Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީޓީ ޓީމު ފުރުން

އޭޝިއާ މުބާރާތަށް ގައުމީ ޓީޓީ ޓީމު ގަތަރަށް

25 ސެޕްޓެމްބަރު 2021 | ހޮނިހިރު 10:31

މުބާރާތް އޮންނާނީ މި މަހުގެ 28 އިން އަންނަ މަހުގެ 5 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 10:31
ގަތަރަށް ފުރި ގައުމީ ޓީޓީ ޓީމު

ގަތަރަށް ފުރި ގައުމީ ޓީޓީ ޓީމު

މި އަހަރުގެ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ހުކުރު ދުވަހުގެރޭ ގައުމީ ޓޭބަލް ޓެނިސް ޓީމު ގަތަރަށް ފުރައިފިއެވެ.

މި އަހަރުގެ މުބާރާތް އޮންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ގަތަރުގެ ވެރިރަށް ދޯހާގައެވެ.

މި މުބާރާތަށް އެކުލަވާލި ގައުމީ ޓީޓީ ޓީމުގައި ހިމެނެނީ ޖުމްލަ އަށް ކުޅުންތެރިންނެވެ. އެއީ އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިންނެވެ. ޓީމުގައި ހިމެނުނު އަންހެން ހަތަރު ކުުޅުންތެރިންނަކީ ފުރަތަމަ ފަހަރަަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އުމުރުން 13 އަހަރުގެ މިޝްކާ މުޙައްމަދު އިބްރާހިމާއި، ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އެވެ. އަދި ފިރިހެން ހަތަރު ކުޅުންތެރިންނަކީ މޫސާ މުންސިފާއި، ޝައްފާން އިސްމާޢީލުގެ އިތުރުން ޒީސްތު ނަސީމް އަދި އަކްޔާލެވެ.

މި ޓީމުގެ ކޯޗަކީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއެވެ. މި މުބާރާތުގެ އަމްޕަޔަރުކަން ކުރުމަށް ރާއްޖޭގެ އައްޒާމް އިބްރާހީމާއި، މުޙައްމަދު ޔާމީނަށް ވަނީ ފުރުސަތު ލިބިފައެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި ވާދަކުރާ ޓީޓީ ޓީމުގައި ހިމެނޭ ދީމާ ވަނީ ދާދި ފަހުން ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބޭއްވި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށްފައެވެ. އަދި އޭޝިއާ މުބާރާތަށްފަހު އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުން އޭޝިއާ މުބާރާތުގެ އަމާޒަކީ ދެކުނު އެފްރިކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓީމް ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކޮލިފައިވުމެވެ. މި އަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމު ވާދަކުރާއިރު، މިއީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީޓީ ޓީމުން އެންމެ ފަހުން ވާދަކުރި މުބާރާތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. އަދި އޭގެ ކުރިން އެ އަހަރުގެ މެދުތެރޭގައި މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް ޓީޓީ ޓީމު ވާދަކުރިއިރު، އެ މުބާރާތުގައި ޓީޓީ ޓީމުން ވަނީ ރަން ކާމިޔާބީތަކެއް ހޯދާފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
28 އޯގަސްޓު 2023

އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް

28 އޯގަސްޓު 2023
އައިއޯއައިޖީ: ޓޭބަލް ޓެނިސް މިކްސް ޑަބަލްސްއިން ވެސް ރާއްޖެއަށް ރަން މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް