Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަތުން ސިޓީއަށް މޮޅެއް

ޗެލްސީ އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 14:30
ޔުނައިޓެޑާއި ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން އެސްޓަން ވިލާ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ޔުނައިޓެޑުގެ ދަނޑުގައި 2009 ވަނަ އަހަރުގެ ފަހުން ވިލާއަށް ލިބުނު ފުރަތަމަ މޮޅެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ވިލާގެ މެޓް ޓާގެޓަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ހަމަ މި ހާފުގައި ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް އާއި، ޕައުލް ޕޮގްބާ އަދި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ވިލާއިން ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ޑަގްލަސް ލުއީޒް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯޓްނީ ހޯސްއެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތުގައި ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އޭރިއާ ތެރެއިން ވިލާގެ ކޯޓްނީ ހޯސްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދިން ނަމަވެސް، އެ ޓީމުގެ ބްރޫނޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުން ޔުނައިޓެޑް ބަލިވިއިރު، އެންމެ ފަހުން އިނގިރޭސި ލީގު ކަޕުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. ލީގު ކަޕުގެ ތިންވަނަ ބުރުން ޔުނައިޓެޑް ކެޓީ އަމިއްލަ ދަނޑުގައި ކުޅެ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޗެލްސީ އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު ތިން މެޗުންވެސް ސިޓީ ވަނީ ބަލިވެފައެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް، ފުރަތަމަ ހާފުގައި ޗެލްސީ ގޯލާ އަމާޒުކޮށް ސިޓީއަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ޗެލްސީއަށްވެސް މާ ގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވި ނަމަވެސް، އެ ޓީމުގެ ޓިމޯ ވާނާ އާއި ރޮމެލޫ ލުކާކޫއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖީސޫސްއެވެ. އަދި އޭގެ ފަހުން ލީޑު ފުޅާކުރަން ޖެކް ގްރީލިޝް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ އެ ހަމަލާ ހުއްޓުވާފައެވެ.

މަ ނަތީޖާތަކާއެކު ދެވަނައިގައި އޮތް ސިޓީ އާއި، ތިންވަނައިގައި އޮތް ޗެލްސީ އަދި ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް ތިމް ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު