޯޓްސް އެކެޑަމީއެއް ކުރިއަށްގެންދިޔުމަށް ނިންމީ އެ ރަށުގައި ކުޅިވަރުން ރަނގަޅު ޖީލެއް ބިނާކުރުމާއެކު، އަޚުލާގު ރަނގަޅު ކުޅުންތެރިންތަކެއް އެންމެ މަތީ ފެންވަރުގައި ކުޅިވަރަށް ނެރުމަށް ކަމަށެވެ. މިއީ ދިއްގަރުގައި ކުޅިވަރަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިފަދަ ފުރަތަމަ އެކެޑަމީއެވެ.

ޑީސީޖޭ ސްޕޯޓްސް އެކެޑަމީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް