Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަސްފަރީ ފަރަށް އުރުނު ބޯޓު

ރަސްފަރީ ފަރުގެ ސަރވޭ ނިމިއްޖެ، ބޮޑު ސަރަހައްދެއް ހަލާކުވި

ފަރުގެ އެއް ހެކްޓަރު ވަނީ ހަލާކުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:19
ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ރަސްފަރި ފަރަށް އުރުނު ބޯޓާއި ގުޅިގެން އެ ފަރުގެ ސަރވޭގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

ޕެނަމާއަށް ނިސްބަތްވާ އެމްވީ ނޭވިއަސް އަމަރިލިސް ނަމަކަށް ކިޔާ އާގުބޯޓު ފަރަށް އަރާފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ބޯޓު ފުންކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. ބޯޓު ފަރަށް އެރިތާ 10 ވަނަ ދުވަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ބޯޓު ފުންކޮށްފައެވެ. ބޯޓު ފުންކުރުމަށްފަހު އީޕީއޭއިން ވަނީ ފަރަށް ލިބުނު ގެއްލުން ބަލަން ފަށާފައެވެ.

Advertisement - newsAdvertisement

ސަރވޭއާއި ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މި ސަރވޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ސަރވޭ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. ރިޕޯޓު ތައްޔާރުކޮށް ނިމުމުން އެ ބޯޓު ޖޫރިމަނާކުރާނެ އަދަދެއް ކަލްކިއުލޭޓް ކުރާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ބޯޓު އުރުމުގެ ތެރެއިންނާއި، ފުން ކުރުމުގެ ތެރެއިން ރަސްފަރި ފަރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ސަރވޭއަށް ފާހަގަކުރެވުނު ކަމަށެވެ. ފަރުގެ 1 ހެކްޓަރާ ގާތްކުރާ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް ނައީމް ވިދާޅުވިއެވެ. ރިޕޯޓު ތައްޔާރުކޮށް ނިމުމުން އެ ބޯޓު ޖޫރިމަނާކުރާނެ އަދަދެއް ކަނޑައަޅާނެ ކަމަށް ނައީމް ވިދާޅުވިއެވެ. މި އަދަދު ކަނޑައަޅާނީ ފަރަށް ލިބުނު ގެއްލުން ބަލައި، ގަވައިދުގައި އިންނަ ފޯމިއުލާއާ އެއްގޮތަށް ކަމަށް ނައީމް ވިދާޅުވިއެވެ. ރަސްފަރީ ފަރަކީ ހިމާޔަތްކޮށްފައިވާ ފަރަކަށްވާތީ ބޮޑު އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް މިގެ ކުރިން ނައީމް ވަނީ ވިދާޅުވެފައެވެ. ޖުރިމަނާ ކަނޑަނޭޅެނީސް ބޯޓު ފުރަން އެދޭނަމަ 100 މިލިއަން ރުފިޔާގެ ޑިޕޮޒިޓެއް ދައްކައިގެން، ބޯޓަށް ފުރޭނެ ކަމަށް ނައީމް ވިދާޅުވިއެވެ.

މި ހާދިސާ ހިނގުމުގައި ބޯޓުގެ ކެޕްޓަންގެ ވަރަށް ބޮޑު އިހުމާލެއް އޮތްކަން ފާހަގަކުރެވުނު ކަމަށް މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ޓީމުން ބުނެފައިވެއެވެ. މި ބޯޓަކީ އިންޑިޔާގެ ސޫތުކުޅިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ. އުޅަނދު ފަރަށް އެރުމުން ސަލާމަތްކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަމަށާއި، މިފަދަ މައްސަލައެއް ދިމާވިކަން އަންގާފައިނުވާކަމާއި، އަދި ކެޕްޓަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާފައިވެއެވެ.

އީޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު