Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

މިއީ ދިވެހި ފުޓުބޯޅައިގެ އަލިމަސްޔޫބިލް މުނާސަބަތުކަން އެނގޭތަ؟

ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ ފުރަތަމަ މުބާރާތް އޮތީ 1946ގައި

| 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 09:11
މައިކަލް ޑިސިލްވާ އާއި މުހައްމަދު އަމީނާއެކު ދިވެހި ޒުވާން ކުޅުންތެރިން މީގެ 75 އަހަރު ކުރިން

މައިކަލް ޑިސިލްވާ އާއި މުހައްމަދު އަމީނާއެކު ދިވެހި ޒުވާން ކުޅުންތެރިން މީގެ 75 އަހަރު ކުރިން

މިދުވަސްވަރަކީ ދިވެހިރާއްޖޭގެ އެންމެ ފޯރިގަދަ ކުޅިވަރު ކަމަށްވާ ފުޓުބޯޅައިގެ ފޯރި ގައުމީގޮތުން ގުގުމަދުންދާ އެންމެ ފޯރިގަދަ ދުވަސްވަރެވެ.

މާލޭގައި މާދަމާ (ހުކުރު ދުވަހު) ފެށޭ މި ސަރަހައްދުގެ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް "އުރީދޫ ސާފް ޗެމްޕިއަންޝިޕް"ގެ ގައުމީ ފޯރިއާއި ގައުމީ ޖޯޝެވެ. ރާއްޖޭގެ ގައުމީ ޓީމަށް އެންމެބޮޑު ކާމިޔާބީއަށް އެދި "މަގޭ މަހަލްދީބު"ގެ ގައުމީ ނިދާގެ ގައުމީ ކެންޕެއިނެއް ވަނީ ފެށިފައިވެސްމެއެވެ.

މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން، ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ ގައުމީ ގޮތުން، ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށްވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝް ވަރުގަދަވުމާއި، އެކުވެރިވުމުގެ މަތިވެރި ސިފަވެސް އިތުރުވެއެވެ.

‫ފުޓުބޯޅައިގެ މިފޯރިގަދަ ގައުމީ ޖޯޝުގެ ފޯވަހި އިއްތިފާގުން ވިޔަސް، މިދިމާވީ، ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ ރާއްޖޭގެ ފުރަތަމަ ފުޓުބޯަޅަ މުބާރާތް ބޭއްވުނުތާ 75 އަހަރުގެ އަލިމަސްޔޫބީލުގެ ތާރީޚީ ގައުމީ މުނާސަބަތާއެވެ.

އެއީ 1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން، ދިވެހިރާއްޖެ ސަލާމަތްވެ ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން (ކުރިކެޓު ފިޔަވައި) ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ.

ސިލޯނުގެ ތަޖުރިބާކާރު މާހިރެއް ކަމުގައިވި، މައިކަލް ޑިސިލްވާ އިރުޝާދުގެ ދަށުން ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވެ ފުރަތަމަ މުބާރާތް އޮތީ 1946ގައެވެ. މިމުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުން ވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެފަހުން އަވަށު ކުލަބުތައް އުފެދި އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުނެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ. ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި މާލޭގައި، އަމީނީ ދައުރު ނިމުނުއިރު އޮތެވެ. ވީމާ، ފުޓުބޯޅަައިގެ 75ގެ އަލިމަސްޔޫބީލުގެ ތާރީޚީ ގައުމީ މުނާސަބަތު ގައުމީ ގޮތުން ފާހަގަކުރަން އެބަޖެހެއެވެ.

"ކުޅިވަރަކީ، ޒުވާނުންގައި އެކުވެރިކަން އުފެއްދުމުގެ އެންމެވަރުގަދަ އެއްބާރެވެ. ގައުމިއްޔަތަކީ، އެބައިމީހުންގެ ރޫހު އެއިން ދިރުވަންވީ އަގުހުރި ޖައުހަރެވެ. މިދެބައި އެކުވެގެން އުފައްދާނީ ގައުމުގެ މުސްތަގުބަލުގެ ބާއްޖަވެރިކަމެވެ. ގައުމުގައި ކުޅިވަރުގެ މަގާމަކީ އެކުވެރިކަމާއި ފުރިހަަމަ ތަރުބިއްޔަތެއްގެ މަތިވެރި މަގާމެވެ. އޭގެސަބަބުން އިއްތިހާދެއްގެ ހުރިހާ މޮޅުސިފަތަކެއް އެބައެއްގައި އަށަގަންނަމުން އަންނާނެއެވެ. ޒުވާނުންގެ ހިތްތައް އެކުވެރިވުމުގެ ސަަބަބުން ހަރަކާތްތަކުގައި އެއުފައްދާ ހަލުވިކަމާއި އެއްބާރުލުމުގެ އަމާޒަކީ އުފެދޭ އިޚުލާސްތެރި ލޯތްބެވެ. އިންސާނިއްޔަތުކަމުގެ މުޅިޝަރަފު ހޯދުމަށް ގަދައަޅާ ވަރުގަދަ ލޯތްބެވެ. ޝައްކެއްނެތެވެ. ގައުމުގެ މުސްތަގުބަލަކީ ޒުވާނުންގެ މެދުގައި އުފެދެމުންދާ ދިރުމުގެ ހަރަކާތްތަކެވެ. އެކަމުގެ ރޫހަކީ އެކުވެރިކަމުގެ ފިލާވަޅުތަކެއް ކަމުގައި ހިމެނޭ މަތިވެރި ކުޅިވަރެވެ." އަލްއުސްތާޒު އިބްރާހީމް ޝިހާބު 26 ޖުލައި 1974ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު