Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަމާލް ޚާޝަގްޖީގެ މަރު

ޖަމާލް ޚާޝަގްޖީގެ މަރަށް 3 އަހަރު – އަދިވެސް އިންސާފެއް ނުލިބޭ!

ކޮންސިއުލޭޓަށް ޚާޝަގްޖީ ގޮސްފައިވަނީ ކައިވެނި ކުރުމަށް ބޭނުންވާ ލިޔުންތަކެއް ހޯދުމަށް

އާދަމް ސައީދު
އާދަމް ސައީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 17:37
ޖަމާލް ޚާޝަގްޖީ

ޖަމާލް ޚާޝަގްޖީ

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައޫދީ އަރަބިޔާގެ ކޮންސިއުލޭޓުގެ ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ސައޫދީ އަރަބިޔާގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ޚާޝަގްޖީގެ މަރަށް 3 އަހަރު ފުރިއްޖެއެވެ. އެކަމަކު އަދިވެސް އިންސާފެއް ނުލިބެއެވެ.

ޚާޝަގްޖީއަކީ ތުރުކީ ދަރިކޮޅަކަށް ނިސްބަތްވާ ސައޫދީ ރައްޔިތެކެވެ. އޭނާގެ ކާފަ މުހައްމަދު ޚާޝަގްޖީއަކީ ސައޫދީ އަރަބިޔާގެ ބާނީ އަބްދުލްއަޒީޒް އާލް ސައޫދުގެ ޚާއްސަ ޑޮކްޓަރެވެ. ސައޫދީ އަރަބިޔާގައި އުޅުމުގެ ތެރޭގައި ސައޫދީ އަންހެނަކާ ކައިވެނިކޮށްގެން އާއިލާއެއް އުފެއްދީއެވެ. ތުރުކީވިލާތުގައި ވެސް މި އާއިލާގެ އެތައް ބަޔަކު އެބަތިއްބެވެ.

އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް 2018 ގެ އޮކްޓޫބަރު 2 ވަނަ ދުވަހު މެންދުރު 1 ޖެހިއިރު ޖަމާލް ޚާޝަގްޖީ ގޮސްފައިވަނީ އޭނާގެ އައު ލޯބިވެރިޔާ ތުރުކީގެ ޚަދީޖާ ޖަންކީޒްއާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ. ޚާޝަގްޖީ ނިކުންނާނޭ ވަގުތަކަށް ބޭރުގައި މަޑުކޮށްގެން ޖަންކީޒް ހުރީއެވެ. އެހެން ހުރެހުރެ 3 ގަޑިއިރު ވެގެންދިޔައިރު ވެސް ނުނިކުމެ ޚަބަރެއްވެސް ނުވުމުން އެކަން ތުރުކީވިލާތުގެ ފުލުހުންނަށް ރިޕޯޓްކުރީ ޖަންކީޒެވެ.

އެވަގުތުން ފެށިގެން ޚާޝަގްޖީއަކީ ގެއްލިފައިވާ މީހެއްގެ ގޮތުގައި ބެލެވުނެވެ. ދެން ބޮޑު ސުވާލަކަށްވީ އޭނާ ވީ ކޮންތާކުތޯއެވެ؟ މަރުވީ ހެއްޔެވެ؟ ނުވަތަ މެދުއިރުމަތީގެ ނުފޫޒުގަދަ ގައުމުތަކުގެ އާދަކާދަ ހުންނަ ފަދައިން ގެއްލުވާލީ ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބުތައް ގިނަ ބަޔަކަށް ލިބިގެންދިޔައީ އަލްޖަޒީރާއިން ނެރުނު ތަހުގީގީ ރިޕޯޓަކާއި ސީއެންއެންގެ ރިޕޯޓަކާއި ގުޅިގެންނެވެ. މި ޖަވާބުތައް ވީ، މުޅި ދުނިޔެ ސިއްސުވާލި ޖަވާބު ތަކަކަށެވެ. ސީއެންއެންގެ ރިޕޯޓުގައިވާ ގޮތުގައި ޚާޝަގްޖީ މަރައިލީއެވެ. އެކަންކުރީ ސީދާ ސައޫދީ ރަސްކަމުގެ ވަލީއަހުދުގެ އެންގުމަކަށް ކަމަށް ތަހުގީގަށް ގަބޫލުކުރެވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ސައޫދީ ސަރުކާރުން ބުނެފައިވަނީ މިކަމުގެ އެއްވެސް މައުލޫމާތެއް ވަލީއަހުދަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއީ ސައޫދީ ސަރުކާރުގެ ތެރެއިން ބަޔަކު އަމިއްލައަށް ހިންގި އޮޕަރޭޝަނެއް ކަމަށްވެސް ބުނެފައިވެއެވެ.

ގޮތް ނޭނގިފައި އޮތް މަރުގެ މި މައްސަލައަށް އިތުރު އަލިކަމެއް ލިބިގެންދިޔައީ އިސްތަންބޫލްގައި ހުންނަ ސައޫދީގެ ކޮންސިއުލޭޓުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހަކު ދީފައިވާ އިންޓަވިއުއަކުންނެވެ. އޭނާ ބުނެފައިވަނީ ކޮންސިއުލޭޓުގައި ހެދި އަވަނަކީ ސައޫދީގެ ވެރިން އަންގައިގެން ހެދި އަވަނެއް ކަމަށާއި އެ އަވަނަކީ 1000 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްލެވޭ އަވަނެއް ކަމަށެވެ. އަދި ޚާޝަގްޖީ މަރާލުމަށްފަހު އޭނާގެ ފުރާނަނެތް ހަށިގަނޑު ކުދިކޮށް ކޮށުމަށްފަހު ކޮތަޅުތަކަށް އަޅައިގެން ގެންގޮސް އެ އަވަނަށް ލައި އަންދާލާފައިވާ ކަމަށެވެ.

މިކަމަށް ބާރުދެމުން ތުރުކީގެ އިންވެސްޓިގޭޓަރުން ބުނެފައިވަނީ، އަވަނުގެ ތެރޭގައި ޚާޝަގްޖީގެ މަސްތައް އަންދާލުމަށްފަހު، ބައިވަރު ކުކުޅާއި، އެހެނިހެން އެއްގަމު މަސް ފިހެފައިވާ ކަމަށެވެ. އަވަނަށް ލައިގެން ޚާޝަގްޖީގެ އެކި ބައިތައް ނައްތާލާފައި ވަނީ ތިން ދުވަސް މަތިން ކަމަށާއި ސައޫދީ ކޮންސިއުލޭޓްގެ ފާރުން ޚާޝަގްޖީގެ ލޭވެސް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. މި މައްސަލާގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ކަމަށްވެސް ތުރުކީން ވަނީ ބުނެފައެވެ. ނަމަވެސް ސައޫދީ ސަރުކާރުން ވަނީ މިކަމުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާނޭކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގުގައި 31 މީހުންގެ މައްޗަށް ޚާޝަގްޖީ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނުއިރު، މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މީގެ ތެރެއިން 21 މީހުންނެވެ. އަދި 2019 ގައި ސައޫދީ އަރަބިޔާގެ ވެެރިރަށް ރިޔާޒުގެ ކޯޓެއްގައި މި ޝަރީއަތް ފެށި މީގެ ތެރެއިން 5 މީހަކަށް މަރުގެ އަދަބު ވަނީ އެކަށައެޅިފައެވެ. ހުކުމް އިއްވާފައިވަނީ މީހަކު މަރާލުމާއި މީހަކު މަރާލުމުގައި އަމަލީ ގޮތުން އެހީވިކަމުގެ ކުށުގައެވެ. އިތުރު 4 މީހެއްގެ މައްޗަށް ވަނީ 24 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

މި ސަރިޔަތާއި މި ހުކުމާއިމެދު ވަރަށް ގިނަ ބަޔަކު ގެންދިޔައީ ސުވާލު އުފައްދަމުންނެވެ. ސަބަބަކަށްވީ ތުރުކީން ކުރިޔަށް ގެންދިޔަ ތަހުގީގެވެ. އެ ތަހުގީގުން ސާފުވިގޮތުގައި ސައޫދީ ސިފައިންގެ 3 އޮފިސަރުންގެ އެހީއާއި ލަފަޔާއެކު ޚާޝަގްޖީ މަރާލުމުގައި ބައިވެރިވެފައިވަނީ ސައޫދީ އަރަބިޔާއަށް ނިސްބަތްވާ 15 އޭޖެންޓުންނެވެ. އެމީހުން ހާޝަގްޖީ މަރާލުމުގެ 3 ދުވަސް ކުރިން ތުރުކީގެ އިސްތަންބޫލަށް އައިސްފައިވާކަން ވެސް ވަނީ ހާމަވެފައެވެ. މިކަމުގައި ސައޫދީ ސަރުކާރުގެ އެންމެ އެތެރެއިން ބޭފުޅުން ބައިވެރިވެ ނުފޫޒު ބޭނުންކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ނެރުނު ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން މި މަރުގައި ސައޫދީ ރަސްކަމުގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ފުރިހަމަ ބައިވެރިވުން އޮތެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެގައުމުގެ ސެކިއުރިޓީ އަދި އިންޓެލިޖެންސް މުއައްސަސާތަކުން އައީ ޚާޝަގްޖީ މެރުމަށް ރާވަމުންނެވެ.

ޚާޝަގްޖީ މަރާލުމުގެ ރޭވުންތަކުގައި ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ފަރާތުން 7 މީހަކު ބައިވެރިވިއެވެ. އެމީހުންނަކީ ސައޫދީ ރެޕިޑް އިންޓަވެންޝަން ފޯސްގެ ގޮތުގައި އެނގިފައިވާ ލަޝްކަރުގެ ތެރެއިންވާ ބައެކެވެ. ޚާޝަގްޖީއަކީ ސައޫދީ ރަސްކަމަށް އޮތް ބިރެއްކަމަށާއި އޭނާ ހަނު ބެހެއްޓުމަށް ކޮންމެ ކަމެއްވެސް ކުރަން މަޖުބޫރުވެފައިވާކަމަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވެފައިވާ ކަމަށް މި ބަޔާނުގައިވެއެވެ.

ނަމަވެސް މިކަމާއި ގުޅިގެން މިއަހަރު ޚާޝަގްޖީގެ ދޮށީ ފިރިހެން ދަރިފުޅު އެ އާއިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ބުނެފައިވަނީ ޚާޝަގްޖީގެ ގާތިލުންނަށް މައާފުކޮށްފައިވާ ކަމަށާއި ބައްޕަގެ މަރުގެ ބަދަލު ބޭނުން ނުވާކަމަށެވެ. މިކަން މިހެންއޮތް ކަމުގައި ވިޔަސް ގިނަ ބަޔަކުދެކޭ ގޮތުގައި މިއީ އަދިވެސް ގިނަ ސިއްރުތަކެއް އެކުލެވޭ ބޮޑު ރޭވުމެކެވެ. މިކަމުގެ ފަހަތުގައި އޮތީ ސައޫދީ ސަރުކާރެވެ.

ސައޫދީ އަރަބިއްޔާތުރުކީއެމެރިކާޚާޝޮގްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު