Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ނިޝާން އިބްރާހިމް

ވަޅިތަންޑު އަޅައި ހިލިހިލާ ޖަހައިގެން ރައްޔިތުން ނުގެންގުޅެވޭނެ، އެކަން ތާރީޚުން ވެސް ހެކިދޭ: ވަކީލު ނިޝާން

މި ބިލާއެކު ދިވެހި ހުރިހާ ރައްޔިތުން ނޫސްވެރިންނަށްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:14
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވާހަކަދައްކަވަނީ

ވަޅިތަންޑު އަޅައި ހިލިހިލާ ޖަހައިގެން ދިވެހިރާއްޖޭގެ ރައްޔިތުން ނުގެންގުޅެވޭނެ ކަމަށާއި، ތާރީޚުން ވެސް އެކަން ހެކިދޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންވާ އަމާޒަށް ވާސިލުވުމަށް ގާނޫނުގެ ބާރު ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅަކަށް ނުވަތަ ކުޑަ ވަގުތުކޮޅަކަށް ހިފެހެއްޓިދާނެ ކަމަށެވެ. ނަމަވެސް މިއީ ރާއްޖެ ކަމަށާއި، ވަޅިތަންޑު އަޅައި، ހިލިހިލާ ޖަހައި، ބަދެގެން ނުގެންގުޅެވޭނެ ކަމަށާއި، ދިވެހި ތާރީޚުން މިކަން ފެންނަން އެބައޮތް ކަމަށް ނިޝާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް އިޝާރާތް ކުރައްވައި ނިޝާން ވިދާޅުވީ މިބިލާއެކު ދިވެހި ހުރިހާ ރައްޔިތުން ނޫސްވެރިންނަށްވާނެ ކަމަށެވެ.

މި ރާއްޖެއަކީ މުހައްމަދު ތަކުރުފާނު އުފެދުނު ގައުމު. އުތީމު މަހާރަދުންގެ ތިން ބޭފުޅުން، އަލިރަސްގެފާނު ވެސް މިކުޅުދުއްފުށި ހުސެއިން އާދަމް ވެސް. އެކަހަލަ އެތައް ބައިވަރު ޝަހުސުންނެއް އުފެދުނު ގައުމެއް. މިއީ ދިވެހިރާއްޖެ. އެހެންވީމަ ރާއްޖޭގެ ރައްޔިތުންނެއް ވަޅިތަންޑު އަޅައިގެން ހިލިހިލާ ޖަހައިގެން ބަދެގެން ނުގެންގުޅެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ އެބޭފުޅުން ބޭނުންވާ ނަތީޖާ ވަގުތުކޮޅަކަށް ގާނޫނު ގެނެސްގެން ވަގުތުކޮޅަކަށް ހިފަހައްޓާލެވިދާނެ. އެހެންނަމަވެސް އެއަށްފަހުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ 4 ލައްކަ ރައްޔިތުން ނޫސްވެރިންނަށް ބަދަލުވެގެންދާނެ. ދެން މުއިއްޒަކަށް ނުހިފެހެއްޓޭނެ އެހިސާބުން. އެހެންވީމަ މީގައި މިސާލަކަށް އަންނާނީ ގަދަ ކަނޑެއްގައި އިންނަ މީހަކު ހޮޑުލާން ބޭނުންވެ ހޮޑު ލެވޭނެ ގޮތެއް ނެތި، އެތެރެއަށް އޯކަ ދެމެން ބޭނުންވެ، އިދެއިދެ ގޮތް ހުސްވެގެން އޮޓެމެޓިކަލީ ހޮޑުލެވުން ގަޔަށް
މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ މީޑީއާ ކޮންޓްރޯލް ކުރާ މި ބިލަކީ ދިވެހި ރައްޔިތުންގެ އަގަމަތީގައި ޓޭޕް އަޅަން ފަރުމާ ކޮށްފައި އޮތް ބިލެއް ކަމަށެވެ. އެ ބިލާއެކު އެގާނޫނު ތަންފީޒު ކުރި ނަމަވެސް ދިވެހި ރައްޔިތުން ނުކުމެ އެޓޭޕް ނައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑީއާ ކޮންޓްރޯލް ކުރާ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

މި ގާނޫނުގެ ދަށުން އަލަށް އުފައްދާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އަށް ބޮޑެތި ބާރުތައްކެއް ލިބިދީފައިވާ އިރު، ބިލުގައިވާ ގޮތުން މީޑިއާގައި މަސައްކަތް ކުރާ ފަރާތެއް ނުވަތަ ނޫސްވެރިން ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެއެވެ. ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ ކަމެއް އިސްލާހު ނުކޮށްފިނަމަ 5،000ރ އާއި 25،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެޅިދާނެ ކަމަށް ގާނޫނު ގައި ބުނާ ފިޔަވަޅު ތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ކަމެއް ރަނގަޅު ކުރަން އެންގުމާއި، އިންޒާރު ދިނުމާއި، ކުށުގެ އިސްލާހު އާންމު ކުރުމާއި، ކުށެއް ތަކުރާރު ވިޔަ ނުދިނުމަށް ކަންކަން ކުރަން އެންގުމާއި، ވޭތުވެ ދިޔަ އަހަރު އެފަރާތައް ލިބުނު އާމްދަނީގެ 10 އިން ސައްތަ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމާއި، ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމާއި، ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމަށް އެންގުމާއި، ކޯޓަށް ހުށަހަޅައިގެން ލައިސަންސް ބާތިލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ނޫސް މަޖައްލާ އަކުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ 5000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ އެވެ.

މުހައްމަދު ނިޝާން އިބްރާހިމްރައީސް މުހައްމަދު މުއިއްޒުރާއްޖެ ޓީވީދިވެހިރާއްޖެމީޑިއާ ކޮންޓްރޯލް ބިލުނޫސްވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު