Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކުން

ކެފޭ އުސޫލުން ޑްރަގް ވިޔަފާރިކުރި ގޭގެ ވެރިމީހާއަށް ވަކީލަކު އައްޔަނުކުރުމަށް ފުރުސަތެއް

27 ސެޕްޓެމްބަރު 2021 | ހޯމަ 09:16

މިއީ މިގޮތަށް ދައުވާކުރި ފުރަތަމަ ފަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ސެޕްޓެމްބަރު 2021 | ހޯމަ 09:16
ގޭގައި ކެފޭއުސޫލުން މަސްތުވާތަކެތި ވިއްކައި، ބޭނުންކުރުމުގެ ހުއްދަ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފް

ގޭގައި ކެފޭއުސޫލުން މަސްތުވާތަކެތި ވިއްކައި، ބޭނުންކުރުމުގެ ހުއްދަ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފް

ގޭގައި ކެފޭއުސޫލުން މަސްތުވާތަކެތި ވިއްކައި، ބޭނުންކުރުމުގެ ހުއްދަ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލައިގެ ޚުލާސާއެއް:

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ އުފުލިއިރު ޕީޖީ އޮފީހުން ބުނެފައިވަނީ މ. ބްރައިޓްފްލާވަރ ގޭގައި ކެފޭއުސޫލުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި, އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ގަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހުސައިން ޔޫސުފުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2 ސެޕްޓެންބަރު 2021 ގައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި, މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރެވުނު ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހުގެ އަޑުއެހުން:

ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގައި ބޭއްވި ފުރަތަަމަ އަޑުއެހުމެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބުއެވެ. އެއާއެކު ޝަރީއަތުން ވަނީ މައްސަލައިގެ ލިއެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރައްވައި، ދައުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ސާފުކޮށްދެއްވާފައެވެ. އެގޮތުން ސީޑީތަކާއެކު 55 ލިއުމެއް ލިބިފައިވާކަމަށް ހުސައިން ޔޫސުފު ބުންޏެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހުސައިން ޔޫސުފުގެ މައްޗަށް ކުރާ ދައުވާ ސާފުކޮށްދެއްވާފައެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ދައުވާއަކީ ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ނުވަތަ އެއިން ކަމެއް ކުރުމަށް ބޭނުންކުރާކަން ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާފުވެފައިވާކަމަށާއި، ވަކީލަކު ބޭނުންވާކަމަށް ހުސައިން ޔޫސުފު މި އަޑުއެހުމުގައި ބުނެފައިވެއެވެ.

މި މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ މައްސަލައެއް ނޫންކަން ބަޔާންކޮށް ދައުލަތުން ބުނީ، ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނެނީ 10 އަހަރަށްވުރެ ބޮޑު އަދަބެއް ލިބޭ މައްސަލަތަކުގައި ކަމަށެވެ. އަދި ދައުލަތުން ވަކީލުން އައްޔަނު ކޮށްދެނީ ބޮޑެތި މައްސަލަތަކުގައި ނަމަވެސް، ހުސައިން ޔޫސުފަށް ދައުވާ ކުރާ މައްސަލައިގެ އަދަބަކީ ސީދާ 10 އަހަރަށްވާތީ މި މައްސަލައިގައި ވަކީލަކު އައްޔަނު ކުރުމާ ގުޅޭގޮތުން އޭޖީ އޮފީހަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެކަމަށް ޝަރީއަތުން ވަނީ ބުނެފައެވެ. ހުސައިން ޔޫސުފު ވެސް ވަނީ އެގޮތަށް ބޭނުންވާކަމަށް ބުނެފައެވެ.

ޝަރީއަތުން ވަނީ މައްސަލައިގައި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދެއްވުމަށްފަހު، ދައުވާ ސާފުކޮށް ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އޭޖީ އޮފީހާ މަޝްވަރާ ކުރެއްވުމަށްފަހު ވަކީލަކު ހަމަނުޖެހިއްޖެނަމަ، އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު 14 ގެ 11:00 ގައިކަމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް