Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ13 އަހަރުގެ ކުއްޖާގެ މަރު

13 އަހަރުގެ ކުއްޖާގެ މަރު: ޒިހާން ވަކީލަކު ބޭނުމެއް ނުވޭ

26 ސެޕްޓެމްބަރު 2021 | އާދީއްތަ 14:06

މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 14:06
ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ މި އަޑު އެހުންތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެން

ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ މި އަޑު އެހުންތައް ކުރިއަށްގެންދަނީ ސިއްރުކޮށްގެން

އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ރަހުމްކުޑަ ގޮތަކަށް މަރާލި މައްސަލައިގެ މަރުގެ ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގޭ އުމުރުން 27 އަހަރުގެ އިބްރާހީމް ޒިހާން ދައުލަތުގެ ވަކީލަކު ބޭނުން ނުވާކަމަށް ބުނެފިއެވެ.

މި މައްސަލައިގެ އާދީއްތަ ދުވަހު އޮތް އަޑުއެހުންވެސް ކުރިއަށްގެންދިޔައި ސިއްރުކޮށްގެންނެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ ޝަރީއަތް ހިނގި ގޮތުގެ ޚުލާސާ ރާއްޖެ އެމްވީއަށް ކިޔައިދީފައެެވެ. އެ އަޑުއެހުމުގައިވެސް ކުރިއަށްގެންދެވުނީ އިބްތިދާއީ ބައެވެ. ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި އިބްރާހީމް ޒިހާންއަށް ވަކީލަކު އައްޔަންކުރަން ފުރުސަތު ދިނުމުން، ވަކީލަކު ބޭނުން ނުވާކަމަށް ބުނެފައިވެއެވެ. ނަމަވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ބޮޑު ކަމުންނާއި ޤަޞްދު މަރުގެ ދަޢުވާ ކުރެވޭތީ, ދިފާއީ ވަކީލެއް އައްޔަން ކުރުން މުހިންމު ކަމަށް ބުނެފައެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ އަޑުއެހުމުގައިވެސް ޒިހާން ވަނީ ވަކީލަކު ބޭނުން ނުވާކަމަށް ބުނެފައެވެ. ޕީޖީ އޮފީހުން ޝަރީއަތުގައި ބުނެފައިވަނީ ގާނޫނު އޮންނަ ގޮތުން މިފަދަ މައްސަލަ ތަކުގައި، ތަހުގީގު މަރުހަލާގައި ވަކީލަކު އައްޔަން ކުރަން ލާޒިމް ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ވަކީލަކު އައްޔަންކުރުން ލާޒިމް ނޫން ކަމަށެވެ. އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެ ފުރުސަތު ދޫކޮށްލާ ހާލަތުގައި، ވަކީލަކު އައްޔަން ކުރުމާމެދު އަމަލުކުރަންޖެހޭ ގޮތް ޤާނޫނުގައި ނެތް ކަމަށެވެ.

ދިފާއުގައި ދައުލަތުގެ ވަކީލަކު ބޭނުން ނުވާ ކަމަށް ޒިހާން ބުނުމުން، އޭނާގެ ނުގަބޫލުގައި ދައުލަތުގެ ވަކީލަކު އައްޔަނު ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތްތޯ ބެލުމަށް ދައުލަތުން ވަނީ ނިންމާފައެވެ. އަދި އެކަމަށް އެޓާނީ ޖެނަރަލް އޮފީހުގެ ލަފައެއް ހޯދުމަށް ވަނީ ނިންމާފައެވެ.

ޖިނާއީ ބޮޑުތި މައްސަލަތަކުގައި ވަކީލަކާއި ނުލައި ކުރިއަށް ނުގެންދެވޭއިރު، އަމިއްލައަށް ވަކީލަކު ހޯދުމުގެ ގާބިލްކަން ނެތްނަމަ, ނުވަތަ ވަކީލަކު ނުހޯދިއްޖެ ނަމަ ދައުލަތުން ވަކީލަކު ހަމަޖައްސައިދޭނެއެވެ.

އާދީއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ބަންދު މުރާޖައާ ކުރުމެވެ. އަދި ގާޒީ ނިންމާފައިވަނީ ޝަރީއަތް ނިމެންދެން, އޭނާ ބަންދުކޮށްފައި ހުރި ހުރުން ދެމެހެއްޓުމަށެވެ. ޕީޖީ އޮފީހުން ބުނީ، ގާނޫނު އޮންނަ ގޮތުން މިފަދަ މައްސަލަ ތަކުގައި، ތަހުގީގު މަރުހަލާގައި ވަކީލަކު އައްޔަން ކުރަން ލާޒިމް ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ވަކީލަކު އައްޔަންކުރުން ލާޒިމް ނޫން ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ އިބްރާހީމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. ޒިހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާއިރު މި ދައުވާތައް ސާބިތު ވެއްޖެނަމަ 100 ވަރަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ޕީޖީ ވިދާޅުވެފައިވަނީ، ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.

ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުންނެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައިގެ ދައުވާ އުފުލާފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ.

މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވީ ޖުލައި 5 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސް ވަޅުލާފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓްރަހީނުކޮށްގެން ގެންގުޅުނު ކުއްޖަކު މަރާލުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް