Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށްކުރާ ބިދޭސީންނަށް ފިޔަވަޅު އެޅުން

"ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން، ކުށް ކުރަނީ ގިނަ ބަޔަކު ހިމެނޭހެން"

ފައިސާގެ މައްސަލަ ޖެހޭ ބިދޭސީން ފިލައިގެން އުޅުމާއި، ފައިސާ އަށް ސަލާންޖެހުން ފަދަ މައްސަލަތައް ފާހަގަކުރެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 07:41
ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ރާއްޖޭގައި ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން ކަމަށާއި އެކަން ކުރަނީ ގިނަ ބަޔަކު ހިމެނޭ ގޮތަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެފަދައިން ބުނެފައި ވަނީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުالله އާއި ކުރެއްވި ސުވާލެއްގެ ޖަވާބާއެކު ހިއްސާކުރެއްވި ލިޔުންތަކުގައެވެ. ލިޔުމުން ޖަވާބު ހޯއްދެވުމަށް އޭނާ ސުވާލުކުރައްވާފައި ވަނީ މާލެ އާއި އަތޮޅުތެރޭގައި ވަރކްޕާމިޓާއި ވިސާ ނެތި ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ޢާންމު އިޖްތިމާޢީ މިންގަނޑުތަކީ ޚިލާފުވާ މައްސަލަތައް ހުއްޓުވުމަށާއި އަދި މިފަދަ ފަރާތްތަކުން ދިވެހިންނަށް ލިބިފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ޤާނޫނާއި ޚިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި 3 އަހަރު ކުރައްވާފައިވާ މަސައްކަތަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ.

Advertisement - newsAdvertisement

އެ ސުވާލުގެ ޖަވާބާއެކު މިނިސްޓަރު ވަނީ އެފަދަ މައްސަލަތައް ހައްލުކުރަން ކުރި މަސައްކަތްތަކާއި ގުޅޭ ތަފްސީލާއި އެ މަސައްކަތަށް އޮތް ގޮންޖެހުންތަކާާމެދު ފުލުހުން ހާމަކުރައްވާފައިވާ ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ. ހަށިވިއްކުމުގެ އަމަލުތައް ހިންގުމަށް ދިވެހިންނާއި ގުޅިގެން ބިދޭސީން އެޕާޓްމެންޓްތައް ނަގާ އެތަންތަނަށް ޚަރަދުގައި، އެ އެޕާޓްމެންޓުގައި ތަންތަން ހިންގަމުންދާ ކަމަށް ބުނެފައިވެއެވެ.

އެ ލިޔުމުގައި ފުލުހުން ވަނީ ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ކުށްކުރާ ބިދޭސީން ބަލަހައްޓާނެ ޑިޓެންޝަން ސެޓަރެއް ނެތުމުން އެ މީހުން ދޫކޮށްލަން ޖެހުން ހިމެނޭ ކަމަށެވެ. އަދި މޮނިޓަރ ކުރަން ޖެހޭ ފަރާތްތަކަށް ބިދޭސީން މޮނިޓަރ ނުކުރެވުމުން ކުށްތައް ތަކުރާރުވާ ކަމަށް ފުލުހުން ބުނެއެވެ. ޖުވާ ކުޅުމާއި ހަށި ވިއްކުން ފަދަ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން ބޮޑުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ މައްސަލަތައް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ހަށިވިއްކުމުގެ އަމަލުތައް ހިންގުމަށް މަސާޖުގެ ޚިދުމަތް ދިނުމަށް ޕާލާތައް އިޝްތިހާރުކޮށް އެތަނުގައި ހަށިވިއްކުމާއި މަސާޖް ޕާލާ އިޝްތިހާރުކުރުމަށް އެކަށީގެން ނުވާ ހެދުމާއި ޕޯސްޓްގެ ފޮޓޯ އާއްމު ކުރުމާއި، ހަށިވިއްކުމުގެ އަމަލު ކުރުމަށް ސޯޝަލް މީޑިއާ ގްރޫޕްތައް ހަދާ ބަރަހަނާ ނުވަތަ އެކަށީގެން ނުވާ ފޮޓޯ އާއްމު ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި އިޖުތިމާއީ މިންގަނޑާއި ޚިލަފު އަމަލުތައް ހުއްޓުވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އިތުރު މައްސަލަތައް ފާހަގަކުރެވުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، ފައިސާގެ މައްސަލަ ޖެހޭ ބިދޭސީން ފިލައިގެން އުޅުމާއި، ފައިސާ އަށް ސަލާންޖެހުން ފަދަ މައްސަލަތައް ފާހަގަކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބިދޭސީންމޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓްރީ އޮފް ހޯމް އެފެއަރޒްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު