Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމި ސަރުކާރު ޖަވާބުދާރީކުރުވުން

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝައުގުވެރިން ހުންނެވިތޯ ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ޖަވާބެއް ނުދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ނޮވެމްބަރު 2024 | ހޯމަ 08:27
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ

2028ގައި އޮންނަ ކަމެއްގެ ވާހަކަދައްކަން މާ އަވަސް ކަމަށާއި، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝައުގުވެރިން ހުންނެވިތޯ ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ޝާހިދު ސީދާ ޖަވާބެއް ދެއްވާފައިނުވެއެވެ.

ޝާހިދު ވިދާޅުވީ މިއަދު ދައްކަމުންދަނީ 2028 ގައި އޮންނަ އިންތިޚާބެއްގެ ވާހަކަ ކަމަށާއި، ނަމަވެސް މިއަދު މިއޮތް ސަރުކާރުގެ ހުދުމުހުތާރުކަމާއި، ރާއްޖެއަށް އިގްތިސާދަށް ލިބޭ ގެއްލުންތަކުގެ ވާހަކަތައް ދެއްކުން މަޑު ޖައްސާލުމަށްފަހު 2028ގައި އޮތް އިންތިޚާބަށް މިސްރާބު ޖަހައިފިނަމަ ރާއްޖެއަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނާއި، އަމިއްލައަށް ގަބޫލުކުރާ ގޮތުގައި މިވަގުތު މުޅި ފޯކަސްއަކަށްވާންވާނީ މިސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ދެމުންދާ ގެއްލުމާއި، ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލުމާއި، ރާއްޖެ މިސްރާބު ޖަހާފައިވާ ކަތި މިސްރާބުން ތެދުކުރުމަށް ކުރެވެން ހުރިހުރިހާ މަސައްކަތެއް ޕާޓީން ކުރުމަށް މިސްރާބު ޖެހުން މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ 2026 ވަނަ އަހަރު ރަށްރަށުގައި، އަތޮޅުތަކުގައި އަދި ސިޓީތަކުގައި އެމްޑީޕީގެ ކާމިޔާބީ އޮންނަނީ ކިހައިވަރަކަށްތޯ ކޮން ގޮތަކަށް މަސައްކަތްކޮށްގެންތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެއަމާޒަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުމަތިން ޕްރައިމަރީ އިއުލާން ކުރާ ހިސާބުން އެވާހަކަ އަންނާނެ ކަމަށެވެ. ނަމަވެސް އަދި އެ އެކަމަށް ދިއުން މާ އަވަސް ކަމަށާއި، މިހާރު ވެސް ދެ އިންތިޚާބު އެމްޑީޕީއަށް ގެއްލިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެގޮތަށް ދިމާވަނީ މާ ދުރުގައި އޮންނަ ކަމަކަށް މަސްއޫލުވެވިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީޢަބްދުﷲ ޝާހިދުފަލަ ސުރުޚީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު