Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝާހިދަށް ވެރިންގެ ތައުރީފް

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ ޒިންމާ ވަރަށް ބޮޑު

ރާއްޖޭގެ ޚާރިޖިއްޔާއިން ހޯދީ ފަޚުރުވެރި ކާމިޔާބީއެއް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 10:50
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވުމަށްފަހު އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގެންނެވުމަށްފަހު އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

ބޮޑު އަޣުލަބިއްޔަތަކުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަތުމަކީ ބައިނަލްއަގްވާމީ މުޖްތަމައުން އެމަނިކުފާނާއި، ދިވެހިރާއްޖެއާއި މެދު ދެކޭ ގޮތުގެ ނަމޫނާއެއްކަމަށް ގައުމުތަކުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދިވެހި ޚާރިޖިއްޔާއިން މީން ދުވަހަކު ނުހޯއްދަވާވަރުގެ ކާމިޔާބީއެއް އޮނަރަބަލް ޝާހިދު ހޯއްދެވުންވީ ދިވެހި ގައުމަށް ލިބުނު ފަޚުރަކާއި ޝަރަފަކަށެވެ. ހަމަގައިމުވެސް މިއީ ދިވެހި ކޮންމެ ދަރިއަކުވެސް އެކަމާއި އުފާކުރާނެ ކަމެކެވެ.

މީގެ ފަސްވަރަކަށް އަހަރު ކުރިޔަށް ޖެހިލާން ހިނގާށެވެ. ރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ޚާރިޖީ ސިޔާސަތަށް ގިނަ ގައުމުތަކުން ވަނީ ފާޑުކިޔާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ގިނަ ގައުމުތަކަކާއި އޮތް ގުޅުން ކަނޑާލުމެވެ. އޭގެ ތެރެއިން އެއް ގައުމަކީ ގަތަރެވެ. މިއަދާއި ހަމައަށްވެސް ގަތަރާއިއެކު އޮތް ގުޅުން ދިވެހި ސަރުކާރުން ކަނޑާލީ ކީއްވެކަން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީނާއި ޚިލާފަށް ރައީސް ސާލިހު ވަނީ ގައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި މަސައްކަތް ރައީސް ސާލިހު ހަވާލު ކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެވެ. މަސައްކަތް ހަވާލު ކުރެއްވުމާއިއެކު ކުރިން ގުޅުން ކަނޑާލާފައި އޮތް ގައުމުތަކާއި ޖަމާއަތްތަކާއިއެކު ގުޅުން ބަދަހި ކުރުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވިއެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ކޮމަންވެލްތުން ދިވެހި ދައުލަތް ވަކިވުމަށް ނިންމާފައި އޮތް ނިންމުން ބަދަލުކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތެވެ.

އުފަން ފަސްގަނޑުން ބޭރުގައި ހުންނަވާ ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވިއެވެ. މި މަސައްކަތާއިއެކު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންވެސް އެމަނިކުފާނަށް އަމާޒުވިއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔަ އެއް ވާހަަކައަކީ ދިވެހި ދައުލަތުން ބޮޑު ޚަރަދެއް ކުރައްވާ ޝާހިދު ގައުމުން ބޭރުގައި ބަހައްޓާ ވާހަކައެވެ. ތެދެކެވެ. ޚާރިޖީ ވަޒީރުކަމާއި ޝާހިދު ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއިން ބޭރުގައި އެކި ގައުމުތަކުގެ ސަރުކާރާއި ބައްދަލުކުރައްވާ ގުޅުން ބަދަހި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޝާހިދަކީ މިއަދު ދިވެހިރާއްޖެ އެ ދިވެސަކަށްޓަކާ ފަޚުރުވެރިވާނެ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ ޒިންމާ ބޮޑެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިގްތިސާދީ ކާރިސާއަކާ މުޅި ދުނިޔެ ކުރިމަތިލާފައިވާއިރު، ޝާހިދު ކުރައްވަން ޖެހިފައިވާ މަސައްކަތަކީ ބޮޑު މަސައްކަތެކެވެ. ދުނިޔޭގެ ހުރިހާ ވެރިން އެއްގަލަކަށް އެރުވުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ ޝާހިދުގެ ކޮނޑުފުޅުގައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމާއި، ފަގީރުކަމާއި ހައިހޫނުކަން ނައްތާލުމާއި އަދި މީނުންވެސް ދުނިޔެއަށް ދިމާވެފައިވާ ކަންކަމުން އަރައިގަތުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ ޝާހިދުގެ ކޮނޑުފުޅުގައެވެ. މިކަންކަން ކުރެއްވުމުގައި ޝާހިދު މިހާރުވެސް ގެންދަވަނީ އެތަކެއް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ގައުމުތަކުގެ އެންމެ އިސްވެރިން ތަގުރީރުކުރެއްވުން ކުރިއަށްދާއިރު، ސެޝަންގެ ހަވާސާގައި މިނިސްޓަރ ޝާހިދު ގެންދަވަނީ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުކުރައްވާ މަޝްވަރާކުރައްވަމުންނެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުޚާރިޖީ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު