Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުތަކުގެ ހާލަތު ރަނގަޅު ކުރުން

"ޖަލުތަކަށް އެކަށީގެންވާ ބަދަލުތަކެއް އައިސްފައިވާކަން ރައީސް ޔާމީނުވެސް ގަބޫލު ކުރެއްވި"

2 އޮކްޓޯބަރު 2021 | ހޮނިހިރު 11:33

މަޤާމާއި ހަވާލުވެވަޑައިގެންނެވި މައިގަނޑު ސަބަބަކީވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 11:33
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުވެސް ގަބޫލު ކުރައްވާކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޖަލުތަކުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި މައިގަނޑު ސަބަބަކީވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުން ކަމަށެވެ. ޖަލުތަކުގައި 2000 އެއްހާ ގައިދީން އަބަދުވެސް އުޅެމުންދާއިރު، އެކަމުގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު ބޮޑުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ޖަލުގައި ހޭދަކުރެއްވި މުއްދަތުގައިވެސް ޖަލުގައި ހުރި މައްސަލަތައް ވަރަށް ބޮޑަށް ފަހުމުވެވަޑައިގެންނެވި ކަމަށެވެ. އެ ހާލަތަށް ބަދަލެއް ގެނައުމުގެ ވަރުގަދަ އަޒުމެއް މަގާމާއި ޙަވާލުވެވަޑައިގެންނެވިއިރުވެސް އޮތްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިހާރުވެސް އެދެވޭ ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް އެބަހުރިކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވި ދުވަހުވެސް އެ ވާހަކަތައް ހިއްސާ ކުރެއްވި ކަމަށެވެ. އެގޮތުން ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ނުގެނެވުނު ބޮޑެތި ބަދަލުތައް ގެނެވިފައިވާކަން ޔާމީނު އަރިހުގައި ދެންނެވުމުން، އެއީ ޖަލުގައި ހޭދަ ކުރެއްވުމުން ޖަލުގެ ހާލަތު އެނގިވަޑައިގަތުމުގެ ސަބަބުން ގެންނެވުނު ބަދަލުތަކެއްކަމަށް ޔާމީނު ވިދާޅުވިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ޔާމީނަށްވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ދެން އެ ބަދަލުތައް ގެންނަވަން އެނގިވަޑައިގަންނަވާނެކަމަށް އަމިއްލަފުޅަށް ވިދާޅުވިކަން މިނިސްޓަރ އިމްރާން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޖަލުތަކަށް އެކަށީގެންވާ ބަދަލުތަކެއް އައިސްފައިވާކަން ޚުދު ރައީސް ޔާމީނުވެސް ގަބޫލު ކުރެއްވިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އެކަމަކީ ގިނަ ހޭދަތަކެއް ކުރަންޖެހޭ އަދި، ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާނެ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، ޖަލުތަކުގެ ޖާގަ އިތުރުކޮށް ކުރިން ޖަލުގެ ހާލާތު ހުރި ވަރަށްވުރެ ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ސަރުކާރުން ޖަލުތަކުގެ ހާލަތު ބެލުމަށްފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އައްސޭރި ޖަަލުމިނިސްޓަރ އިމްރާންހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

06 އޮކްޓޯބަރު 2023
ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
17 ސެޕްޓެމްބަރު 2023

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން
13 ސެޕްޓެމްބަރު 2023

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް
01 ސެޕްޓެމްބަރު 2023

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން
31 އޯގަސްޓު 2023

ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން

31 އޯގަސްޓު 2023
ރާއްޖެ ތަރައްގީކުރެވޭނީ ތަބީއީ ގޮތުން ރާއްޖެ އުފެދިފައިވާގޮތާ އެއްގޮތަށް ތަރައްގީކުރަން އެނގޭ ވެރިއަކަށް: އިމްރާން
12 އޯގަސްޓު 2023

ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު

12 އޯގަސްޓު 2023
ދާންދުއަށާއި ދާންދޫ ކައުންސިލުގެ ރައީސަށް އިމްރާންގެ ތައުރީފު
11 އޯގަސްޓު 2023

ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން

11 އޯގަސްޓު 2023
ރައީސް ވަޑައިގަންނަވާއިރު ހުރަސްއަޅާ ފަރާތްތައް ދުރަށް ޖައްސަނީ ދައުލަތެއްގެ ހަމަ ހިފަހައްޓަން : ހޯމް މިނިސްޓަރ އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް