Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ-އެމެރިކާ ގުޅުން

މޯދީ އާއި ބައިޑަންގެ ބައްދަލުކުރެއްވުން: މޯދީ އަރިހުން އެއްސެވީ ތިމާގެތޯ؟

މިއީ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން އިންތިޚާބުވެ ވަޑައިގެންނެވިފަހުން އެންމެ ފުރަތަމަ ފަހަރަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވާ ބައްދަލުކުރެއްވުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:48
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވާ އެންމެ ފުރަތަމަވެސް އެއްސެވީ ދެ ބޭފުޅުން ތިމާގެތޯ އެވެ.

މިއީ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑަން އިންތިޚާބުވެ ވަޑައިގެންނެވިފަހުން އެންމެ ފުރަތަމަ ފަހަރަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލުކުރައްވާ ބައްދަލުކުރެއްވުމެވެ. ވައިޓްހައުސްގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ބައިޑަން އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން މޯދީވެސް ވަނީ މަޖަލަކަށް ހައްދަވާފައި އާނއެކޭ ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ބައިޑަން ވަނީ ބައިޑަންގެ އާއިލާގެ ބައެއް ބޭފުޅުން އިންޑިޔާގައި އުޅުއްވިކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާތީ އެކަމުގެ މައުލޫމާތު މޯދީ އާ ހިއްސާކުރައްވާފައެވެ. އެގޮތުން 1972 ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް ބައިޑަން ކޮންގްރެސް އަށް އިންތިޚާބުވެވަޑައިގެންނެވިތަނާ މުމްބާއީގައި ދިރިއުޅޭ ބައިޑަން އެއްގެ ފަރާތުން ސިޓީއެއް ލިބިވަޑައިގެންނެވިކަމަށް ބައިޑަން ވިދާޅުވިއެވެ. އިންޑިޔާގައި ބައިޑަންގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވާކަން އެންމެ ފުރަތަމަ އެނގިވަޑައިގަތީ އެހިސާބުންކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ ސިޓީ ފޮނުއްވި ބައިޑަންގެ ނަމަކީ ކެމްޕަޓް ޖޯރޖް ބައިޑަންކަމަށެވެ. އަދި އެއީ އީސްޓް އިންޑިޔާ ޓީ ކޮމްޕެނީގެ ކެޕްޓަންކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި އެއީ ގަބޫލުކުރަން އުނދަގޫކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ. އެއީ އީސްޓް އިންޑިޔާގެ މިކުންފުންޏަކީ އިންޑިޔާގައި އިނގިރޭސި އެމްޕަޔަރ އުފެއްދި ޒަމާނުގެ ކުންފުންޏަކަށްވާއިރު އެކުންފުނި އިންޑިޔާއިން ފޭބިތާ 150 އަހަރަށްވުރެ ގިނަވުމުންނެވެ.

ބައިޑަން ވިދާޅުވީ ޖޯރޖް ބައިޑަން އިންޑިޔާގައި މަޑުކުރައްވާ އިންޑިޔާގެ އަންހެނަކާ ކައިވެނި ބައްލަވައިގެންނެވިކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށެވެ. ނަމަވެސް އަދިވެސް ޖޯ ބައިޑަން އަށް ޖޯރޖް ބައިޑަން ހޯދިފައިނުވާކަމަށާއި އެހެންކަމުން މޯދީ އާއެކު ކުރިޔަށްދާ މިބައްދަލުވުމުގައި މައިގަނޑު ބޭނުމަކީ ޖޯރޖް ބައިޑަން ހޯދެއްވުންކަމަށް ބައިޑަން ވިދާޅުވިއެވެ. އެކަމުގައި ބައިޑަން އަށް އެހީތެރިކަން މޯދީ ދެއްވުންކަމަށް ވިދާޅުވިއެވެ.

އޭގެ ޖަވާބަކަށް މޯދީ ވިދާޅުވީ ބައިޑަން ވަނީ މީގެކުރިންވެސް އެވާހަކަ މޯދީ އާ ހިއްސާކުރައްވާފައި ކަމަށާއި އެހެންކަމުން މިފަހަރު ވަޑައިގަތީ ބައިޑަންގެ ފެމިލީ ޓްރީން ހުސްވާ ބައިތައް ފުރުއްވޭނެ ފަދަ މައުލޫމާތުތަކާއެކު ކަމަށެވެ. އެގޮތުން އެކަމާއި ގުޅުންހުރި ބައެއް ލިޔުންތައް ގެންނެވިކަމަށާއި އެއިން ބައިޑަން ބޭނުންފުޅުވާ މައުލޫމާތު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް މޯދީ ވިދާޅުވިއެވެ.

އެމެރިކާ އާއި އިންޑިޔާ އާ ދެމެދު އޮންނަނީ ގާތްގުޅުމެކެވެ. ވަކިން ޚާއްސަކޮށް އިންޑޯ-ޕެސިފިކް ސަރަހައްދުގައި ބާރުގަދަ ކުރަމުން އަންނަ ޗައިނާގެ ބާރު ކަނޑުވާލުމަށް އިންޑިޔާ އަކީ އެމެރިކާއަށް މުހިންމު ބައިވެރިއެކެވެ. ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މޯދީ ވަނީ ބައިޑަން ގެންގުޅުއްވާ ސިޔާސަތުތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީގެ ގުޅުން އިތުރަށް ޚަރުދަނާވެ ވަރުގަދަ ވެގެންދާނެކަމަށާއި އެކަމުގެ ސަބަބުން ދުނިޔެއަށްވެސް ފައިދާތަކެއް ލިބިގެންދާނެކަމަށް މޯދީ ވިދާޅުވިއެވެ.

ބައިޑަން އާއި މޯދީގެ ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުންވަނީ ޖަޕާނާއި އޮސްޓްރޭލިޔާގެ ލީޑަރުންނާއެކު ބައްދަލުކުރެއްވުމެއް ބާއްވާފައެވެ.

އިންޑިއާއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު