Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީން މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު 9 ޖަހާއިރު

ހޮނިހިރު ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 21:18
ެއެމް.ޑީ.ޕީ ގައުމީ މަޖުލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ެއެމް.ޑީ.ޕީ ގައުމީ މަޖުލީހުގެ ބައްދަލުވުމެއްގެ ތެރެއިން

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު 9 ޖަހާއިރު ފެށޭނެއެވެ.

މިއީ މިހާތަނަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށްވާނެއެވެ. އެއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ބޮޑުވެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް ޕާޓީގެ އެތެރޭގައި އުފެދިފައިވާތީއެވެ. ގައުމީ މަޖިލީހަށް މެމްބަރުން ނިކުމެފައިވަނީ މި ދެފެކްޝަނުންނެވެ. މިއިންތިޚާބުން ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ތެރެއިން އެމްޑީޕީގެ އެތެރޭގައި ކުރިޔަށް އޮތް ފަސް އަހަރު އެންމެ ބާރުގަދަ ވާނީ ކޮން ބޭފުޅެއްކަންވެސް ކަނޑައެޅިގެންދާނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ އެ ޕާޓީ ވެރިކަމުގައި އޮންނަނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާނީ އެމަނިކުފާނު ވަކާލާތުކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ މެމްބަރުންނަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންފުޅުވިނަމަވެސް ރައީސް ޞާލިހާއި ރައީސް ޞާލިހަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް މިވަގުތު ކުރުމަށްވުރެ ސަރުކާރަށް ޕާޓީގެ ތެރެއިން އެއްބާރުލުންދީ ސަރުކާރުން ކުރަން ކަނޑައަޅަންފައިވާ ކަންކަން ކުރުން މިވަގުތު މާމުހިންމެވެ. އެހެންކަމުން ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތު ހޯއްދެވުމުގެ މަސައްކަތް ދެބޭފުޅުންވެސް ގެންދަވަނީ ކުރައްވަމުންނެވެ.

ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭގޮތުން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއީ މިހާތަނަށް ބާއްވާ އެންމެ ގިނަ މެމްބަރުން ވާދަކުރާ އަދި އެންމެ ވާދަވެރި އިންތިޚާބުކަމަށެވެ. އެޕާޓީން މި އިންތިޚާބަށް ކުރި މަސައްކަތުން ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ޚާއްސަކޮށް ރަށްރަށުން ނިކުންނާނެ ކަމަށާއި، ހީވާގޮތުން މާލެއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ނިކުންތް އަދަދަށް ވުރެން ގިނަ މެމްބަރުން މިފަހަރު ނިކުންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ސަބަބަކީ އެޕާޓީއަށް މިހާރު ވަމުންދާ ގޮތުން މެމްބަރުން ބަލަން ނުތިބޭނެކަމަށާއި މިކަމަށް ގޮތެއް ނިންމަން ގިނަ އަދަދެއްގެ މެމްބަރުން ނިކުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށްކަމަށެވެ. ނަމަވެސް އެގަޑީގައިވެސް ސަފުގައި މީހުން ވޯޓުނުލެވި ތިބިނަމަ، ސަފުގައި ތިބި މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. ވޯޓުލުމަށްޓަކައި މެމްބަރުން ދާއިރުގައި ފޮޓޯ ޖެހި އައިޑީއެއް ހިފައިގެން ދިއުމަށާއި، ވޯޓުލާ ނިމުމުން އެ މެމްބަރެއްގެ އިނގިލީގައި ފާހަގައެއް ޖަހާނެކަން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބުގެ ތެރޭގައި ދިމާވާ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމަށް 3 ނަމްބަރެއްގެ ބޭނުން ކުރެވޭނެ ހޮޓްލައިނެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.

އެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު