Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުދި ކުށް ކުރާ މީހުންނަށް ޖަލު ހުކުމް

ކުދި ކުށް ކުރާ މީހުންނަށް ޖަލު ނޫން އަދަބު ދިނުމުގެ ނިޒާމު މިހާރު ވަނީ އަތުރާލެވިފައި: ކޮމިޝަނަރ އޮފް ޕްރިޒަންސް

ކަރެކްޝަންސްއިން މަސައްކަތްކުރަމުންދަނީ އެކަން ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 02:09
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

ކުދި ކުދި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޖަލު އަދަބު ނޫން އަދަބެއް ދީގެން އެމީހުން ފަރާތުން އޭގެ ބަދަލު ހޯދުމުގެ ނިޒާމު މިހާރު އެކުލަވާލެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އަހިންސާ ދުވަހާއި ގުޅުވައިގެން ހޯމް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސީޕީ އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އެކުލަވާލެވިފައިވާގޮތުން ކިތަންމެ ކުޑަ ކުށެއް ކުރާ މީހާއަށްވެސް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖަލު ހުކުމް ކަމަށެވެ. ހުއްދަ ނެތް ތަނަކަށް ވަދެގެން ވިޔަސް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ޖަލަށް ލުން ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މިފަދަ ކުށްތަކުގައި ޖަލަށް ލައި އަދަބު ދިނުން ނޫން އެހެން އަދަބުތައް ދީ، އޭގެ ބަދަލު ހޯދުމަކީ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ. ގިނަ ފަހަރަށް އެ ބަދަލު ހޯދަނީ މުޖުތަމައުގައި ބަހައްޓައިގެން އެމީހުންގެ ކަންކަން މޮނިޓަރ ކޮށްގެންނާއި، ގޭ ބަންދުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިންވެސް މިހާރު ދަނީ މި ނިޒާމާ ދިމާލަށް ކަމަށް ސީޕީ ވިދާޅުވިއެވެ. އެކަމަށްޓަކައި ސުޕްރީމް ކޯޓުން ވަރަށް ޚާއްސަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، މިފަދަ ކުށްތަކުގައި ޖަލު ނޫން އަދަބެއް ދެވޭނެ އިޖުރާއަތެއް ކަނޑައަޅާފައިވާ ކަމަށް ސީޕީ އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ. މި ނިޒާމު މިހާރު އޮތީ އެތުރިފައިކަމަށާއި، ކަރެކްޝަންސް ސަރވިސްއިން މަސައްކަތްކުރަނީ އެކަން ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގާތްގަނޑަކަށް 100 އެއްހާ މީހުން މިހާރުވެސް އެއް އަހަރަށް ވުރެ ކުރު މުއްދަތަށް ޖަލަށް ލާފައި އެބަތިބި ކަމަށެވެ. މި ނިޒާމަށް އަމަލުކުރަން ފެށުނީމަ މިފަދަ ކުދި ކުށް ކުރާ މީހުންނަށް ޖަލު ނޫން އަދަބު ދެވި، އެމީހުން ހެޔޮ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ރާއްޖޭގައި އަދަބު ދިނުމުގެ ތެރޭގައި ވަރަށް އަނިޔާވެރި އަދަބުތައް ދީފައިވާކަން ފެންނަ އެބަ އޮތް ކަމަށެވެ. މިކަމުގެ ނޭދެވޭ އަސަރު މުޖުތަމައުގެ ތެރެއިން އަދިވެސް ރަނގަޅަށް ފިލައި ނުދާކަމަށް ވިދާޅުވިއެވެ.

މިގޮތުން ފެހި ގާނޫނު އަސާސީ ވުޖޫދުވުމާއެކު އެއިން ކަށަވަރުކޮށްދިން އެއް ކަމަކީ މީހަކަށް އަނިޔާ ކޮށްގެން ކަމެއް ރަނގަޅު ނުވާނެކަން ކަމަށް ސީޕީ ވިދާޅުވިއެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން މިފަދަ މީހުންނަށް ދެވޭނެ އަދަބުތަކާއި، އެޅޭނެ ފިޔަވަޅުތައް އެބަހުރި ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅުމިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

23 މާރިޗު 2024
ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

20 ޑިސެމްބަރު 2023
ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް މަޤާމުން އިސްތިއުފާ ދެއްވަނީ

15 ނޮވެމްބަރު 2023
މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

މިހާރު ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ތަސައްރަފު ފުދެމުން އަންނަތަންފެނޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 އޮކްޓޯބަރު 2023
ގައިދީންގެ ރިހެބިލިޓޭޝަނަކީ ހަމައެކަނި ކަރެކްޝަނުން ކޮށްނިންމޭނެ މަސައްކަތެއް ނޫން - ސީޕީ

ގައިދީންގެ ރިހެބިލިޓޭޝަނަކީ ހަމައެކަނި ކަރެކްޝަނުން ކޮށްނިންމޭނެ މަސައްކަތެއް ނޫން - ސީޕީ

02 ޖޫން 2023

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު