Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލަށް މި ފަހަރުގެ ލީގުގެ ފުރަތަމަ ބަލި

ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ 17 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޮކްޓޯބަރު 2021 | އާދީއްތަ 21:13
އެސްޕަންޔޯލާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޕަންޔޯލާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެސްޕަންޔޯލް އަތުން ބަލިވެ, މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 17 ވަނަ މިނެޓުގައި އެސްޕަންޔޯލުން ވަނީ ލީޑު ނަގާފައެވެ. އެޑްރިއާން އެމްބާބާ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ޑެ ޓޯމާސްއެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި އަލެކްސް ވިޑާލް ވަނީ އެސްޕަންޔޯލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސޮސިއެޑާޑުގެ ސާޖީ ޑާޑާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ 67 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ރެއާލަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ކުރިން އެ ޓީމުގެ ލޫކާ ޔޮވިޗް އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބެންޒެމާ ދިން ބޯޅައަކުން އެޑެން ހަޒާޑް ރެއާލަށް ލަނޑެއް ޖަހައިދިން ނަމަވެސް، ބެންޒެމާ އޮފްސައިޑުގައި ހުރުމުން އެ ލަނޑުވެސް ބަލައިގެންފައެއް ނުވެއެވެ.

މި ނަތީޖާއާއެކުވެސް ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލެވެ. އެއްވަނައިގައި އޮތް ރެއާލާއި، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި އަދި ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ކުޅުނު އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު