Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދ.ގެ އާއްމު މަޖިލިސް

އދ.ގެ އާއްމު މަޖިލީހުގެ އާއްމު ބަހުސް ނިމިއްޖެ

އދ.ގެ އާއްމު މަޖިލީހަކީ 194 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2021 | އަންގާރަ 02:28
ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ

ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ

އދ.ގެ އާއްމު މަޖިލީހުގެ މިއަހަރުގެ އާންމު ޖަލްސާ ނިމި، ގައުމުތަކުގެ ލީޑަރުންގެ އާންމު ބަހުސް ނިންމާލައިފިއެވެ.

އާއްމު މަޖިލީހުގެ ބަހުސް ފެށިގެން ކުރިއަށް ދިޔައީ މި މަހުގެ 22ވަނަ ދުވަހުން ފެށިގެންނެވެ. މި ބައްދަލުވުމުގައި ޖެނެރަލް އެސެމްބްލީގައި ތަމްސީލު ކުރަމުންދާ 194 ގައުމެއްގެ އިސްވެރިން ވާހަކަ ދައްކަވާފައި ވެއެވެ. މީގެތެރޭގައި ދުނިޔޭގެ 100 ގައުމަކުން ދައުލަތުގެ އެންމެ އިސްވެރިން އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވިއެވެ. އަދި 52 ގައުމެއްގެ ސަރުކާރުގެ އެންމެ އިސްވެރިން ތަގުރީރު ކުރައްވާފައި ވެއެވެ. މީގެ އިތުރުން 3 ގައުމެއްގެ ނައިބު ރައީސުންނާއި، 34 ގައުމަކުން ވަޒީރުން ފެންވަރުގެ ބޭފުޅުން މި ޖަލްސާގައި މިއަހަރު ތަގްރީރު ކުރެއްވިއެވެ.

މި އަހަރުގެ އާންމު ޖަލްސާގައި ދުނިޔޭގެ 194 ގައުމެއްގެ ފަރާތުން އިސްވެރިން ތަގުރީރު ކުރައްވާފައިވާއިރު، މީގެތެރޭގައި 18 އަންހެން ބޭފުޅުން ވެސް ހިމެނެއެވެ.

މިހާރު ފެށިގެން ކުރިއަށްދާ 76 ވަނަ އާންމު މަޖިލީހުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިން ވަނީ ވީޑިއޯ މެދުވެރިކޮށް ވެސް ތަގްރީރު ކުރައްވާފައެވެ. މީގެތެރޭގައި އިރާނުގެ ރައީސްކަމަށް ދާދިފަހުން އިންތިޚާބު ވެވަޑައިގަތް އިބްރާހިމް ރައީސީއާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ ޖަލްސާ ނިމިގެން ދިޔައިރު މި ޖަލްސާގައި ދުނިޔޭގެ ލީޑަރުންވަނީ މިހާރު ދުނިޔެއަށް ކުރިމަތިވަފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ. މިގޮތުން މި ޖަލްސާގައި ދުނިޔޭގެ ލީޑަރުން އަލި އަޅުއްވާލެވި މުހިން ކަންކަމުގެ ތެރޭގައި، ކޮވިޑް-19 އިން ރައްކާތެރި ވުމާއި، ވެކްސިންގެ ހަމަހަމަ ކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަލާމަތާއި ރައްކާތެރިކަން އަދި ސުލްހަ ގާއިމްކުރުން ހިމެނެއެވެ.

އދ.ގެ އާއްމު މަޖިލީހަކީ 194 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްޢަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު