Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް

ދީމާ އާއި ރަފާގެ ޕެއާއިން ލަންކާގެ އެއްވަނަ ޕެއާ ބަލިކޮށްފި

ދެވަނަ ބުރުން ދީމާ އާއި ރަފާގެ ޕެއާ ވަނީ ބަލިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޮކްޓޯބަރު 2021 | އާދީއްތަ 13:33
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަގެ މެޗެއްގެ ތެރެއިން ދީމާ އާއި ރަފާ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަގެ މެޗެއްގެ ތެރެއިން ދީމާ އާއި ރަފާ

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާއިން މި ސަރަހައްދުގެ ގަދަބާރު ސްރީ ލަންކާގެ އެއްވަނަ ޕެއާ ބަލިކޮށްފިއެވެ.

ލަންކާގެ ރޭންކިންގެ އެއްވަނައިގައި އޮތް އިޝާރާ މަދުރަންގީ އާއި ރޭންކިންގެ ހަތަރުވަނައިގައި އޮތް ބިމާންދީ ބަންޑާރަ ހިމެނޭ ޕެއާގެ މައްޗަށް ދީމާ އާއި ރަފާގެ ޕެއާ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 11-8، 11-6 އަދި 12-10 އިންނެވެ.

ލަންކާގެ ޕެއާ ބަލިކޮށް އޭޝިއާ މުބާރާތުގެ ދެވަނަ ބުރަށް ދީމާ އާއި ރަފާގެ ޕެއާ ދަތުރުކުރި ނަމަވެސް، ދެވަނަ ބުރުގައި އެ ޕެއާ ކުޅެން ޖެހުނީ ހޮންކޮންގްގެ އުމުރުން ދޮށީ ދެ ކުޅުންތެރިން ކަމަށްވާ، ޒީހޫ ޗެންޗޫ އާއޮ އެން ވިންގް ނާމުގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުން ހޮންކޮންގެ ޕެއާ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމު ވާދަކުރަމުން އަންނައިރު، އަންހެން ޓީމުން މީގެ ކުރިން ވަނީ ޓީމު އިވެންޓް ބައިގައި ގަތަރާއި ބަންގްލަދޭޝް ބަލިކޮށްފައެވެ. އެގޮތުން ގަތަރުގެ މައްޗަށް ރާއްޖޭގެ އަންހެން ޓީމުން ކުރިހޯދީ 3-1 އިންނެވެ. އަދި ބަންގްލަދޭޝް އަތުން ރާއްޖޭގެ އަންހެން ޓީމު މޮޅުވީ ފަސޭހަކަމާއެކު 3-0 އިންނެވެ.

މި އަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމުން ވާދަކުރަމުން އަންނައިރު، މި މުބާރާތުގެ އަމާޒަކީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުން ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމު ވާދަކުރާއިރު، މިއީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދެމުން އަންނަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއެވެ. 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
28 އޯގަސްޓު 2023

އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު