Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް

ބޮޑު ޚިޔާނާތުގެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް އެއްވެސް އިރަކު ނުނިންމަން: ދައުލަތް

ކުށް ކޮށްގެން ހޯދާފައިވާ ފައިސާނަމަ، ކޮންމެ އަދަދެއްގެ ފައިސާއެއް ޖަމާވެފައި އޮތް ނަމަވެސް، ދައުވާ ކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2021 | ހޯމަ 08:18
ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް އެއްވެސް އިރަކު ނިންމާފައި ނުވާނެކަމަށް ދައުލަތުން ބުނެފިއެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ 22 އިސްތިއުނާފީ ނުކުތާއަށް ދައުލަތުން ޖަވާބުދީފައިވާއިރު، ޝަރީއަތުން ވެސް ވަނީ ބައެއް ކަންކަން ސާފުކޮށްފައެވެ.

މި މައްސަލައިގައި ޝަރީއަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަކީލުން ވިދާޅުވީ، އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ތުހުމަތު ކުރެވޭ އެހެން ފަރާތްތަކުގެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް އެއްވެސް އިރަކު ނިންމަވާފައި ނުވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ފުލުހުންނާއި، އޭސީސީއާއި ރިޔާސީ ކޮމިޝަނުން މި މައްސަލައިގެ ޖޮއިންޓް ތަހުގީގު ކުރިއަށްދާކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، ރައީސް ޔާމީނު އޭރު ހުންނެވި މަޤާމުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ އެކައުންޓަށް މިފަދައިން ފައިސާ ވަދެފައި ހުރުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އެއާއެކު، މި މައްސަލައިގައި އާންމު ފަރުދެއްގެ އެކައުންޓަށް ވަދެފައިވާ ފައިސާތައް ޓްރޭސް ކުރުމަށްވުރެ ރައީސް ޔާމީނުގެ އެކައުންޓަށް ވަތް ފައިސާ ދެނެގަތުން ފަސޭހަކަން ދައުލަތުން ފާހަގަކުރިއެވެ.

އެސްއޯއެފުން 1 މިލިއަން ޑޮލަރު ނޫން އަދަދެއް ޔާމީން އެކައުންޓަށް ޖަމާކުރިނަމަ ދައުވާ ކުރެވޭނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާނަމަ، ކޮންމެ އަދަދެއްގެ ފައިސާއެއް ޖަމާވެފައި އޮތް ނަމަވެސް، ދައުވާ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އިސްތިއުނާފު ކުރި ފަރާތުންވެސް ބައެއް ކަންކަން ޝަރީއަތުން ސާފުކޮށްފައިވެއެވެ. އެގޮތުން ޔާމީނުގެ އެކައުންޓަށް ވަތް ފައިސާއަކީ އަދީބު އަތުން ލިބެންޖެހޭ ފައިސާކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު، އެކަންކަން ލިއެކިއުމުން އެއްވެސް ވަރަކަށް އެނގެން އޮންނާނެތޯ ޝަރީއަތުން ވަނީ ސުވާލުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އެ ފައިސާއަކީ އެމަނިކުފާނުގެ ފައިސާ ކަމަށާއި، މުއާމަލާތު ކުރެވުނީ އެމަނިކުފާނުގެ ޕާޓީގެ ނާއިބްރައީސާ ކަމަށެވެ. ވީއިރު އާންމު އުސޫލުން ލިއެކިއުންތައް ނުހުންނާނެކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އެކަމާގުޅޭ ލިއެކިއުމެއް ނެތް ސަބަބަކީ އެއީ ކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ، އެ ފައިސާ ދެއްވުމަށް އަދީބު ގާތުގައި އެދިފައިވާނީ ރައީސް އޮފީހުގެ ރަސްމީ އިންޓަކޮމްއިން ގުޅުއްވައިގެން ކަމަށެވެ. އަދި އަދީބު ދޭން އުޅެނީ އެސްއޯއެފްގެ ޗެކެއްކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ އެކައުންޓު ނަންބަރު ވެސް ދެއްވީ ގުޅުއްވައިގެންކަން ފާހަގަކުރައްވައި ވިދާޅުވީ، އޭރުވެސް އަދީބު ޖަމާކުރަން އުޅެނީ އެސްއޯއެފްގެ ފައިސާކަން ކުޑަވެސް މިންވަރަކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހިސާބުން ޝަރީއަތުން ވަނީ އެސްއޯއެފްގެ ޗެކް ޖަމާ ކުރުމުން އެ ކުންފުންޏަށް އެއްވެސް ސުވާލެއް ކޮށްފައިވާނެތޯ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، އެސްއޯއެފްއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި، އޭރު ކުންފުނީގެ އެންމެން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭސީސީގެ ރައީސް ޙަސަން ލުތުފީ އެ ޗެކްތަކުގެ ވާހަކަ ސަމާލުކަމަށް ގެނައިރުވެސް މު މުއާމަލާތްތަކުގައި އެއްވެސް ނޭއްގާނީ ކަމެއް ހިނގާފައިވާ ކަމުގެ ޝައްކެއް ނުކުރެވޭކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް އެކަން ވެފައި އޮތް ގޮތެއް ބެލުމަށް އޭސީސީ ކިބައިން އެދިފައިވަނީ އެވާހަކަ ސަމާލުކަމަށް ގެނައީ އޭސީސީގެ އިސް ފަރާތަށްވެފައި ރައީސް ޔާމީނުގެވެސް ހެޔޮ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމާއި ގުޅޭގޮތުން ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށްފަހު، އަޑުއެހުން ނިންމަވާލެއްވީ އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލު ކުރައްވާފައެވެ. މި އަޑުއެހުމުގައި ދެފަރާތުން ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމަށް ފަހު ފުރުސަތު ދެވިގެންދާނެއެވެ. އަދި ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ ކަފާލާތާއި ޙުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވުމުގެ އަމުރާއި ގުޅޭގޮތުން ގޮތެއް ނިންމެވުމާއި، ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ އައު ހެކިތަކާއި ގުޅޭގޮތުން ގޮތެއް ނިންމެވުން އޮންނާނެކަމަށް ޝަރީއަތުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު