Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑިމޮކްރަސީގެ އިރު އޮއްސުން

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު: ޝާހިދު

ރާއްޖޭގައި މިހާރު ޖެހެމުންދަނީ ބިރުވެރިކަމުގެ ރަގަނބީލެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 08:06
ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ

ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިފައިވާ ކަމަށާއި، މިފެންނަނީ މި ސަރުކާރު ބަލިވަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

20 ނޮވެންބަރު 2024 ގައި ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ކުއްލި ގޮތަކަށް ގެނައުމާއި ގުޅިގެން ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ރާއްޖޭގައި މިހާރު ޖެހެމުންދަނީ ބިރުވެރިކަމުގެ ރަގަނބީލެއް ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ މަޖިލީހުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ ގާނޫނު އަސާސީއަށް ކުއްލި ބޮޑެތި ބަދަލުތަކެއް ގެނައީ އެއްވެސް ވަަރަކަށް މަޝްވަރާ ކުރުމެއްނެތި ކަމާށާއި، ރައްޔިތުންގެ ހިޔާލެއް ނެތި ކަމަށެވެ. އެއީ ޑިމޮކްރަސީ އުސޫލުން ކަންކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު މަޖިލިސް ކޮންޓްރޯލްކޮށް، ބޭނުންފުޅުވާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރެވޭނެކަން އަންގައިދީފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު ބަލައިގަތް ގާނޫނު އަސާސީގެ މުޅި މަފްހޫމަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށާއި، 2009 ވަނަ އަހަރުން ފެށިގެން މަޖިލިސް ހިންގާފައިވަނީ އެގޮތަށް ކަމަށެވެ. އަދި އޭރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއް ވެސް ރައްޔިތުންގެ ހިޔާލަށް ފުރުސަތުދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް 20 ވަނަ މަޖިލީހުގައި އެކަން ނިމުމަކަށް ގެނެސްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މިހިސާބަށް ރާއްޖޭގެ ކަންކަން ދިއުމުން ރައްޔިތުން މަޑުން ނުތިބޭނެ ކަމަށާއި، މަޑުން ތިބޭނެ ކަމަށް އުންމީދު ކުރުމަކީ ގޯހެއް ކަމަށެވެ. ރައްޔިތުން މިގޮތަށް ކުރާ ކަންތައްތައް ގަބޫލު ނުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައްޔިތުން އުންމީދުގައި ތިބެންޖެހޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީއަށް އަންނަ ލޮޅުންތަކާއި، ގޮންޖެހުންތަކަށް އަރައިގަތުމަށް ފުރިހަމަ ވަރުގަދަ އުންމީދާއެކު ނުކުންނާނެ ކަމަށެވެ.

ޢަބްދުﷲ ޝާހިދުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު