Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ އަނިޔާއިން ރަނގަޅުވުން

އަނިޔާއިން ރަނގަޅުވެ މެސީ ފަރިތަކުރުންތަކަށް

27 ސެޕްޓެމްބަރު 2021 | ހޯމަ 13:43

ސިޓީއާ ދެކޮޅަށް މެސީ ކުޅުމުގެ ފުރުސަތު ބޮޑު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ސެޕްޓެމްބަރު 2021 | ހޯމަ 13:43
ހޯމަ ދުވަހު ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ލިއޮނެލް މެސީ

ހޯމަ ދުވަހު ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ލިއޮނެލް މެސީ

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބައިވެރިވެއްޖެއެވެ.

މެސީއަށް އަނިޔާވީ ލީގުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެރޭ ލިޔޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މެސީ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ބަދަލުކޮށްފައެވެ. އެކަމާ ގުޅިގެން މެސީ ހިތްހަމަނުޖެހިފައި ހުރިއިރު، ބަދަލުކުރި ވަގުތު މެސީ ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެންޗަށް ގޮސްފައެވެ.

އެ މެޗަށްފަހު ޕޮޗެޓީނޯ ވަނީ މެސީ ބޭލުމުން ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ. އެކަމަކު އެ ފަހަރު މެސީއަށް އަނިޔާވި ކަމަށް ޕޮޗެޓީނޯ ބުނެފައެއް ނުވެއެވެ. ނަމަވެސް ލީގުގައި ބުދަ ދުވަހުގެރޭ މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުނީ އެ މެޗުގައި މެސީ ބަދަލުކުރަން ޖެހުނީ އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

އެ އަނިޔާއާ ގުޅިގެން މެސީއަށް ވަނީ ޕީއެސްޖީން ލީގުގައި މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗާއި، މޮންޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗުވެސް ގެއްލިފައެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ ހޯމަ ދުވަހު ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ވަނީ ބައިވެރިވެފައެވެ. އެހެންކަމުން އަންގާރަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި މެސީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނިޔާއިން ރަނގަޅުވެ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވިއިރު، ޗެމްޕިއަންސް ލީގުގައި ކުލަބު ބްރޫޖާ 1-1 ގެ ނަތީޖާއަކުން ޕީއެސްޖީ އެއްވަރުވި މެޗުގައި މެސީ ވަނީ ކުޅެފައެވެ. އެކަމަކު ޕީއެސްޖީގެ ޖާޒީގައި މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް މެސީއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ޕީއެސްޖީ އާއި ސިޓީ ހިމެނުމުން، ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީއާ ގުޅުނު މެސީ ނުކުންނަން ޖެހޭނީ އޭނާއަށް ބާސެލޯނާގައި އިރުޝާދުދިން ޕެޕް ގާޑިއޯލާގެ ސިޓީއާ ދެކޮޅަށެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ އާއި ސިޓީ ބައްދަލުކުރާއިރު، މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައިވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ކުޅުނު ދެ މެޗުންވެސް މޮޅުވީ ސިޓީއެވެ.

ލިއޮނެލް މެސީޕީއެސްޖީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް