Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީއަށް އަނިޔާވުން

މެސީއަށް މޮންޕެލިއޭއާ ދެކޮޅަށްވެސް ނުކުޅެވޭނެ

25 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:35

ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށްވެސް މެސީ ފިޓުވާނެކަމާމެދު ޝައްކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:35
ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ މޮންޕެލިއޭއާ ދެކޮޅަށް ކުޅޭ މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ނުކުޅެވޭނެ ކަމަށް ޕީއެސްޖީން ބުނެފިއެވެ.

މެސީއަށް އަނިޔާވީ ލީގުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެރޭ ލިޔޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައެވެ.

އެ މެޗަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މެސީ، އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި އެ މެޗަކީ ލީގުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މެސީ ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މެސީ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި މެސީ ވަނީ ބަދަލުކޮށްފައެވެ. އެކަމާ ގުޅިގެން މެސީ ހިތްހަމަނުޖެހިފައި ހުރިއިރު، ބަދަލުކުރި ވަގުތު މެސީ ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެންޗަށް ގޮސްފައެވެ.

އެ މެޗަށްފަހު ޕޮޗެޓީނޯ ވަނީ މެސީ ބޭލުމުން ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ. އެކަމަކު އެ ފަހަރު މެސީއަށް އަނިޔާވި ކަމަށް ޕޮޗެޓީނޯ ބުނެފައެއް ނުވެއެވެ. ނަމަވެސް ލީގުގައި ބުދަ ދުވަހުގެރޭ މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުނީ އެ މެޗުގައި މެސީ ބަދަލުކުރަން ޖެހުނީ އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

އެ މެޗުގައިވެސް މެސީއަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، ޕީއެސްޖީގެ ޖާޒީގައި މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް މެސީއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން މެސީއަށް މޮންޕެލިއޭއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭއިރު، މި ހަފުތާގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗަށްވެސް އޭނާ ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މެޓްޒް އަތުން ފަހު ވަގުތު ޕީއެސްޖީ މޮޅުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ޕީއެސްޖީ ވަނީ މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ހަތް މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން މޮންޕެލިއޭއާ ދެކޮޅަށް ނުކުންނައިރު، މި މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ލިއޮނެލް މެސީޕީއެސްޖީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް