Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް

އޭޝިއާ މުބާރާތުން ރާއްޖެއަށް ރަނގަޅު ފެށުމެއް

30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 05:28

އޮމާން އަތުން ފިރިހެން ޓީމު ވަނީ 3-2 އިން މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 05:28
އޭޝިއާ މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޓީޓީ ޓީމު

އޭޝިއާ މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޓީޓީ ޓީމު

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން ރަނގަޅު ކާމިޔާބީތަކެއް ހޯދައިފިއެވެ.

މި އަހަރުގެ މުބާރާތުގެ ކުޅުން މިދިޔަ އަންގާރަ ދުވަހު ފެށިއިރު، މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީޓީ ޓީމު ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ޖުމްލަ އަށް ކުޅުންތެރިން ހިމެނެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ރާއްޖޭން ރަނަގަޅު ކާމިޔާބީތަކެއް ހޯދިއިރު، ބުދަ ދުވަހު އަންހެން ޓީމުން ވަނީ ޓީމު އިވެންޓް ބައިގައި ގަތަރާއި ބަންގްލަދޭޝް ބަލިކޮށްފައެވެ. އެގޮތުން ގަތަރުގެ މައްޗަށް ރާއްޖޭގެ އަންހެން ޓީމުން ކުރިހޯދީ 3-1 އިންނެވެ. މި މެޗުގެ ފުރަތަމަ ޓައިގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް 3-1 ސެޓުން މޮޅުވި ނަމަވެސް، ދެވަނަ ޓައިގައި ފާތިމަތު ދީމާ ވަނީ 3-2 ސެޓުން ބަލިވެފައެވެ. އެކަމަކު ތިންވަނަ ޓައިގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ވަނީ ސީދާ ތިން ސެޓުން މޮޅުވިއިރު، ދެން ކުޅުނު ޓައި އިން ދީމާވެސް ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ.

އަދި ބުދަ ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ރާއްޖޭގެ އަންހެން ޓީމު މޮޅުވީ ފަސޭހަކަމާއެކު 3-0 އިންނެވެ. އެގޮތުން ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ރަފާ އާއި، ދީމާ އަދި ލައިސާ ކުޅުނު ތިން ޓައިވެސް ވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ބުދަ ދުވަހު ރާއްޖޭގެ ފިރިހެން ޓީމު ވަނީ 3-2 އިން އޮމާން ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ޓައި އިން މޫސާ މުންސިފް ބަލިވި ނަމަވެސް، ދެވަނަ ޓައި އިން ޝައްފާން އިސްމާޢީލް ވަނީ 3-1 ސެޓުން މޮޅުވެފައެވެ. މެޗުގެ ތިންވަނަ ޓައި އިން ރާއްޖޭގެ ޒީސްތު ނަސީމް ބަލިވި ނަމަވެސް، ހަތަރު ވަނަ ޓައިގައި މުންސިފް ވަނީ 3-2 ސެޓުން މޮޅުވެފައެވެ. އަދި ފަސްވަނަ ޓައިގައި ޝައްފާން ވަނީ 3-1 ސެޓުން މޮޅުވެ، އެ މެޗުން ރާއްޖެ މޮޅުކޮށްދީފައެވެ.

މި އަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމުން ވާދަކުރަމުން އަންނައިރު، މި މުބާރާތުގެ އަމާޒަކީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުން ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމު ވާދަކުރާއިރު، މިއީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދެމުން އަންނަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއެވެ. 

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
28 އޯގަސްޓު 2023

އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް