Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެއްކާ ބެހޭ ބިލުގެ ކަންބޮޑުވުންތައް

މިހާރު އޮތް ގޮތަށް ހެއްކާ ބެހޭ ބިލް ފާސްވެއްޖެނަމަ މީޑިއާތަކަށް ކޮޅަށް ނުތެދުވެވޭނެ: ވަކީލު ނިޝާން

ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖަނަމަ މިމައްސަލައާގެން ކޯޓަށް ދާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 08:53
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް،

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް،

މިހާރު އޮތް ގޮތަށް ހެއްކާ ބެހޭ ބިލް ފާސްވެއްޖެނަމަ މީޑިއާތަކަށް ކޮޅަށް ނުތެދުވެވޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ މިބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖަނަމަ މިމައްސަލައާގެން ކޯޓަށް ދާނެ ކަމަށެވެ. އަދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމާއްދާ ބާތިލް ކުރުމަށް ހުށަހަޅާނެ ކަމަށާއި، ގާނޫނާ ޚިލާފު މާއްދާއެއްކަމުން ބާތިލް ވެސް ކުރެވޭނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިޝާން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އެގޮތަށް ފާސްވެއްޖެނަމަ ހާލަތު ބަދަލުވެ، މީޑީއާތަކަށް ކޮޅަށް ނުތެދުވެވޭނެ ކަމަށާއި، އަދަބުތަކާއި ކުރިމަތިލާން ޖެހި ރަނގަޅު މައުލޫމާތާއެކު ޚަބަރުތައް ނުގެނެސްދެވި، ވާނުވާ ނޭނގޭ ހިސާބަށް ކަންކަންދާނެ ކަމަށެވެ.

ނިޝާން ވިދާޅުވީ ހެއްކާ ބެހޭ ބިލަށް މީޑިއާތައް ވެއްދުމަކީ ގާނޫނީ ގޮތުން ފިއްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ގާނޫނުގައި ބަޔާން ކުރާ ގޮތަށް މާއްދާތައް ގާނޫނީ އިމުގެ ތެރެއިން ވެއްދުމަށްފަހު ގާނޫނުގައި ބަޔާންކުރާ ގޮތަށް އެބަޔަކު އެ އޮންނަ އުސޫލުން ކަންކަން ކުރަން ފަސޭހަ ކުރުމަށްޓަކައި ގާނޫނެއް ގެނެސްގެން އެބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގެ ތެރެއަށް މީޑިއާތަކާ ބެހޭ ކަންކަން ގެންނަން ނުޖެހޭ ކަމަށާއި، މީޑިއާތަކަކީ ވަކި މުސްތަގިއްލު ބައެއް ކަމަށެވެ. މީޑީއާތަކަކީ ވަކި ގާނޫނަކުން އިސްތިސްނާ ކުރެވިފައިވާ ބައެއް ކަމަށްވާއިރު، ހެއްކާ ބެހޭ ގާނޫނަށް މާއްދާއެއް އިތުރުކޮށް މަސްދަރު ހޯދަން ތެދުވުމަކީ ގާނޫނު އަސާސީއަށް އަރައިގަތުން ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި އެމާއްދާ އެގޮތަށް ހިމާނާފައި އޮތުމުން އެކަން ކުއްވެރިކުރާ ކަމަށާއި، އެމާއްދާ އަނބުރާ ގެންދިއުމަށް ދައުލަތުން ނިންމި ނިންމުމަށް ސެލިއުޓް ކުރާ ކަމަށް ނިޝާން ވިދާޅުވިއެވެ.

ހެއްކާ ބެހޭ ބިލުގެ 136ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ، މައްސަލައެއްގެ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށްގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައިއޮތް އާންމު މަސްލަހަތު ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށެވެ.

މުހައްމަދު ނިޝާން އިބްރާހިމް

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

މި ސަރުކާރަށްވި 713 ދުވަސް ތެރޭގައި ގޯއްޗާއި ފްލެޓު މައްސަލާގައި 492 ފަހަރަށް ރައްޔިތުން އެއްވުންތައް ބާއްވައިފި

01 ނޮވެމްބަރު 2025
މި ސަރުކާރަށްވި 713 ދުވަސް ތެރޭގައި ގޯއްޗާއި ފްލެޓު މައްސަލާގައި 492 ފަހަރަށް ރައްޔިތުން އެއްވުންތައް ބާއްވައިފި
27 އޮކްޓޯބަރު 2025

މުއިއްޒުގެ ސަރުކާރުން ގާނޫނު ތަކަށް ބަދަލު ގެންނަމުން ދަނީ އެއްވެސް ގާނޫނީ ހަމައަކަށް ބެލުމެއް ނެތި: ނިޝާން

27 އޮކްޓޯބަރު 2025
މުއިއްޒުގެ ސަރުކާރުން ގާނޫނު ތަކަށް ބަދަލު ގެންނަމުން ދަނީ އެއްވެސް ގާނޫނީ ހަމައަކަށް ބެލުމެއް ނެތި: ނިޝާން
16 އޮކްޓޯބަރު 2025

ފްލެޓު އަތުލުމުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ޕީޖީ އަށް ގޮވާލައިފި

16 އޮކްޓޯބަރު 2025
ފްލެޓު އަތުލުމުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ޕީޖީ އަށް ގޮވާލައިފި
16 އޮކްޓޯބަރު 2025

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު